ހުޅުމާލޭގައި ކާރަކާއި ވޭނެއްގެ އިތުރުން ބަހެއް ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނީ ކާރަކާއި, ވޭނަކާއި އެމްޓީސީސީގެ ބަހެެއް ޖެހި އެކްސިޑެންޓެއް ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރީތިގަސް މަގުން ކަމަށެވެ. އަދި އެ އެކްސިޑެންޓުގެ ރިޕޯޓު ލިބުނީ މިރޭ 8:30 ހާއިރު ކަމަށެވެ.
ތިން އުޅަނދު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ކާރު ދުއްވަން އިން މީހާއަށް ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އޭނާއަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު, ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.














