ހާމަނުކުރާ މައުލޫމާތެއް ހާމަކޮށްފައި ހުރި ކަމަށް ބުނެ ސިޔާސީ މަގާމުތަކުގެ ތަފްސީލު ދޭން އެޑިއުކޭޝަނުން ދެކޮޅު ހަދައިފި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު: އެ މިނިސްޓްރީގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އެބަތިބި --- ފޮޓޯ:

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު: އެ މިނިސްޓްރީގައި ވެސް ގިނަ އަދަދެއްގެ ސިޔާސީ މުވައްޒަފުން އެބަތިބި --- ފޮޓޯ:

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުގައި އަދާހަމަކޮށް ހާމަނުކުރާ މައުލޫމާތެއް ހާމަކޮށްފައި ހުރި ކަމަށް ބުނެ މިނިސްޓްރީ އޮފް އެޑިއުކޭޝަނަށް އައްޔަނުކޮށްފައިވާ ސިޔާސީ މުވައްޒަފުންގެ ތަފްސީލު ހިއްސާކުރުމަށް އެ މިނިސްޓްރީން ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރްޓީއައި މެދުވެރިކޮށް "އަދަދު" ނޫހުން ހޯދަން އެދުނީ ނޮވެމްބަރު 17, 2023 އިން ފެށިގެން މެއި 1, 2024 އާ ހަމައަށް އެ މިނިސްޓްރީގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ދިނުމަށެވެ. އެ އާރުޓީއައި ރިކުއެސްޓުގައި "އަދަދު" އިން ވާނީ ވަކިވަކި މަގާމުތަކުގެ ނަން ވެސް ހިމަނާފަ އެވެ.

"ތިޔަ އިދާރާއިން ހޯދުމަށް އެދިލައްވާފައިވާ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމުގައި މައުލޫމާތަށްޓަކައި ދެންނެވިން," އެ މިނިސްޓްރީން ފޮނުވާފައިވާ ޖަވާބުގައި ބުނެފައިވެ އެވެ.

އާރްޓީއައި ރިކުއެސްޓަށް އެޑިއުކޭޝަނުން ދިން ޖަވާބު
އާރްޓީއައި ރިކުއެސްޓަށް އެޑިއުކޭޝަނުން ދިން ޖަވާބު

އާރްޓީއައި ރިކުއެސްޓަށް އެޑިއުކޭޝަނުން ދިން ޖަވާބު

އެ ޖަވާބާ ގުޅިގެން ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންނާ ގުޅޭ މައުލޫމާތު "އަދަދު" އިން ބެލީމެވެ. މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އާއި ފަސް ސްޓޭޓް މިނިސްޓަރުންގެ އިތުރުން ހަ ޑެޕިއުޓީ މިނިސްޓަރުންގެ ނަމާއި މަގާމު އެ ވެބްސައިޓުގައި އެބައޮތެވެ.

އެކި މަސްދަރުތަކުން ލިބުނު މައުލޫމާތުތަކުން މިއަށް ވުރެ އިތުރަށް އެ މިނިސްޓްރީގައި ސިޔާސީ މުވައްޒަފުން ތިބިކަން ޔަގީން ކުރެވޭތީ "އަދަދު" ނޫހުން އިތުރަށް ހޯދި ހޯދުމުން އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި ޕަބްލިކޭޝަންސް ބައިގައި "މުވައްޒަފުންގެ ސެލަރީ: ތައުލީމީ ވުޒާރާ" ގެ ގޮތުގައި ޝާއިއުކޮށްފައިވާ ލިސްޓެއް ފެނިފައިވެ އެވެ.

އެ ލިސްޓުގައި މަގާމުތަކާއި, މަގާމުތަކުގެ އަދަދާއި, މުސާރަ އާއި އެލަވަންސް އެނގެން ހުރި ނަމަވެސް މަގާމުތަކުގައި ތިއްބެވީ ކޮން ބޭފުޅުންތަކެއް ކަމެއް ނޭނގެ އެވެ. ނަން ހިމަނާފައި ނުވެ އެވެ.

އެ ލިސްޓުން އެނގޭ ގޮތުގައި އެޑިއުކޭޝަންގައި 11 ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވި އެވެ. އެއީ ރައީސް އޮފީހުގެ ވެބްސައިޓަށް ވުރެ ފަސް ޑެޕިއުޓީން އިތުރު އަދަދެކެވެ. އޭގެ އިތުރުން ހަތަރު ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން އެބަތިއްބެވި އެވެ. އަދި, ތިން ޕޮލިޓިކަލް ޑިރެކްޓަރުން އެބަތިއްބެވި އެވެ.

އެޑިއުކޭޝަން ސިޔާސީ މަގާމުތަކުގެ މުސާރަ އާއި އެލަވަންސް

  • އެއް މިނިސްޓަރު - 58,500ރ.
  • ފަސް ސްޓޭޓް މިނިސްޓަރުން - 43,500ރ.
  • 11 ޑެޕިއުޓީ މިނިސްޓަރުން - 31,500ރ.
  • ހަތަރު ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން - 25,500ރ.
  • ތިން ޕޮލިޓިކަލް ޑިރެކްޓަރުން - 20,500ރ.

އެ ލިސްޓުން އެނގޭ ގޮތުގައި އެ މިނިސްޓްރީގައި ތިއްބެވީ 24 ސިޔާސީ މުވައްޒަފުންނެވެ. އެ މަގާމުތަކަށް މުސާރަ ދިނުމަށް މަހެއްގެ މައްޗަށް 786,000ރ. ދައުލަތުގެ ބަޖެޓުން ހޭދަކުރާނެ އެވެ. މި ލިސްޓު ޝާއިއުކޮށްފައި ވަނީ އެޕްރީލް 16, 2024 ގައި ކަމުން މިއަދާ ހަމައަށް އެ އަދަދުތައް އިތުރުވާނެ ކަމަށް ބެލެވެ އެވެ.

އެހެންކަމުން, އެ ޑޮކިއުމެންޓުން ޔަގީން ކުރެވޭ ގޮތުގައި އެޑިއުކޭޝަނުން "އަދަދު" ނޫހުގެ އާރްޓީއައި ރިކުއެސްޓަށް ދީފައިވަނީ ތެދު މައުލޫމާތެއް ނޫނެވެ. އެ މިނިސްޓްރީން އެގޮތަށް އަމަލުކޮށްފައިވާ ސަބަބެއް ނޭނގެ އެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މި މައްސަލަ މިހާރު މި ނޫހުން ވަނީ އިސްތިއުނާފުކޮށްފަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި އެ މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގެ ތަފްސީލެއް ނެތެވެ. އެ މައުލޫމާތު އެޑިއުކޭޝަންގައި ވެބްސައިޓުގައި ޝާއިއުކޮށްފައިވަނީ އޮޅުމަކުން ކަމަށް ބެލެވެ އެވެ. އެ މައުލޫމާތު އާރުޓީއައިގެ ޖަވާބުގައި ހިއްސާ ނުކުރެވެންވީ ސަބަބެއް ސާފެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox