ރަޝްފޯޑް އަށް އިންގްލެންޑްގެ ޔޫރޯ ސްކޮޑުން ފުރުސަތެއް ނެތް

May 21, 2024, 2:31 PM
ރަޝްފޯޑް އަށް އިންގްލެންޑްގެ ޔޫރޯ ސްކޮޑުން ފުރުސަތެއް ނެތް

ލަންޑަން (މެއި 21) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، މާކަސް ރަޝްފޯޑް އަށް، އިންގްލެންޑުން ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެގި ޕްރޮވިޝަނަލް ސްކޮޑުން ފުރުސަތު ގެއްލިއްޖެ އެވެ.

އިންގްލެންޑުން ޔޫރޯ އަށް ނެގި، 33 ކުޅުންތެރިންގެ ޕްރޮވިޝަނަލް ސްކޮޑު މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. ރަޝްފޯޑްގެ އިތުރުން ލިވަޕޫލްގެ ކުރީގެ ކެޕްޓަން، އަޔަކްސް އަށް ކުޅެމުން އަންނަ ޖޯޑަން ހެންޑަސަން އަށް ވެސް މި ސްކޮޑުން ފުރުސަތެއް ނުލިބުނެވެ.

މި ސީޒަނުގައި ރަޝްފޯޑް، 26، އަށް ލީގުގައި އޭނާ ކުޅުނު 33 މެޗުން ޖެހުނީ، ހަތް ގޯލެވެ. އަދި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. މި ސީޒަނުގެ ތެރޭގައި އިންގްލެންޑުން ކުޅުނު ހަތް މެޗުގައި ރަޝްފޯޑް ކުޅުނު ނަމަވެސް، މާޗް މަހު ބެލްޖިއަމާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުގައި ރަޝްފޯޑް ނުހިމެނެ އެވެ.

ރަޝްފޯޑްގެ ފޯމު މި ސީޒަނުގައި ވަރަށް ބޮޑަށް ދަށްވިއިރު، އޭނާ އަށް ޔުނައިޓެޑްގެ މެޗުތަކުން ވެސް ފުރަތަމަ އެގާރައިން ފުރުސަތު ލިބުން މަދުވި އެވެ.

ލިވަޕޫލް ދޫކޮށް މި ސީޒަނުގައި ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގަށް ފުރަތަމަ ބަދަލުވި ހެންޑަސަން، ޖެނުއަރީ މަހު ވަނީ އަޔަކްސްއާ ގުޅިފަ އެވެ. ހެންޑަސަން، އަށް މާޗް މަހު ކުޅުނު އިންގްލެންޑް މެޗުތަކުގެ ސްކޮޑުން ފުރުސަތު ލިބުނު ނަަމަވެސް، ޔޫރޯގެ ސްކޮޑުގައި ލައްވާލާ ގޮތެއްނުވި އެވެ.

އިންގްލެންޑުން ނެގި 33 ކުޅުންތެރިންގެ ސްކޮޑުގައި ސީނިއާ ޓީމަށް މުޅިން އަލަށް އެރި ފަސް ކުޅުންތެރިން ހިމެނެ އެވެ. އެއީ ލިވަޕޫލްގެ ކާޓިސް ޖޯންސް އާއި ޖަރެލް ކުއަންސާ، އެވަޓަންގެ ޖަރަޑް ބްރަންތުވެއިޓް، ކްރިސްޓަލް ޕެލަސްގެ އެޑަމް ވާޓަން އަދި ބާންލީގެ ގޯލްކީޕަރު، ޖޭމްސް ޓްރަފޯޑް އެވެ.

ޔޫރޯ އަށް ސްކޮޑު ފައިނަލް ކުރަން ޖެހެނީ އަންނަ މަހުގެ ހަތް ވަނަ ދުވަހަށެވެ. ފައިނަލް ސްކޮޑު ނަގާއިރު އިންގްލެންޑުން ހަތް ކުޅުންތެރިން ބާކީވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox