ހުލާސާކޮށް އިއްޔެ: ނުރައްކާތެރި "ޗައިނާ ވައިޓް" އާންމުވުން

ހުލާސާކޮށް އިއްޔެ: ނުރައްކާތެރި "ޗައިނާ ވައިޓް" އާންމުވުން

ނުރައްކާ ބާވަތެއް ކަމަށްވާ ފެންޓަނީލް-ލޭސްޑް ޑްރަގްސް (ޗައިނާ ވައިޓް) ބޭނުންކުރާކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އައީ މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު މާލޭގެ ދެ ގެއެއްގެ ތެެރެއިން ފެނުނު ފަހުން ކަމާއި އެ ބާވަތުގެ ޑްރަގަށް މީހުން ޓެސްޓްކުރެވެން ރާއްޖޭގައި އަދި ނެތެވެ.

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯ އިމާދު ސޯލިހު "އަދަދު" އަށް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ނުރައްކާ ބާވަތެއް ކަމަށްވާ ޗައިނާ ވައިޓް ބޭނުންކުރާ ކަމަށާއި، ބޭނުންކުރާ މިންވަރު ދެނެގަންނަން ޓެސްޓުކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

އިމާދު ވިދާޅުވީ ރާއްޖޭގައި ޗައިނާ ވައިޓު ބޭނުންކުރާކަން އެންޑީއޭގެ ކްލައިންޓުންގެ ފަރާތުން އެ އެޖެންސީގެ ސަމާލުކަމަށް އައިސްފައިވާތާ ހަފްތާއެއް ވެފައިވާ ކަމަށާއި، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ހޯމް މިނިސްޓްރީއާއި މުއައްސަސާތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

ހޯމް މިނިސްޓްރީން އެކަން އާންމުންގެ ސަމާލު ކަމަށް ގެނައީ ވެސް އެކަމުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރުމުން ހޭލުންތެރި ކުރުވުމަށް ކަމަށާއި، އެކަން ރާއްޖޭގައި އޮތް މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ފަރުވާދޭ ކްލައިންޓުންގެ ފަރާތުން، ހާއްސަކޮށް މެތަޑޯންގެ ފަރުވާދޭއިރު އަޅުގަނޑުމެންނަށް ކްލައިންޓުންގެ ފަރާތުން މި މަސްތުވާތަކެތި ބޭނުންކުރާކަން ވަނީ ސަމާލުކަމަށް އައިސްފައި،" އިމާދު ބުންޏެވެ.

ރާއްޖޭގައި މި ޑްރަގަށް ޓެސްޓުކުރެވޭނެ ގޮތެއް ނެތްކަން ފާހަގަކުރައްވާ އިމާދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ޓެސްޓު ކިޓުތައް ރާއްޖެ ގެނެސް ޓެސްޓުކުރަން ފަށާނެ ކަމަށާއި، އެއާއެކު ރާއްޖޭގައި މި ޑްރަގް އޮތް މިންވަރު ދިރާސާއެއްގެ ގޮތުގައި އެނގިގެން ދާނެ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން ސީދާ މިކަމުގެ މިހާރު ގްރެވިޓީ އޮތް މިންވަރު ދެނެގަތުމަށްޓަކައި ޓެސްޓު ކުރުމުގެ މަސައްކަތްތަކެއް އަޅުގަނޑުމެން ވަރަށް އަވަހަށް ފަށާނަން ރަނގަޅު ސާމްޕަލްއަކާ އެކީގައި. އޭރުން ދިރާސާއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެނގޭނެ ބުނަން ނިސްބަތެއް މިދެންނެވި ބާވަތުގެ މަސްތުވާއެއްޗަށް. ލަސްތަކެއް ނުވެ ފަށާނަން. އެއަށް ބޭނުންވާނެ ކިޓާއި ސާމާންތައް ވެސް އަޅުގަނޑުމެންނަށް ސީދާ ލިބިގެން މިކަން ކުރިއަށް ގެންދެވޭނީ. އެކަން އަޅުގަނޑުމެން ކުރިއަށް ގެންދަން،" އިމާދު ވިދާޅުވި އެެވެ.

އައިޖީއެމްއެޗްގެ އެތެރެ ހަށީގެ ޑރ. މުހައްމަދު އަލީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައިޖީއެމްއެޗުގައި އިންފެކްޓްވެގެން އެޑްމިޓުކުރާ ބައެއް ބަލިމީހުން ޗައިނާ ވައިޓް ބޭނުންކުރި ކަމަށް ބުނަމުން އަންނަ ކަމަށެވެ.

މިކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ޑރ. މުހައްމަދު އަލީ ވިދާޅުވީ އަވަސް ފިޔަވަޅު ނާޅައިފިނަމަ އޭގެ ގެއްލުން ކުރިއަށް އޮތް ދުވަސްތަކުގައި ދައްކާނެ ކަމަށެވެ.

ޗައިނާ ވައިޓް ދުނިޔޭގެ މާކެޓުގައި އުފައްދާ އަދި ދައުރުވާ މިންވަރު އިތުރުވެފައިވާތީ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ހޯމް މިނިސްޓްރީން ވަނީ މިއަދު ބުނި އެވެ.

ހޯމް މިނިސްޓްރީން ބުނީ ޗައިނާ ވައިޓަކީ ބާރުގަދަ ކެމިކަލްތަކެއް އެއްކޮށްގެން އުފައްދާފައިވާ އެއްޗެއް ކަމަށާއި، މަސްތުވާތަކެތީގެ އެ ބާވަތުން ފުރާނައަށް ނުރައްކާވާ ކަމަށެވެ.

"މިކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަންޖެހޭ މަސައްކަތްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއާއި ނެޝަނަލް ޑްރަގް އެޖެންސީ އަދި މިކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތައް ގުޅިގެން މިދަނީ ކުރަމުން،" ހޯމް މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި ސިންތެޓިކް ޑްރަގަށް ދޭނެ ވަކި ފަރުވާއެއް މިހާތަނަށް ހަމަޖެހިފައި ނުވެ އެވެ. މިގޮތުން އެފަދަ މަސްތުވާއެއްޗެއް ބޭނުންކުރާ ފަރާތްތަކަށް ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދައިގެން ކައުންސިލިންގެ އިތުރުން ދޭންޖެހޭ ސައިކޯ ސަޕޯޓު ދެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ކުއްލި މަރުތައް ގިނަވާން ފަށާފައިވާއިރު، މިދިޔަ ދެ ހަފްތާ ތެރޭގައި ވެސް ވަނީ ގޮތް ނޭގޭ މަރުތަކެއް ހިނގާފަ އެވެ. އެކަމާ ގުޅޭ މާ ބޮޑު ތަފްސީލްތަކެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މުހިއްމު ބައެއް ހަބަރުތައް

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox