ސިނަމާލެ ބްރިޖުގައި މިރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކާއި ދެ މީހަކަށް ޒަހަމްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއްގައި، ދެން އަނިޔާވި މީހުން ތިބި އުޅަނދު ޖެހިގެން ކަމަށެވެ.
ތިން މީހުން ވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އެއިން ބާރު ސްޕީޑުގައި ސައިކަލުން ދަތުރުކުރި މީހާއަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބާރު ސްޕީޑުގައި ދުއްވާ ސައިކަލުތަކުގައި ޖެހި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތައް، ހާއްސަކޮށް ބްރިޖު މަތީގައި އާއި ހުޅުމާލޭގައި ހިނގާ އެކްސިޑެންޓުތައް، އަންނަނީ އިތުރުވަމުންނެވެ. މިހެން ހިނގި ހާދިސާތަކުގައި އަނިޔާވީ ބައެއް މީހުންގެ ފުރާނަ ގެއްލިފައިވެ އެވެ.












