މީ ކޯއްޗެއް: ދިވެހި ނަން ބުނެދީގެން އިނާމެއް ލިބުމުގެ ފުރުސަތެއް!

މިއީ ކޮން އެއްޗެއް ޕްރޮމޯޝަނަލް ފޮޓޯ --

މިއީ ކޮން އެއްޗެއް ޕްރޮމޯޝަނަލް ފޮޓޯ --

ދިރިއުޅުމަށް އައިސްފައިވާ ކުރިއެރުމާއި ފަސޭހަކަމާއެކު ބައެއް ތަކެއްޗަށް މާދަރީ ބަހުން ކިޔާ ނަން ބޭނުން ކުރުން ވަނީ ދުރުވެފަ އެވެ. ބައެއް ތަކެއްޗަށް ކިޔާ ދިވެހި ނަން ނުވެސް އެނގެނީ އެވެ. އެނގޭ މީހުންނަށްނަށް ވެސް ބައެއް ނަންތައް ތިލަވަނީ ސުކުނޑި ގާނައިގެންނެވެ.

އެހެންވެ، ދިވެހި ބަހަށް ހިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި "މީ ކޯއްޗެއް؟" ސިލްސިލާ އަދަދު ނޫހުގެ ފޭސްބުކް ޕޭޖުގައި ފެށީ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެތީގެ ދިވެހި ނަމަށް އަހުލުވެރި ކުރުވުމަށެވެ.

މި ސިލްސިލާ ފެށީ ނިމިގެންދިޔަ ރޯދަ މަހު އެވެ. ޖޫން މަހު، "މީ ކޯއްޗެއް؟" ކުރިޔަށް މި ގެންދަނީ ސިންގަރ ފިހާރައާ ގުޅިގެންނެނެވެ.

ސިންގަރ ފިހާރައާއެކު ގެނެސް ދެނީ ފަހާ ފޮށީގެ ބައިތަކަށް ކިޔާ ދިވެހި ނަން ދަސްކޮށްދިނުމެވެ. ވޭތުވެދިޔަ ދިޔަ ދެ ހަފުތާގައި ފަހާފޮށީ ކޮންމެ ބަޔަކަށް/ތަނަކަށް ކިޔާ ދިވެހި ނަމަކީ ކޮބައިތޯ ބެލުމަށް ހުޅުވައިލި އެވެ. ފުރަތަމަ ހަފުތާގައި ހުޅުވައިލީ ފަހާފޮށީގެ ބަޔަކަށް ކިޔަނީ ވަތުއޮޑި އެވެ. އެ ނަން ދިމާކުރި މީހުންގެ ތެރެއިން ގުރުއަތުން ނަސީބުވެރިޔަކަށް ހޮވުނީ ޝިރުހާމާ އިބްރާހިމް އެވެ.

މިހާރު ކުރިއަށް ގެންދަނީ ތިން ވަނަ ހަފުތާގެ ޕޯސްޓެވެ. މި ސިލްސިލާގެ އާ ޕޯސްޓެއް ކޮންމެ ހަފުތާގެ ގެނެސްދޭނެ އެވެ.

އިންޓަނޭޝަނަލް ފްރެންޗައިޒް މަރުކާއެއް ކަމަށްވާ ސިންގަރ އަކީ މީގެ 150 ވަރަކަށް އަހަރު ކުރިން ފަހާ ފޮށިން ވިޔަފާރި ކުރަން ފެށި ބައެކެވެ. ނަމަވެސް އެ ބްރޭންޑް ފުޅާވެ މިހާރު އަންނަނީ އެކި ޕްރޮޑަކްޓްސްތައް މާކެޓަށް ނެރެ ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލުކަން ހޯދަމުންނެވެ.

ސިންގަރގެ ދެ ފިހާރައެއް މާލޭގައި މިވަގުތު ހުރިއިރު، އެއް ފިހާރަ ހުންނަނީ ހަނދުވަރީ ހިނގުމުގައި ހުންނަ އެލިއާ ރެޒިޑެންސްގަ އެވެ. އަދި އަނެއް ފިހާރަ ހުންނަނީ ޗާނދަނީ މަގުގައި ހުންނަ ނެޝަނަލް މިއުޒިއަމް ކުރިމަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox