މީޑިއާތަކަށް އިންޒާރު ދޭ މައްސަލަ ސަރުކާރުން ކުށްވެރިކޮށް، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަނީ

ކޮމިޝަނާ އޮފް ޕޮލިސް ސުޖާއު : ޓީވީ ޗެނަލްތަކަށް އިންޒާރު ދިނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަަމަށް ފުލުހުން ބުނެފި - ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ އޮފް ޕޮލިސް ސުޖާއު : ޓީވީ ޗެނަލްތަކަށް އިންޒާރު ދިނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަަމަށް ފުލުހުން ބުނެފި - ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ޓީވީ އަދި ޗެނަލް 13 ގައި ހުޅުޖަހާނެ ކަމަށް ބުނެ އެ ދެ ސްޓޭޝަނަށް އިންޒާރު ދިން މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ކުށްވެރިކޮށްފި އެވެ.

އެއާއެކު، އިންޒާރު ދޭ މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

"މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން މި ޢަމަލު ކުށްވެރިކުރަން،" ރައީސް އޮފީހުން ބުންޏެވެ.

Advertisement

ފުލުހުން މިރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން މި މައްސަލަތައް ބަލަމުންދާ ކަމަށެވެ.

"މީހުންނާއި ތަކެއްޗަށް، ހާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއާތަކަށް ގެއްލުން ދޭނެކަމަށް ބުނެ އިންޒާރުދޭ މައްސަލަތަކަކީ މި ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން، ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލާ ތަހުގީގުކުރަމުން ގެންދާ މައްސަލަ ތަކެއް،" ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލަތައް ބަލަމުން ގެންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓާއި ސައިބާ ކްރައިމް ޑިޕާޓްމަންޓު ގުޅިގެންނެވެ.

ރާއްޖޭ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އިންޒާރު ދީފައި ވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ، ލައިޝާ އަހުމަދުއަށް އިންސްޓަގްރާމް މެދުވެރިކޮށެވެ. އެ މެސެޖުގައި ލައިޝާއަށް ނިސްބަތްކޮށް ވެސް "މިފަހަރު ހޭއަރުވައިލާނަން" ކަމަށް ލިޔެފައި އޮތެވެ.

ޗެނަލް 13 އަށް އިންޒާރު ދީފައި ވަނީ ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ އާދީއްތަ ދުވަހު މީހަކު ދިން އިންޒާރުގެ ހަބަރު ތޭރަ އޮންލައިންގައި ޝާއިއު ކުރުމުން، އެ ހަބަރުގެ ފޭސްބުކް ޕޯސްޓަށް ކުރި ކޮމެންޓެއްގަ އެވެ.

މިކަމާ ގުޅިގެން ރާއްޖެ ޓީވީއިން ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ސުޖާއު އަށް ސިޓީއެއް ފޮނުވާ އެ މައްސަލަ ބަލައިދިނުމަށް އެދިފަ އެވެ. އަދި މީގެ 11 އަހަރު ކުރިން އެ ޓީވީ ސްޓޭޝަނުގައި ހުޅުޖެހިއުރު، އޭރު ފުލުހުންނަށް ކުރި ރިޕޯޓުތަކާމެދު އެކަށޭނަ ފިޔަވަޅެއް ނޭޅުނުކަންވެސް ރާއްޖެ ޓީވީން ފާހަގަކޮށްފައިވެ އެވެ.

"އެ ދުވަހު ވެސް ރާއްޖެ ޓީވީގެ ހިދުމަތް ދެމުންދިޔަ އިމާރާތުގައި ބަޔަކު ހުޅުޖަހާ ރޯކޮށްލީ ޓެރަރިޒަމްގެ އަމަލު ހިންގުމުގެ ކުރިން އެފަދަ ކަމެއް މެދުވެރިދާނެ ކަމަށް ޝައްކުކުރެވޭ ފަދަ މައުލޫމާތުތަކެއް ލިބުމާ ގުޅިގެން ރާއްޖެ ޓީވީގެ ފަރާތުން އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވަނިކޮށް،" ރާއްޖެ ޓީވީއިން ބުނެފައިވެ އެވެ.

ރާއްޖެ ޓީވީގައި ރޯކޮށްލިކަމުގެ ދައުވާ ދައުލަތުން ކުރި، ހ. ގަސްވާ، މުހައްމަދު މީއާދުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދެ އަހަރަށް ޖަލަށް ލުމަށް ވަނީ ޑިސެމްބަރު 16، 2021 ގައި ހުކުމް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox