މާލޭ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މަރުވެފައި އޮތް މީހާ ފެނިފައިވަނީ އެ ގޭ ގްރައުންޑު ފްލޯއިން ކަމަށެވެ. އަދި މިކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 2:20 ހާއިރު ކަމަށްވެސް ފުލުހުން ބުންޏެވެ.
މަރުވެފައި އޮތް މީހާ ފެނިފައިވަނީ މ. ރަބީއުވިލާ ގެއިންނެވެ. ފުލުހުން ބުނީ އެ ގެ ހިމެނޭ ސަރަހައްދުގައި ފުލުހުންގެ ޓީމަކުން މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިއީ މި އަހަރުގެ އެޕްރީލް 10، ގައި އަލިފާނުގެ ހާދިސާއެއްވެސް ހިނގާފައިވާ ގެއެކެވެ. އެ ހާދިސާގައި އެ ގެ ވަރަށް ބޮޑަށް އެނދިއިރު، ގޭގައި މީހުން ދިރިނޫޅޭ ކަމަށްވެސް އެ ގޭގެ ވެރިފަރާތުން ސޯޝަލް މީޑިއާގައި އެދުވަހު ޕޯސްޓުކުރި އެވެ.
މިއީ މި މަހު މާލޭގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތްވާ ފެނުނު ދެވަނަ މީހާ އެވެ. މި މަހު 13 ގައިވެސް ބަނޑޭރި ކޮށީގައި ހުރި ގެއަކުން މަރުވެފައި އޮތް މީހަކު ފެނުނެވެ. ފުލުހުން އެންމެ ފަހުން ބުނީ އެ މައްސަލަ ތަހުގީގު ކުރުމަށް މަރުވެފައިވާ އޮތްވާ ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށެވެ.














