ދުޅަހެޔޮ ގުޅުންތަކެއް ދެމެހެއްޓުމަށް ދިމާވާ ހުރަސްތަކާއި ކުރެވިދާނެ ކަންތައްތައް

Apr 23, 2024, 6:42 AM
ދުޅަހެޔޮ ގުޅުންތަކެއް ދެމެހެއްޓުމަށް ދިމާވާ ހުރަސްތަކާއި ކުރެވިދާނެ ކަންތައްތައް

އާ ގުޅުމެއް ފެށުމަށްވުރެ، ބުރައީ ދުޅަހެޔޮކަމާއިއެކު ގުޅުމެއް ދެމެހެއްޓުމެވެ. އެއީ ކައިވެންޏަކަސް، ދަރިންނާއި މައިންބަފައިންގެ ގުޅުން ކަމުގައިވިޔަސް، ގާތްތިމާގެ ކަމުގެ ގުޅުން ކަމުގައިވިޔަސް އަދި އަވަށްޓެރިންނާއި ރަހުމަތްތެރިންކަމުގައިވިޔަސްމެއެވެ. ދުޅަހެޔޮ ގުޅުންތަކެއް ދެމެހެއްޓުމަށްޓަކައި، ކޮންމެ ދުވަހަކުވެސް، އެ ގުޅުމެއްގައި ހިމެނޭ ދެ ފަރާތުން ކޮންމެވެސް ވަރެއްގެ ހިތްވަރެއްލައި، މަސައްކަތްތަކެއް ކުރަންޖެހެއެވެ.

ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަންގެ ޑިރެކްޓާރ ޝިޔާމާ އަންވަރު އަދި ކައުންސިލަރ ތޯމާ އަބްދުއްސަމަދު އާއެކު މި ސެގްމަންޓްގައި މި ހިއްސާކުރަނީ ދުޅަހެޔޮ ގުޅުންތަކެއް ދެމެހެއްޓުމަށް ދިމާވާ ހުރަސްތަކާއި ކުރެވިދާނެ ކަންތައްތަކަށެވެ.

މުއާމަލާތުކުރުން

އެކި ގުޅުންތަކުގައި މައްސަލަޖެހެން ދިމާވާ އެންމެ ބޮޑު ސަބަބަކީ ރަނގަޅަށް މުއާމަލާތު ނުކުރެވުމެވެ. ނުވަތަ އެމީހަކު އަސްލު ބޭނުންވާގޮތް ބުނެނުދެވުމެވެ. އެއީ އެންމެ ރަނގަޅުގޮތްކަމަށް ހީކޮށް ބޭނުންވާގޮތް، ނުވަތަ އިހުސާސްވި ގޮތެއް ހާމަނުކޮށް "ފިއްތާލައިން" ހުރުމުގެ ނަތީޖާއަކަށް ގިނަފަހަރު ވަނީ "ކޮންފްލިކްޓް" އެވެ. އެއާއެކު، މައްސަލަތައް ފުނިޖެހެމުން ގޮސް، އެންމެ ފަހުން ބަދަލުވަނީ ރުޅިއަށެވެ. ގަސްތުގައި ނޫނަސް، އަނެކާއާއި ދިމާލަށް އެތަކެއް ބަހުގެ ހަމަލާތަކެއް ދެވިގެންނެވެ. ދެމަފިރިން އެކަންޏެއް ނޫނެވެ. ފުރާވަރަށް އަރަމުން އަންނަ ކުދިންނާއި ބެލެނިވެރިންގެ މެދުގައިވެސް މިއީ ދިމާވާ މައްސަލައެކެވެ.

އެހެންކަމުން، ހިތްހަމަނުޖެހޭފަދަ ކަމެއް ދިމާވުމުން އަބަދުވެސް، ތިމާއަށް އެކަމަކުން ކުރި އިހުސާސްއާއި ދެކޭގޮތް އަނެކާއަށް ކިޔާދޭށެވެ. ދަރިންނަށްވެސް އެމީހުންގެ އިހުސާސްތަކާއި ޝުއޫރުތައް ހިއްސާކުރެވޭނެ ފަދަ މާހައުލެއް އަދި ފުރުސަތުތަކެއް ފަހިކޮށްދޭށެވެ. ޚިޔާލު ތަފާތުވާ ކަންކަމުގައި ތިމާއަށް ޤަބޫލުކުރެވޭގޮތް އަނެކާ ލައްވާ ގަދަކަމުން ޤަބޫލުކުރުވަން އުޅުމަށްވުރެއެފަދަކަންކަމާއި ދޭތެރޭ ދެފަރާތުން ވާހަކަދެކެވި އެކަކު އަނެކަކަށް އިހްތިރާމާއި އެކީ އަޑުއެހުމުން ދެފަރާތުގެ ގުޅުން ބަދަހިވެގެން ދާނެއެވެ

މާލީގޮތުން ދިމާވާ ގޮންޖެހުންތައް

ތޮއްޖެހިފައިވާ މާލޭގެ ކުޑަކުޑަ ކޮޓަރިތަކުގައި ފުނިޖެހިގެން މި އުޅެވޭ ދިރިއުޅުމަކީ މިއަދު އަހަރެމެންގެ ގުޅުންތައް ހީނަރުވަމުން ދިއުމަށްވެސް ދިމާވާ އެންމެ ބޮޑު އެއް ހުރަހެވެ. ހިތްހަމަނުޖެހުންތަކާއި، ޝަކުވާތަކާއިއެކު ހިންދެމިލާނެ ފުރުސަތެއްވެސް ގިނަފަހަރު ނުލިބެއެވެ. އެއާއެކު، ގިނަވަގުތުތަކެއް އެއް ވަޒީފާއިން އަނެއް ވަޒީފާއަށް ނުވަތަ މަސައްކަތަށް ހުސްކުރާއިރު، ތިމާގެ އަމިއްލަ ނަފްސަށާއި ލޯބިވާ އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ނުދެވެއެވެ. ކުދިންނާއިއެކު، އެކުދިންގެ ދުނިޔޭގައި ކުޅެލާ، މަޖާކޮށްލާނެ ހިތްވަރެއް މި އަވަދިނެތި އުޅޭ ދިރިއުޅުމަކުންނެއް ނުލިބެއެވެ. އަދި މައިންބަފައިންގެ ހާލުބަލާލާ ވާހަކަދައްކާލާނެ ވަގުތުކޮޅެއްވެސް ނުލިބެއެވެ.

އެކަމަކު، ކޮންމެ ކަމަކީ ފައިސާއިން ގަނެ އަގު ކުރެވޭނެ ކަމެއް ނޫނެވެ. އެމީހަކަށްޓަކައި ވަގުތު ހުސްކޮށްގެން އިނުމަކީ ލޯބިވާކަން އަންގައިދެވޭނެ އެންމެ ފަސޭހަ އަދި މުހިންމު ގޮތެވެ.

ކުށްހީތަކާއި ޝައްކުތައް

މިއީވެސް އެކިއުމުރުތަކުގެ، އެކި ގުޅުންތަކުގައި ދިމާވާ އާންމު މައްސަލައެކެވެ. އެކަކު އަނެކަކަށް އިތުބާރުނުކުރެވުމާއި، އަނެކާ ބުނާއެއްޗަކުން އަމިއްލައަށް ދޭހަވިގޮތަށް ނިންމުން ނުވަތަ އެގޮތަށް ގަބޫލުކުރެވުމާއި، މާނަތައް ނެގުމާއި، ކޮންމެވެސް ކުށްހީތަކެއްގައި ދެމިހުރެވި ބޯގޮއްވާލެވެނީއެވެ. އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ އިންސާނެއް ނޫނެވެ. އެހެންނަމަވެސް، ގިނަ ފަހަރު ސަމާލުކަން މި ދެވެނީ އަނެކާގެ ހުންނަ އުނި ސިފަތަކަށް ނުވަތަ އެމީހަކަށް ކަމުނުދާ ސިފަތަކަށެވެ. އެއާއެކު މައްސަލައެއް ޖެހުނަސް ހައްލުކުރާނެ ގޮތްތަކެއް ދަސްވެފައި ނުވަތަ އަހުލުވެރިވެފައި ނެތުމަކީވެސް މިފަދަ ކަންކަމުން އަރައިގަންނަން ދަތިވާ ސަބަބެކެވެ. ކުދިކުދި ކޮންމެ މައްސަލައަކީ އަދި އެ މީހާ ކުށްވެރިކުރަންޖެހޭ ކަމެއް ނޫނެވެ. ކަންކަން ގޯސްވަމުން ދާނަމަ، އެ ވާހަކަތައް އެނާއާއި ހިއްސާކުރާށެވެ.

ހާއްސަކޮށް މައިންބަފައިންނާއި ދަރިންނާއި ދެމެދު ގިނަ މައްސަލަތައް ޖެހެނީ މައިންބަފައިންނާއި ދަރިން ރަނގަޅަށް މުއާމަލާތު ނުކުރެވޭތީއާއި ގިނަފަހަރު އެ ގުޅުން ކުޑަވުމުންކަމުގައި ބެލެވެއެވެ. އެހެންކަމުން ކުދިންނަށް އޮންނަ އިތުބާރު ރަނގަޅުކޮށް، އެކުދިންގެ ބައިވެރިވުމާއި ޚިޔާލާއިއެކު ކުދިންގެ ކަންކަން ރޭވުމާއި، ކުދިންގެ ވާހަކަތަކާއި ޝަކުވާތައްވެސް އަޑުއެހުމަކީ މުހިންމުކަމެކެވެ. އަދި ދަރިންގެ ކަންކަމުގައި މަންމައާއި ބައްޕަގެ ބައިވެރިވުންވެސް އިތުރުކޮށް، ކުދިންގެ ޒިންމާތައް އެއްވަރަކަށް ނެގުމަކީ މިކަމުގައި އެންމެ އެދެވޭ ގޮތެވެ.

ބެލެނިވެރިކަމުގެ ހުނަރު

ޕޭރެންޓިން ސްކިލްސްއަކީ ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމުގައި ވަރަށް ބޮޑު އެހީއެއްވެދޭނެ ކަމެކެވެ. އެހެންނަމަވެސް މިފަދަ ޕްރޮގްރާމްތަކުގެ ބައިވެރިވުން ކުޑައެވެ. ތުއްތުއިރު، ދަރިފުޅަށް ލޯބިން ގޮވާލާ، ބައްދާލާ ފިރުމާލަދެވޭ ފަދައިން ކުއްޖާ ބޮޑުވަމުންދާއިރުވެސް، އުމުރާއި ގުޅޭހެން ލޯބިވާކަން އަންގައިދިނުމަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ. މިފަދަ ގުޅުމެއް ކުއްޖާ ބޮޑުވަމުން އަންނައިރު މައިންބަފައިންނާއި ދެމެދު އުފެދިފައި ނެތުމަކީ، ކުދިން ފުރާވަރަށް އަރަމުން އަންނައިރު ދިމާވާ އެކިކަހަލަ މައްސަލަތައް ހައްލުކުރުމަށް އުނދަގޫވާ ސަބަބެކެވެ. މުޖްތަމައުގެ ހާލަތާއި ނުރައްކަލާއިހެދި ކުއްޖާ ބޭނުންވާ ހުރިހާކަމަކުން މަހްރޫމްކޮށްގެން ހިފެހެއްޓުމަކީ އެންމެ ބުއްދިވެރިކަމެއްނޫނެވެ. ގެއިން ބޭރާއި އެއްވަރަށް ކޮޓަރިތެރޭގައި އިނދެ ފޯނުން އެކުޅޭ އޮންލައިން ގޭމުތަކާއި، އިންޓަނެޓަކީވެސް ހަމައެހާމެ ނުރައްކާ ބޮޑު އެއްޗެކެވެ. އަބަދުވެސް ކިޔެވުމާއި، ނަތީޖާގެ ވާހަކަތަކަށް ސަމާލުކަން ދިނުމުގެ އިތުރަށް، ކުދިންވެސް ގަޔާވާފަދަ ވާހަކަތައް ދައްކާ، ކުދިންނަށް ތައުރީފުކޮށް ހިތްވަރުދިނުމަކީ ކުދިންނާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ ކުދިންގެ ކަންތައްތައް އިތުރަށް އޮޅުން ފިލާނެކަމެކެވެ.

