ގައްސާން ވިދާޅުވަނީ ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވުމުގެ ގާބިލުކަން ހުރި ސިފައިން އެމްއެންޑީއެފްގައި އަދިވެސް ނެތް ކަމަށް

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން : ގައްސާން ވިދާޅުވަނީ ޑޯނިއާ އަދި ހެލިކޮޕްޓަރު ދުއްވުމުގެ ގާބިލުކަން ހުރި ސިފައިން އެމްއެންޑީއެފްގައި އަދިވެސް ނެތް ކަމަށް  - ފޮޓޯ: ރައީސް އޮފީސް

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން : ގައްސާން ވިދާޅުވަނީ ޑޯނިއާ އަދި ހެލިކޮޕްޓަރު ދުއްވުމުގެ ގާބިލުކަން ހުރި ސިފައިން އެމްއެންޑީއެފްގައި އަދިވެސް ނެތް ކަމަށް - ފޮޓޯ: ރައީސް އޮފީސް

އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކޮށްފައިވާ ވައިގެ ތިން އުޅަނދު ދުއްވުމުގެ ގާބިލުކަން ހުރި ސިފައިން އެމްއެންޑީއެފްގައި އަދިވެސް ނެތް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ގައްސާން މިހެން ވިދާޅުވީ، އެ އުޅަނދުތައް ދުއްވުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ 76 މީހުން ފޮނުވާލާ ބަދަލުގައި އެ ގައުމުގެ މަދަނީން ގެނައުމުގެ ތަފުސީލު ދޭން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ގައްސާނު ވިދާޅުވީ، މީގެ ކުރީ ސަރުކާރުތަކުން ހަދާފައިވާ އެއްބަސްވުމުގެ ދަށުން ޑޯނިއާ އަދި ދެ ހެލިކޮޕްޓަރު ދުއްވުމުގެ ތަމްރީނުތައް ފަށާފައި ތިބި ސިފައިން ތިބި ނަމަވެސް އެކަމުގެ ގާބިލުކަން ހުރި ސިފައިންގެ މީހަކު ނެތް ކަމަށެވެ.

Advertisement

"އެކި މަރުހަލާތައް ކަޑައްތު ކުރަންޖެހޭ ޓްރެއިނިންއެއް ވީމަ، ކޮމްޕްލީޝަން އާ ހަމައަށް އަޅުގަނޑުމެންގެ ސިފައިންނަކަށް އެކި ސަބަބުތަކާހެދި ދެވިފައެއް ނެތް، އެހެންކަމުން މިވަގުތު އަޅުގަނޑުމެންގެ ފޯސްގައެއް އޭއެލްއެޗް ޕްލެޓްފޯމާއި ޑޯނިއާ ދުއްވަން ލައިސަންސްޑް އަދި ފުލީ އޮޕަރޭޝަނަލް ވެފަ ތިބި މީހުނެއް ނެތް،" ގައްސާން ވިދާޅުވި އެވެ.

ގައްސާން މިހެން ވިދާޅުވި ނަމަވެސް ނިމިދިޔަ ފަސް އަހަރު އެ ބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން މި މައްސަލާގައި ސަރުކާރަށް ފާޑުވިދާޅުވެ، އެމްއެންޑީއެފްގައި އެ ގާބިލުކަން ހުރި ސިފައިން ތިބި ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެނައި ހެލިކޮޕްޓަރާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ގެނައި ހެލިކޮޕްޓަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގެނައި ޑޯނިއާ އާއެކު އިންޑިއާ ސިފައިން އައި މައިގަނޑު އެއް ސަބަބަކީވެސް ދިވެހިން ތަމްރީން ކުރުމެވެ.

މިހާތަނަށް އެކަން ވެފައި ނުވާއިރު، އިންޑިއާގެ މަދަނީން ގެނައުމަށް ވެވުނު އެއްބަސްވުމުގައިވެސް ދިވެހިން ތަމްރީނުކުރުމުގެ ވާހަކަ ހިމަނާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox