ހުލާސާކޮށް އިއްޔެ: އިންޑިއާ އާއެކު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް ގާއިމު ކުރަނީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. -- ފޮޓޯ: އަދަދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު. -- ފޮޓޯ: އަދަދު

ރާއްޖެ އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އާ އެއްބަސްވުމެއް ނުވަތަ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) އެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި 2004 ގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ސޮއިކުރި އެވެ. އެއީ ސައުތު އޭޝިއަން ފްރީ ޓްރޭޑް އެގްރީމެންޓް (ސަފްޓާ) އެވެ.

މި ސަރަހައްދު އިގުތިސޯދީ ގޮތުން ބާރުވެރިކޮށް ވިޔަފާރިއަށް ފަހިކުރުމުގެ ގޮތުން ސޮއިކުރި އެ އެއްބަސްވުމުގައި ރާއްޖޭގެ ބައިވެރިވުން ވެސް އޮވެ އެވެ. ނަމަވެސް, ވަކިވަކި ގައުމުތަކާ އެކު ރާއްޖޭން އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސައީދު ވިދާޅުވި ގޮތުގައި އާ އެއްބަސްވުމެއް ގާއިމުކުރުމަށް އިސްވެ އެދުނީ އިންޑިއާގެ ފަރާތުންނެވެ.

"އަޅުގަނޑު ވަރަށް ފަހުން އިންޑިއާ އާއެކު ކުރި މަޝްވަރާތަކެއްގައި އެ ބޭފުޅުން އިސްވެ ބޭނުންފުޅުވޭ ދިވެހިރާއްޖެއާ އެކުގައި ފްރީ ޓްރޭޑް އެގްރީމެންޓެއް އޮންނަން ވަކިން, އަދި ސަފްޓާގެ އިތުރަށް. ރައީސް އެވަނީ އެ ފުރުސަތު ހުރިހާ ގައުމަކާ އެކު ވެސް އޮންނަން," އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން, މިހާރު އޮތް އެފްޓީއޭއެއްގެ ދަށުން 296 ބާވަތެއްގެ ސީފުޑް އެއްވެސް ޓެރިފަކާ ނުލައި މިހާރު ޗައިނާ އެކްސްޕޯޓު ކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ. ޑިސެމްބަރު 2017, ގައި ސޮއިކުރި މި އެއްބަސްވުން މަޖިލިސް ފެށުމާ އެކު 'އެކްޓިވް; ވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

ހަމައެހެންމެ, ތުރުކީއާއެކު ގާއިމުކުރާ އެފްޓީއޭ އެއްބަސްވުން ވެސް އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި އިނގިރޭސިވިލާތާއެކު ވެސް ވިޔަފާރީގެ ފުޅާ ސްކޯޕެއް ހިމެނޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސައީދު ހާމަކުރެއްވި އެވެ.

އިންޑިއާއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރާއިރު، ކާޑުގެ ބާވަތްތަކަށާއި ބޭސްފަރުވާ އަދި ވިޔަފާރިއަށް އިންޑިއާ އަށް ބަރޯސާވުން ކުޑަކުރަން މަސައްކަތް ކުރާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު އިންޑިއާ އަށް ވަރަށް ބޮޑަށް ފާޑުކިޔައި، އިންޑިއާ އައުޓު ކެމްޕޭނެއް ކުރިއަށް ގެންދިޔަ ނަމަވެސް، ވެރިކަމަށް ވަޑައިގަތުމަށް ފަހު ހެލިކޮޕްޓަރުތަކާއި މަތިންދާ ބޯޓު ފޮނުވައެއް ނުލި އެވެ. އަދި އެ އުޅަނދުތައް އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ގެންނަން އެއްބަސްވީ، އިންޑިއާގެ އަސްކަރިއްޔާގެ ދަށުން ހިންގާ އެ ގައުމުގެ ސަރުކާރު ކުންފުންޏެއް ކަމުގައިވާ ހިންދުސްތާން އޭރޮނެޓިކްސްގެ ކޮންޓްރެކްޓުގައި ތިބި މީހުން ގެނައުމަށެވެ. އެއީ މަދަނީން ކަމަށް ދިވެހި ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް، އިންޑިއާއިން ބުނަމުން ދަނީ އެއީ ގާބިލް ޓެކްނިކަލް މީހުން ކަމަށެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox