އަލަށް ހުޅުވާ "އެކްސް" އެކައުންޓްތަކުން ކުޑަ ފީއެއް ނެގުމަށް ކުންފުނީގެ ސީއީއޯ އިލޮން މަސްކް ނިންމައިފި އެވެ.
މަސްކު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ޕްލެޓްފޯމުގައި ބޮޓުންގެ މައްސަލަ ހައްލުކުރެވެން އޮތް ހައްލަކީ އަލަށް ރަޖިސްޓާކުރާ އެކައުންޓުތަކުން ކުޑަ ފީއެއް ނެގުން ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އެކްސް ބޭނުންކުރާ އާ ޔޫޒާސްތަކަށް ޕޯސްޓުކޮށް، ރިޕްލައިކޮށް، ލައިކްކޮށް އަދި ބުކްމާކް ކުރެވޭނީ ވެސް ފީ ދެއްކުމުންނެވެ.

ނަމަވެސް ނަގާނެ ފީއެއްގެ އަދަދާއި، އުސޫލެއް މިހާތަނަށް ރަސްމީކޮށް އެކްސްއިން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް އެކްސްގެ ހުރިހާ ޔޫޒާސްއެއް އަތުން ފީއެއް ނެގުމަށް ނިންމި އެވެ. ނަމަވެސް އެކަން ކުރުން ފަހުން ވަނީ ހުއްޓާލައިފަ އެވެ.










