ހުލާސާކޮށް އިއްޔެ: ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން

އދ. ގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ވޯޓުގެ ނަތީޖާ އެ މަޖިލީހުގެ ބޯޑުގައި.

އދ. ގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ވޯޓުގެ ނަތީޖާ އެ މަޖިލީހުގެ ބޯޑުގައި.

ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދޭން ޔޫއޭއީ އިން ހުށަހެޅީ ގަރާރު އދ. ގެ އާންމު މަޖިލީހުން އިއްޔެ ފާސްކުރި އެވެ.

އދ. ގެ އާންމު މަޖިލީހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ހުށަހެޅީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް" ގަރާރެވެ. މި ގަރާރުގައި ވަނީ ފަލަސްތީނަކީ އދ. ގެ މެމްބަރަކަށް ވުމަށް ޝަރުތުހަމަވާ، އަދި އެކަމަށް އދ. ގެ ގިނަ މެންބަރު ގައުމުތަކުގެ ތާއީދު އޮތް ގައުމެއް ކަމަށެވެ.

ރާއްޖެ ވެސް ކޯ ސްޕޮންސަރުންގެ ތެރޭގައި ހިމެނޭ މި ގަރާރު 143 މެންބަރު ގައުމެއްގެ ތާއީދާއެކީގަ އެވެ. މި ގަރާރުގެ ވޯޓުގައި 25 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާއިރު، ގަރާރާ ދެކޮޅަށް ވޯޓު ދިނީ ނުވަ މެމްބަރުންނެވެ.

މި ގަރާރު ފާސްވުމުން ފަލަސްތީނަށް ލިބިދޭ ހައްގުތަކުގެ ތެރޭގައި އދ. ގެ އެހެން މެންބަރުންނާ އެކީ އިށީންދެ ތިބުމުގެ ހައްގު ލިބި އދ. ގައި ބޭއްވޭ ހުރިހާ ބައްދަލުވުމެއްގައި ވާހަކަ ދެއްކުމަށް ނަން ހުށަހެޅުމުގެ ހައްގު ލިބިގެންދާނެ އެވެ.

މިހާރު "އޮބްޒާވާ ސްޓޭޓަސް" ގައި އޮތް ފަލަސްތީނަށް، މިހާރު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބިގެންދަނީ މެދު އިރުމައްޗާއި ފަލަސްތީނާއި ގުޅުންހުރި ބައްދަލުވުން ތަކުގައި އެކަންޏެވެ.

އޭގެ އިތުރުން އދ. ގައި ހުށަހަޅާ ޕްރޮޕޯސަލްތައް ހުށަހަޅައި، އިސްލާހު ހުށަހަޅައި، ކޯ-ސްޕޮންސަ ކުރުމުގެ ފުރުސަތު ލިބި، އދ. ގައި ނަގާ ވޯޓުތަކުގަ އާއި ބަހުސްތަކުގައި ރައްދު ދިނުމުގެ ހައްގު ލިބިގެންދާނެ އެވެ. އަދި އދ. ގައި ހިނގާ ބައްދަލުވުންތަކުގައި ނިޒާމީ ނުކުތާ ނެގުމުގެ ހައްގު ލިބޭނެ އެވެ.

ގަރާރު ފާސްވުމުން ފަލަސްތީނަށް ލިބޭ އިތުރު ހައްގުތަކަކީ:

  • އދ. ގެ މަޖިލީހުގެ ބައްދަލުވުންތަކުގެ ޕްރޮވިޝަނަލް އެޖެންޑާއަށް މަޝްވަރާކުރަން ބޭނުންވާ ކަންތައްތައް ހުށަހެޅުން
  • އދ. ގެ ޕްލެނަރީ އަދި މައި ކޮމިޓީތަކައް ކުރިމަތިލުން
  • އދ. ގެ ހުރިހާ ބައްދަލުވުންތައް އަދި ބައިނަލްއަގުވާމީ ކޮންފަރަންސްތަކުގައި ފުރިހަމައަށް ބައިވެރިވެވުން
  • މިހެން ނަމަވެސް އދ. އަށް ހުށަހަޅާ އެއްވެސް ގަރާރަކަށް ވޯޓުލުމުގެ ހައްގު ފަލަސްތީނަކަށް އަދިވެސް ނުލިބެ އެވެ.

މިހެން ނަމަވެސް އދ. އަށް ހުށަހަޅާ އެއްވެސް ގަރާރަކަށް ވޯޓުލުމުގެ ހައްގު ފަލަސްތީނަކަށް އަދިވެސް ނުލިބެ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox