ބަނޑޭރިކޮށީގެ ގެއެއްގެ ތެރެއިން, މި މަހު 13 ވަނަ ދުވަހު، މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިފި އެވެ.
"އަދަދު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގެއިން ފެނުނީ ގދ. ހޯޑެއްދޫ، ހައްމާދު ސައީދު، 30، އެވެ.
ފުލުހުން ބުނީ އިންޑިއާއަށް އެ ހަށިގަނޑު ގެންދިޔައީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ރާއްޖޭން އެ ހިދުމަތް ނުލިބޭތީ، ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑެއް އާންމުކޮށް ފޮނުވަނީ އިންޑިއާއަށެވެ.
މަރުވެފައި އޮތް މީހާ ފެނުނު ގެއަކީ މިވަގުތު ބޭނުންކުރަމުން ނުދާ، މީހަކު ނުއުޅޭ ގެއެކެވެ.
މިއަދު ވެސް މާލޭގެ ފަޅު ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިފައިވެ އެވެ. އެއީ މިއަދު ހެނދުނު ގެއްލިގެން ފުލުހުން އިއުލާން ކުރި މީހެކެވެ.













