ގެއްލުނު ދޯނި ހޯދަން އިއްޔެ 6240 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބެލި

ގެއްލުނު ދޯނި ރަށަކަށް އެހެނލާފައި ހުރިއިރު ނަގާފައިވާ ފޮޓޯއެއް

ގެއްލުނު ދޯނި ރަށަކަށް އެހެނލާފައި ހުރިއިރު ނަގާފައިވާ ފޮޓޯއެއް

ހަތަރު މީހުންނާއެކު ހުކުރު ދުވަހު ގެއްލުނު ދޯނި ހޯދަން އިއްޔެ 6,240 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބެލި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ދިވެއްސަކާއި، ބަންގުލަދޭޝްގެ ތިން މީހުން ދަތުރުކުރަމުން ދިޔަ "AAA-37" ނަމަކަށް ކިޔާ ދޯނި ތިލަފުށިން ފުރީ ހުކުރު ދުވަހު ހެނދުނު 6:00 ހާއިރު ކަމަށާއި، އެ ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓު ލިބުނީ އެ ދުވަހު ހަވީރު 5:20 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

ދޯނި ހޯދުމުގެ އޮޕަރޭޝަންގައި ހޮނިހިރު ދުވަހު ކަނޑާއި ވައިގެ މަގުން މ. ރަތްމަންދޫ އިރުމަތީ ބިތުގެ 4519 އަކަ ނޯޓިކަލް މޭލު ބަލާފައިވެ އެވެ.

މި އޮޕަރޭޝަންގައި ޑްރޯންތައް ބޭނުމެއް ނުކުރެ އެވެ.

މާޗު މަހު ފަހުކޮޅު މ. އަތޮޅުން ގެއްލުނު ދޯންޏެއް ހޯދީ ޑްރޯން ބޭނުންކޮށްގެން ކަމަށް އެމްއެންޑީއެފްއިން އޭރު ބުނެފައިވެ އެވެ. އެ ފަހަރު އެ ދޯނި ހޯދުމަށް ރަތްމެންދޫއާ ދިމާ ކަނޑުގެ ސަރަހައްދުގެ 440 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބެލި އެވެ.

އެ ފަހަރު ޑްރޯން ބޭނުންކޮށްފައި، މިފަހަރުގެ އޮޕަރޭޝަންގައި ޑްރޯން ބޭނުން ނުކުރާތީ އެމްއެންޑީއެފްއަށް ދަނީ ފާޑުކިޔަމުންނެވެ.

ހުކުރު ދުވަހު ގެއްލުނު "AAA-37" ދޯނި ހޯދުމުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ މ. އަތޮޅުގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. ނަމަވެސް، ޑްރޯން ބޭނުމެއް ނުކުރެ އެވެ. އަދި ބޭނުން ނުކުރާ ސަބަބެއް ވެސް ހާމައެއް ނުކުރެ އެވެ.

މި ދުވަސްވަރު މުޅި ރާއްޖެ އަށް މޫސުން ގޯސްއިރު، ބޯކޮށް ވާރޭ ވެހި، ވައި ބޮޑަށް ގަދަވެ، ކަނޑުތައް ވެސް ގަދަވެ އެވެ. އެހެންވެ، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ގެއްލިގެން ހޯދަމުންދާ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު، 191 ގުޅައި މައުލޫމާތު ހިއްސާކުރަން ވަނީ އިލްތިމާސްކޮށްފައިވެ އެވެ.

ޑްރޯންތަކާ ގުޅޭ ގޮތުން ރައީސް މުއިއްޒު ދެއްވި ޔަގީންކަން

އެމްއެންޑީއެފްގެ އެއާ ކޯ އިފްތިތާހު ކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (އޫއޭވީ/ޑްރޯން) ސިފައިންގެ ހިދުމަތަށް ތައާރަފް ކުރުމަށް މާޗު 15، 2024 ގައި ނ. މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޑްރޯންތައް ބޭނުން ކުރަން ފެށުމުން "ހާލުގައި ޖެހިގެން ހޯދަންޖެހޭ މީހާ ނުހޯދިގެން މީގެ ކުރިން އުޅެންޖެހުނުހާ ގިނަ ވަގުތު، ދެން އުޅެންނުޖެހޭނެކަން ޔަގީންވެގެން އެބަދޭ."

"މި ދެންނެވި ނުވަ ލައްކަ އަކަ ކިލޯ މީޓަރުގެ ބޮޑު ސަރަހައްދަކީ، ދެން މީގެ ފަހުން ހަމަ ކޮންމެ ވަގުތުކޮޅެއްގައި ވެސް އަޅުގަނޑުމެންގެ ސާވޭލަންސްގެ ދަށުން ބެލެހެއްޓޭނެ ސަރަހައްދެއްކަން، އެގޮތަށް ހާލުގައި ޖެހޭ މީހުން ހޯދުމުގައި، އިސާހިތަކު އެކަން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ މި ލިބިގެން ދިޔައީ،" އެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ރާއްޖެއަށް ގެނެސްފައިވަނީ ތުރުކީން އުފައްދާ ޑްރޯން އެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު (569.8 މިލިއަން ރުފިޔާ) ދޭން އެއްބަސްވެފައިވާ ކަމަށް ކުރިން އަދަދު ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. އެކަން ސަރުކާރުން މިހާތަނަށް ވެސް ދޮގެއް ނުކުރެ އެވެ. އަދި ބައެއް ޑްރޯންތަކަކީ ތުރުކީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ އާލާތްތަކެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އެއާ އިފްތިތާހުކުރި ރަސްމިއްޔާތުގައި ތިން ޑްރޯނެއް ދައްކާލި ނަމަވެސް، އެމްއެންޑީއެފް އަށް ހޯދަނީ ކިތައް ޑްރޯންކަމެއް ސަރުކާރުން އަދި އެމްއެންޑީއެފްއިން މިހާތަނަށް ހާމައެއް ނުކުރެ އެވެ.

.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox