ބޮޑުރަސްގެފާނު މަގުގައި ހުރި ކެފޭއެއްގެ ބަދިގެއަކުން ދުން ލީކުވެ، ހަތް މީހުންނަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ ކެފޭގެ ބަދިގެއިން ދުން ލީކުވެ ހަތް މީހުން އަނބުރައިގަނެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން އެ އިދާރާއަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 5:50 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެ އެވެ. އަދި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މި ހާދިސާގައި ހޮސްޕިޓަލަށް ގެންދިޔަ ހަތް މީހުންގެ ތެރޭގައި ހިމެނެނީ ނޭޕާލް ތިން މިހުންނާއި ބަންގްލަދޭޝް ދެ މީހުންގެ އިތުރުން ސްރީލަންކާ އަދި އިންޑިއާއަށް ނިސްބަތްވާ ދެ މީހުންނެވެ.
މި ހަތް މީހުންގެ ތެރެއިން އެކަކަށް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭގަ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.













