ނިކަމެތި ކުޑަ ބުޅަލަކަށް އަނިޔާ ކުރުމަށްފަހު، ކަނޑުލުންވީ މަޖަލަކަށް

May 19, 2024, 7:41 AM
އާންމު ވީޑިއޯގައި ކުޑަ ބުޅަލާ ދިމާލަށް ބަޔަކު ވަޅި ދިއްކުރަނީ: ޖަނަވާރުންނަށް އަނިޔާ ކުރުން ގާނޫނުން ވެސް އޮތީ މަނާކޮށްފައި -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

އާންމު ވީޑިއޯގައި ކުޑަ ބުޅަލާ ދިމާލަށް ބަޔަކު ވަޅި ދިއްކުރަނީ: ޖަނަވާރުންނަށް އަނިޔާ ކުރުން ގާނޫނުން ވެސް އޮތީ މަނާކޮށްފައި -- ފޮޓޯ: ވީޑިއޯ ސްކްރީންޝޮޓް

ނިކަމެތި، ކުޑަ ބުޅަލަކަށް ބަޔަކު އަނިޔާ ކުރުމަށްފަހު، ފޮށިގަނޑެއްގައި މޫދަށް ދޫކޮށްލައިފި އެވެ.

އެ ބުޅަލަށް އަނިޔާ ކުރާ މަންޒަރުގެ ވީޑިއޯތަކެއް އެކަން ކުރި މީހުން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމަކަށް ލައިފަ އެވެ. ޖަނަވާރުންގެ ހައްގަށް މަސައްކަތް ކުރާ މީހަކު ވަނީ އެ ވީޑިއޯތައް އެކްސްގައި ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ވީޑިއޯތަކުން ފެންނަނީ ކުޑަ ކަޅު ބުޅަލަކާ ދިމާލަށް ބަޔަކު ވަޅިއެއް ދިއްކުރަމުން ކަކަކަކައަޅައިހޭ ތަނެވެ. އެ ސޮރު އެއިރު އޮތީ ތެމި ފޯވެ، ނިކަމެތި ހާލެއްގަ އެވެ. ދެން ފެންނަނީ ބުރިކޮށްފައި އޮތް ފުޅިމަދު ފޮށިގަނޑަކަށް ލުމަށްފަހު ބުޅާ މޫދަށް ދޫކޮށްލާ މަންޒަރެވެ.

Advertisement

މި ވީޑިއޯ އާންމުވެފައި މި ވަނީ ގއ. ވިލިނގިލީގައި ބުޅަލަކަށް އަނިޔާ ކުރުމަށްފަހު އަތުކޮޅަށް ހޫރާލި މަންޒަރުގެ ވީޑިއޯއެއް އާންމުވި ފަހުންނެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ބުޅަލަށް އަނިޔާ ކުރާ މައްސަލަ މިފަހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފަ އެވެ. މާލެ ތެރޭގައި އުޅޭ ވަގު ބުޅާތައް މަރާ ސީރިއަލް ގާތިލެއް އުޅޭ މައްސަލައެއް 2019 ވަނަ އަހަރު ފެންމަތިވި އެވެ. އޭނާ ބުޅާ މެރީ އެސޮރުމެންގެ ބޮލުގައި އެއްޗަކުން ތަޅައިގެންނެވެ.

އޭގެ ފަހުން މިދިޔަ ނޮވެމްބަރު މަހު މަގުމަތީގައި އޮތް ބުޅަލެއްގެ ބަނޑަށް ވަޅިއެއް ހަރާލި މައްސަލައެއް ވެސް ފެންމަތިވި އެވެ. ވަޅި ހެރީ ބަނޑުބޮޑު ބުޅަލެއްގެ ބަނޑަށެވެ. ފުލުހުން އޭނާ ހައްޔަރު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox