މި ދަހަރުގެ އެންމެ ބޮޑު ސޯލާ ސްޓޯމާއެކު ދުނިޔޭގެ ބޮޑު ބައެއްގެ އުޑުމަތި ދިއްލާލައިފި

އުޑުމަތި ދިއްލާލާފަ: މި ދަހަރުގެ އެންމެ ބޮޑު ސޯލާ ސްޓޯމާއެކު ދުނިޔޭގެ ބޮޑު ބައެއްގެ އުޑުމަތި ދިއްލާލައިފި - ފޮޓޯ: ޓުވިޓާ

އުޑުމަތި ދިއްލާލާފަ: މި ދަހަރުގެ އެންމެ ބޮޑު ސޯލާ ސްޓޯމާއެކު ދުނިޔޭގެ ބޮޑު ބައެއްގެ އުޑުމަތި ދިއްލާލައިފި - ފޮޓޯ: ޓުވިޓާ

ދުނިޔޭގެ އުތުރު އަދި ދެކުނު ބިތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ރޭ ގަނޑުގެ އުޑުން ފެންނަ ކުލަވަރުތައް ނުވަތަ އަރޯރާތަކެވެ.

އުތުރުން އައިސްލޭންޑް، ނޯވޭ، ސްވިޑެން އަދި ފިންލޭންޑް ފަދަ އެންމެ އުތުރުގައި ހުންނަ ގައުމަތަކަށް މި އަލިތައް އާންމު ގޮތެއްގައި ފެންނައިރު ދެކުނުން އަލިތައް އެންމެ ގިނައިން ފެންނާނީ އެންޓާޓިކާއަށެވެ. އަދި މަދުން ނަމަވެސް ނިއުޒިލޭންޑަށް އެ އަލިތަކެއް ފެނެ އެވެ.

ދުނިޔެއާ ދިމާލަށް އިރުން ފޮނުވާ ރާޅުތަކުގައި ހިމެނޭ އަޔަންތަކުގެ ތެރެއިން ބޮޑު ބައެއް ދުނިޔޭގެ މެގްނެޓިކް ފީލްޑުގައި ޖެހި ޖައްވުގެ ތެރެއަށް ބުރައިގެންދެ އެވެ. އިރުގެ ވަރުގަދަ ހަމަލާތަކުން ދުނިޔެ ދިފާއު ކުރާނެ މެގްނެޓިކް ފީލްޑެއް ނެތްނަމަ މި ރާޅުތަކުން ދުނިޔެ އަދި ދުނިޔޭގެ ދިރުމަށް ބޮޑެތި ގެއްލުންތަކެއް ވާނެ އެވެ.

މި އަލިތައް އުފެދެނީ އިރުން ބޭރުވާ އަޔަންސްގެ ރާޅުތައް ނުވަތަ ސޯލާ ވިންޑުގެ ތެރެއިން މެގްނަޓިކް ފީލްޑުގައި ޖެހި ދުނިޔޭގެ ދެ ޕޯލް ހިމެނޭ ސަރަހައްދުގައި ތާށިވާ އަޔަންތަކާއި ދުނިޔޭގެ ޖައްވުގައި ހުންނަ އޮކްސިޖަން އަދި ނައިޓްރޮޖަން ގޭސްތަކާ ޖެހި ހިނގާ ކެމިކަލް ރިއެކްޝަންގެ ސަބަބުންނެވެ.

އާންމުކޮށް އަރޯރާ ނުފެންނަ ޖަރުމަނުގެ އުޑުމަތި ދިއްލާލާފަ - ފޮޓޯ: ގެޓީ
އާންމުކޮށް އަރޯރާ ނުފެންނަ ޖަރުމަނުގެ އުޑުމަތި ދިއްލާލާފަ - ފޮޓޯ: ގެޓީ

އާންމުކޮށް އަރޯރާ ނުފެންނަ ޖަރުމަނުގެ އުޑުމަތި ދިއްލާލާފަ - ފޮޓޯ: ގެޓީ

މި ހަފުތާގައި ދުނިޔެއަށް މި އަލިތައް އާދަޔާ ހިލާފު ބޮޑަށް ފެނެ އެވެ. ސަބަބަކީ އާދަޔާ ހިލާފު ސޯލާ ސްޓޯމް ނުވަތަ ތޫފަނެކެވެ. މިއީ މި ދަހަރުގައި ދުނިޔެ ދެކޭ އެންމެ ވަރުގަދަ ސޯލާ ތޫފާނެވެ. އެމެރިކާގެ ސްޕޭސް ވެދާ ޕްރެޑިކްޝަން ސެންޓަރުން މި ތޫފާން މިނާފައިވަނީ ލެވެލް ފަހެއްފެ ތޫފާނެއްގެ ގޮތުގަ އެވެ. އެންމެ ފަހުން އެެ ލެވެލްގެ ތޫފާނެއް އިރުން ފޮނުވާލާފައިވަނީ 2003 ގަ އެވެ.

ޖީޕީއެސް، ކަރަންޓު ވިއުގަތައް އަދި މުއާސަލާތީ ނިޒާމުތަކަށް ބުރޫއެރުމުގެ ނުރައްކާ އޮތް ނަމަވެސް މި ތޫފާނާއެކު ދުނިޔޭގެ އުތުރު އަދި ދެކުނު ބިތުން ފެށިގެން މެދު ދުނިޔޭގެ ބައެއް ގައުމުތަކަށް ވެސް މި ވަނީ އާދަޔާ ހިލާފު ތަޖުރިބާއެއް ކޮށްލުމުގެ ފުރުސަތު ލިބިފަ އެވެ.

ދެކުނުން މުޅި ނިއުޒިލޭންޑަށް އަދި އުތުރުން އެމެރިކާގެ ބޮޑު ބަޔަކަށާއި ޖަރުމަނު ފަދަ ޔޫރަޕުގެ ގިނަ ގައުމުތަކަށް ވެސް ރޭ ވަނީ އަރޯރާ ފެނިފަ އެވެ. އެ ގައުމުތަކުގެ އުޑުމަތި ވަނީ މީގެ ކުރިން ނުދެކޭ ކުލަތަކަކުން ދިއްލާލައިފަ އެވެ.

އާންމުކޮށް ނޮދާން ލައިޓްސް ފެންނަ ގައުމުތަކަށް ވެސް ރޭ ފެނުނު ކުލަތައް ގަދަވެފައި ތަފާތު ކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ. މި އަލިތައް ފެންނަ އެތައް ފޮޓޯތަކަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިރުން ހަކަތަ އުފައްދާ މިންވަރު ނުވަތަ އިރުގެ އެކްޓިވިޓީ މަތިވެ ދަށް ވަނީ 11 އަހަރުގެ ސައިކަލް އަކުންނެވެ. ނާސާއިން ބުނާ ގޮތުގައި މި އަހަރަކީ އެގޮތަށް އިރުގެ ހަރަކާތްތައް އެންމެ މަތީގައި ހުންނާނެ އަހަރެވެ. މި ސަބަބާއެކު މި އަަހަރު ނިމުމާ ހަމައަށް މިފަދަ ސޯލާ ތޫފާންތައް ކުރިމަތިވާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox