ކައުންސިލުތަކަށް ފައިސާ ދޫކުރަން ދިގުލާތީ ކަންބޮޑުވުންތަކެއް

ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ -- ފޮޓޯ: ރައީސް އޮފީސް

ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބަޖެޓުން ކައުންސިލުތަކަށް ކޮންމެ މަހަކު ދޫކުރާ ބްލޮކް ގްރާންޓް ލިބެން ދިގުލާތީ ބައެއް ކައުންސިލުތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން "އަދަދު" އަށް މައުލޫމާތު ދެއްވަމުން ވ. އަތޮޅު ކައުންސިލުގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ މިދިޔަ ނޮވެމްބަރު، 2024، އިން ފެށިގެން ކޮންމެ މަހަކު ވެސް ފައިސާ ލިބުން ލަސްވާ ކަމަށެވެ. އަދި އެ މުއްދަތު ދިގުލައިގެން ގޮސް ފައިސާ ނުލިބި މަސް ދުވަސްވާ ކަން ފާހަގަކުރެއްވި އެވެ.

"ނޮވެމްބަރުން ފެށިގެން ފައިސާ ޖަމާނުވެ ލަސްވަމުން ގޮސް މިހާރު މަސް ދުވަސް އެބަވޭ. އަޅުގަނޑުމެން ދެން މިޖެހެނީ ހަރަދުތަކަށް ކައުންސިލުގަ އޭރު ހުންނަ ފައިސާކޮޅުން ނުވަތަ މަޝްރޫއުތައް މަޑުޖައްސާފަ އެ ފައިސާ ބޭނުންކުރަން،" ޝުޖާއު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ބްލޮކް ގްރާންޓް ޖަމާވުން ލަސްވުމުގެ ސަބަބުން ކައުންސިލް ހިންގުމަށް ވަރަށް ބޮޑަށް ދަތިވާކަން ވިދާޅުވެ، ގަވާއިދުން އެ ފައިސާ ލިބޭނެ ގޮތް ހައްދާދިނުމަށް ޝުޖާއު ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ވެސަ އެދިވަޑައިގަނެފަ އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ބްލޮކް ގްރާންޓަކީ ކޮންމެ މަހަކު ވެސް މުސާރަތަށް ޖަމާވުމުގެ ކުރިން މަހުގެ 20 ހިސާބު ކައުންސިލުތަކަށް ޖަމާވާންޖެހޭ ފައިސާއެއް ކަމަށެވެ. ނަމަވެސް، ގަވާއިދުން ފައިސާ ޖަމާނުވާކަން އޭނާ ތަކުރާރުކުރެއްވި އެވެ.

މި ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމްގެ ތެރެއިން ކައުންސިލުތައް ބާރުވެރިކުރުމަށް ގިނަ މަސައްކަތްތަކެއް އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ރަށްރަށުގައި ހިންގާ ގެސްޓުހައުސްތަކަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓީޖީއެސްޓީން ވަކި ޕަސަންޓެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރު ކުރުމަށް ލާމަރުކަޒީ ގާނޫނު އަދި ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުން ހިމެނެ އެވެ.

ފަޅުރަށްތައް ކުއްޔަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރުކޮށްދިނުމާއި ކައުންސިލުތަކުގެ ބަޖެޓު އިތުރުކުރުމާއެކު، ކައުންސިލުތަކަށް އޮފީސް އިމާރާތްތައް އަޅައިދިނުމަކީ ވެސް މި ސަރުކާރުން ކައުންސިލުތަށް ބާރުވެރިކުރުމަށް ކުރަން ނިންމާފައިވާ ކަންކަމެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް މިމަހުގެ ތެރޭފައި ދިރާސާކުރަން ފަށަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox