ހުލާސާކޮށް އިއްޔެ: ޔާމީނުގެ ތައުރީފު މި ތިން ބޭފުޅުންނަށް!

ހުލާސާކޮށް އިއްޔެ: ޔާމީނުގެ ތައުރީފު މި ތިން ބޭފުޅުންނަށް!

އެ މަނިކުފާނު ޖަލުގައި އޮންނެވި މުއްދަތުގައި ޕީއެންސީ/ޕީޕީއެމްގައި މިހާރު ތިއްބެވި ބޭފުޅުންގެ ތެރެއިން އިހުލާސްތެރިކަމާއެކު މަސައްކަތް ކުރެއްވީ ހަމައެކަނި މިހާރުގެ ނައިބު ރައީސް، ހުސެއިން މުހައްމަދު ލަތީފާއި ލޯކަލް ގަވަމެންޓު މިނިސްޓަރު، އާދަމް ޝަރީފާއި މަހިމަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ކަމަށް ރޭ ރިޕޯޓުކުރި އެވެ.

ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ސުވާލެއް ކުރައްވަމުން ޔާމީން ވިދާޅުވީ ޖަލުގައި އޮންނެވި މުއްދަތުގައި އެ މަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ހަބަރުތައް ވަރަށް ރަނގަޅަށް ލިބިލައްވަމުންދިޔަ ކަމަށާއި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އިހުލާސްތެރި ހިތަކާއެކު ހަމައެކަނި މަސައްކަތް ކުރެއްވީ ތިން ބޭފުޅުން ކަމަށެވެ.

"މިހާރުގެ ވީޕީ ހުސެން މުހައްމަދު ލަތީފަކީ އަޅުގަނޑު ގަބޫލު ކުރާގޮތުން ވަރަށް އިހުލާސްތެރިކަމާއެކީ އަޅުގަނޑު ސަލާމަތް ކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް އިނގޭތޯ؟ ހަމަ އެގޮތަށް މަހިބަދޫ ދާއިރާގެ މެންބަރު ޓޮމް (އަހުމަދު ތޯރިގު) އަކީ އަޅުގަނޑު ސަލާމަތް ކުރަން ވަރަށް މަސައްކަތް ކުރި މީހެއް އިނގޭތޯ؟ އަޅުގަނޑު އެޔެއް ޑައުޓެއް ނުކުރަން އިނގޭތޯ؟، ތިންވަނަ ބޭފުޅަކީ ލޯކަލް ގަވަމެންޓު އޮތޯރިޓީ މިނިސްޓަރު އާދަމް ޝަރީފް، ހަމަ ވަރަށް އިހުލާސްތެރިކަމާ އެކީ މަސައްކަތް ކުރެއްވި ތިން ބޭފުޅުން މިއީ، އެހެން ބޭފުޅުންގެ ތެރޭގައި ދެން އެއީ ކޮސްމެޓިކް އިނގޭތޯ؟،" ޔާމީން ވިދާޅުވި އެވެ.

ޖަލުގައި އޮންނެވި މުއްދަތުގައި އެމަނިކުފާނުގެ ދިފާއުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ހަބަރުތައް ބަރާބަރަށް ލިބިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި ޔާމީން ވިދާޅުވީ މިއަދު އެ ބޭފުޅުންގެ ވިސްނުމަށާއި ފިކުރު ބަދަލުވެފައިވިޔަސް ހެޔޮ ހިތުން މަސައްކަތެއް ކޮށްދެއްވި ނަމަ އެ ބައެއްގެ މަސައްކަތް ބަލައިގަންނަން ޖެހޭނެ ކަމަށެވެ.

އެ ތިން ބޭފުޅުންނަށް ޔާމީނު ތައުރީފު ކުރެއްވިއިރު، ވެރިކަމުގެ އާރާއި ބާރު، ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަތުމުގެ ކުރީން އެ ތިން ބޭފުޅުން ފާހަގަވެގެން ދިޔައީ ޔާމީންއާ އެންމެ އަރިސް ބޭފުޅުންގެ ގޮތުގަ އެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ވެސް އެމަނިކުފާނާ ވަރަށް އަރިސް ބޭފުޅެކެވެ. އާދަމް ޝަރީފަކީ ޔާމީނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެއްވޭ ހާލަތުގައި ޕީއެންސީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕީއެންސީ ސެނެޓު ޕްރައިމަރީގައި ޔާމީނުގެ ތާއީދާއެކު ރައީސް މުއިއްޒުއާ ވާދަކުރެއްވި ބޭފުޅާ އެވެ. އަދި އޭނާ ޔާމީނުގެ ޑިފެންސް މިނިސްޓަރުކަން ވެސް އަދާކުރެއްވި އެވެ.

ޕީޕީއެމް/ޕީއެންސީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ތޯރިގު ފާހަގަ ކުރެވުނީ ރައީސް ޔާމީންގެ ބޭފުޅެއް ގޮތުގަ އެވެ.

މުހިއްމު ބައެެއް ޝަރުތު

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox