ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ މާރާމާރީ ހިނގައި ދެ ޒުވާނަކު ޒަހަމްވެއްޖެ އެވެ.
ފުލުހުން ބުނީ އެ މާރާމާރީގައި އަނިޔާވި ދެމީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައިވާ ކަަމަށެވެ.
މާރާމާރީއެއް ހިނގީ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށާއި އެކަމުގެ ރިޕޯޓް ލިބުނީ މިރޭ ނުވައެއް ޖަހާކަށް ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ. ސީންގައި ފުލުހުން ހަރަކާތްތެރި ވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.














