އުތުރުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މިއަދު ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އޭނާ ހައްޔަރުކުރީ ތަހުގީގީ އިދާރާތަކަށް ފިލައިގެން އުޅޭތީ އޭނާ ހޯދަން އިއުލާނު ކުރި ފަހުންނެވެ.
ނ، ރ، ބ، އަދި ޅ، އަތޮޅު ހިމެނޭ ނޯތު ޕޮލިސްގެ ބެލުމުގެ ދަށުގައި އޮތް ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ 19 ގައި ކަަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން މިފަދަ މައްސަލަތަކުގައި ގެންގުޅޭ އާންމު އުސޫލުގެ ދަށުން މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ ތަފުސީލު އަދި ނިސްބަތްވާ ރަށް ހާމައެއް ނުކުރެ އެެވެ.













