މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަން މިއަދު އިއުލާންކުރި މީހާ ކަން ފުލުހުން ދެންމެ ބުނެފި އެވެ.
މއ. ބޯޅަކިންކިރިމާގެ، އަހުމަދު އައިމަން، 30، އާއިލާއަށް ހަބަރެއް ނުވެ ގެއްލިގެން ފުލުހުން އިއުލާން ކުރީ މިއަދު ހެނދުނެވެ. ފުލުހުން ދެންމެ ބުނީ މަރުވެފައި އޮއްވާ ފެނުނީ އޭނާ ކަން ދެނެގަނެވިފައިވާ ކަމަށެވެ.
އޭނާ މަރުވި ގޮތެއް އަދި ސާފެއް ނުވެ އެވެ.
މަރުވެފައި އޮތް މީހާ ފެނިފައިވަނީ މ. ރަބީއުވިލާގެ ގްރައުންފްލޯއިންނެވެ. އެއީ މީހުން ދިރިނުއުޅޭ ފަޅު ގެއެކެވެ.
މި އަހަރުގެ އެޕްރީލް 10، ގައި އަލިފާނުގެ ހާދިސާއެއް އެ ގޭގައި ހިނގާފައިވެ އެވެ. އެ ހާދިސާގައި އެ ގެ ވަރަށް ބޮޑަށް އެނދިއިރު، ގޭގައި މީހުން ދިރިނޫޅޭ ކަމަށް ވެސް އެ ގޭގެ ވެރިފަރާތުން ސޯޝަލް މީޑިއާގައި އެ ދުވަހު ޕޯސްޓުކުރި އެވެ.