ލަވްލެންގުއޭޖް

އަހަރެމެން ކޮންމެ މީހެއްވެސް ލޯބިވާނީ އަދި ލޯބިވާކަން ހާމަކޮށްދޭނީވެސް ތަފާތުކޮށެވެ. އަދި އެމީހަކު އެންމެ ހިތްގަޔާވާ ގޮތަކީ އެމީހެއްގެ ލަވް ލެންގުއޭޖްއެވެ. އާންމުގޮތެއްގައި ލަވް ލެންގުއޭޖް ބެހެނީ 5 ބަޔަކަށް ކަމަށް ލިޔުންތެރިޔާ ގެރީ ޗެޕްމޭން ފާހަގަކޮށް ފައި ވެއެވެ. މި ބައިތައް ތިރީގައިވާ ތަސްވީރުން ފެނިގެން އެދަނީއެވެ.

ވޯޑްސް އޮފް އެފަމޭޝަން: ތައުރީފުގެ ބަސްތަކާއި، ހިތްވަރު ދިނުމުގެ ގޮތުން އެކަކު އަނެކަކަށް ބުނެލާ ވާހަކަތަކާއި، ލިޔުން

ކޮލިޓީ ޓައިމް: އެކުގައި ހޭދަކުރާ ވަގުތު

ގިފްޓް ގިވިން: ހަދިޔާ ދިނުން

އެކްޓްސް އޮފް ސާރވިސް: ބައިވެރިޔާ ގަޔާވާނެ، އަދި ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން އަމިއްލަ އިސްނެގުމާއިއެކު ކުރާ ކަންކަން

ފިޒިކަލް ޓަޗް: ޖިސްމާނީ ގުޅުން

އެހެންކަމުން ތިމާގެ ބައިވެރިޔާ އާއި އެނޫން ވެސް ގާތް އާއިލާގެ މެންބަރުންނާއި އަދި ދަރިންގެ ލަވް ލެންގުއޭޖްވެސް ދެނެގަނެ އެއީ އޭނާ ތިމާދެކެ ލޯބިވާކަން ހާމަކޮށްދޭ ދިނުން ކަން ގަބޫލުކުރުމަކީ އެ ގުޅުމުގެ ކުރިމަގަށް ވަރަށް މުހިންމުކަމެކެވެ. ހަމައެޔާއެކު، ބައިވެރިޔާ ބޭނުންވާ ގޮތަށް ލޯބިވާކަން ހާމަކޮށްދިނުމަކީވެސް މުހިންމުކަމެކެވެ. މި ދެގޮތުގައި ބެލެންސްކުރުމަކީ ތިމާގެ އިންޓިމޭޓް ގުޅުންތައް ދުޅަހެޔޮކޮށް ދަމަހައްޓަން ވަރަށް މުހިންމުކަމެކެވެ.

-------

ނޯޓް: މި އާޓިކަލްއަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ޝާއިއު ކުރަމުންދާ ނޫސްމަޖައްލާ އެއްކަމުގައިވާ "ރިވިލި" ނޫސްމަޖައްލާގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހިމަނާފައިވާ އާޓިކަލް އެކެވެ.

ރިވިލި، މި މަޖައްލާއަކީ ދިވެހިރާއްޖޭގެ ގެވެށި އަނިޔާގެ މައްސަލަ އޮތް ހާލަތާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) އިން ގެވެށި އަނިޔާ ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ މަގްސަދުގައި، މި އޮތޯރިޓީން ކޮންމެ އަހަރަކު ނެރޭ މަޖައްލާއެކެވެ. މި ގޮތުން، މި މަޖައްލާގެ މި އަދަދުގައި އަލިއަޅުވާލާނީ ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓުކުރުމަށް އައިސްފައިވާ ބަދަލުތަކުން ފާހަގަވާ މުހިންމު ކަންކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox