ރޭގެ ވަގުތެއްގައި ހުޅުމާލެ ހޮސްޕިޓަލު ކުރިމަތީގައި ހުންނަ ފިހާރަބަރިން ދެ ތަނަކަށް ގެއްލުންދީ ވައްކަންކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފި އެވެ.
މި ހާދިސާގެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ހޮސްޕިޓަލު ކުރިމަތީގައި ހުރި ފިހާރައަކުން ވައްކަން ކުރި މައްސަލަ އަދި އެ ފިހާރަބަރީގައި ހުންނަ "މައި ޑެންޓިސްޓް ކްލިނިކް" ގެ ދޮރަށް ގެއްލުން ދީފައިވާކަން މިއަދު ހެނދުނު 9:26 ހާއިރު އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ ފިހާރައިން ފައިސާ އަދި މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް، ވަގަށް ނަގާފައިވާ ފައިސާގެ ޖުމުލަ އަދަދު ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ މި ދެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ. އަދި ދެ މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން މައުލޫމާތުދެ އެވެ.













