ކ. ފިހާޅޮހި ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ކާފު އަތޮޅުގެ ރިސޯޓެއްގައި ފަތުރުވެރިއަކު މަރުވީ, ސްނޯކްލިންއަށް ފައިބައިގެން އުޅެނިކޮށް ގެނބިގެން ކަމަށެވެ. އަދި އޭނާ ގެނބިގެން މިއަދު 11:30 ހާއިރު އޭޑީކޭއަށް ގެންދާކަމުގެ ރިޕޯޓު ފުލުހުންނަށް ކުރި ކަމަށެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ މަރުވީ ރަޝިޔާއަށް ނިސްބަތްވާ އުމުރުން 67 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ސްނޯކްލިންއަށް ފޭބި ފަތުރުވެރިއަކު ގެނބިގެން މަރުވެފައިވާއިރު, އިއްޔެ ވެސް ރިސޯޓެއްގައި ގެނބެމުން ދިޔަ ފަތުރުވެރިއަކު ސަލާމަތްކުރަން ފޭބި ދިވެހި މުވައްޒަފަކު ގެނބިގެން މަރުވެފައި ވެއެވެ.














