ރައީސްގެ އަމުރާ ހިލާފަށް އެސްއޯ ފުލުހުން ހަރަކާތްތެރިވި މައްސަލައިގެ ތަހުގީގު ހިންގަން ދިން ސުންގަޑި ހަމަވެއްޖެ

Apr 10, 2024, 1:42 PM
ރައީސް މުއިއްޒު، ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރާއެކު: އަމުރު ކުރެއްވީ ރޭ އެސްއޯ ފުލުހުން ގިޔާސުއްދީން ސްކޫލަށް ދިޔަ މައްސަލަ ތަހުގީގު ކުރަން -- ފޮޓޯ: ޕޮލިސް

ރައީސް މުއިއްޒު، ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނަރާއެކު: އަމުރު ކުރެއްވީ ރޭ އެސްއޯ ފުލުހުން ގިޔާސުއްދީން ސްކޫލަށް ދިޔަ މައްސަލަ ތަހުގީގު ކުރަން -- ފޮޓޯ: ޕޮލިސް

އެމަނިކުފާނުގެ އެންގެވުމާ ހިލާފަށް ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޓީމަކުން ރަޔަޓް ގިޔަރުގައި ގޮސް ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާއަށް ހުރަސް އެޅި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހިންގަން އެންގެވި ތަހުގީގު ނިންމަން ދިން ސުންގަޑި ހަމަވެއްޖެ އެވެ.

ނަމަވެސް އެ މައްސަލައިގެ ތަހުގީގު ނިމުނުކަމެއް އަދި ނޭނގެ އެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން 5:30 ގެ ފަހުން މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސުންގަޑިއަށް ތަހުގީގު ނިމޭނެ ކަމަށެވެ. ނަމަވެސް ވަގުތު ހަމަވިފަހުން ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އެ މައްސަލައިގައި ރައީސް އޮފީސް އަދި ފުލުހުންގެ ޖަވާބެއް ވެސް އަދި ނުލިބެ އެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާނަށް ރައީސް މުއިއްޒު އެންގެވީ މިއަދުގެ އިރު އޮއްސުމުގެ ކުރިން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެމަނިކުފާނަށް ރިޕޯޓެއް އެރުވުމަށެވެ. މިއަދު އިރު އޮއްސުނީ 6:15 ގަ އެވެ.

"ދެން [އެ މައްސަލައިގައި] އަޅުގަނޑު ގުޅީ ސީޕީއަށް. އަޅުގަނޑު ދެންނެވިން ކީއްވެހޭ މިކަން މިވީ. އަޅުގަނޑު ކްލިއާ އިންސްޓްރަކްޝަން ދީފަ އޮތް ކަމެއްގަ. އަޅުގަނޑު ބޭނުމޭ މިކަން އިންވެސްޓިގޭޓް ކުރެވެން، ކާކު ކޮން ގޮތަކަށް ދިން އިރުޝާދަކަށް ކިހިނެއް ހިނގި ކަމެއްތޯ. ހޯމް މިނިސްޓަރަށް ވެސް އޮންނާނީ ދަންނަވާފަ މިރޭ އިރުއޮއްސުމުގެ ކުރިން އަޅުގަނޑަށް ލިބެންޖެހޭނެއޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް،" ރައީސް ވިދާޅުވި އެވެ.

ބައެއް މީޑީއާތަކާ ބައްދަލު ކުރައްވާ ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ޕީއެންއެފްގެ ޖަލްސާ ހުއްޓަން އެސްއޯ ފުލުހުން ރޭ ގިޔާސުއްދީން ސްކޫލަށް ދިޔައީ، އެމަނިކުފާނުގެ އަމުރަށް ނޫން ގޮތަށް އެސްއޯ ފުލުހުން އެއްވެސް ތަނަކަށް ނުފޮނުވަން ހޯމް މިނިސްޓަރު އިހުސާނަށް އަދި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއު އާއި ފުލުހުންގެ އިސް ވެރިންނަށް އަންގަވާފައި އޮއްވާ ކަމަށެވެ.

"ރޭގަ ހިނގި ކަންތަކުގަ އަޅުގަނޑު ވަރަށް ހިތާމަ ކުރަން. އަޅުގަނޑު ފުލުހުންނާ ބައްދަލު ކުރިން ވަރަށް ފަހުން. އެރޭ އެ ވާހަކަ ވެސް އަޅުގަނޑު ޖަލްސާގައި ވާނީ ދައްކާފަ. އެރޭ އަޅުގަނޑު ހުރިހާ ފުލުހުންނަށް ވެސް ދެންނެވިން އަދި އޭގެ ކުރިން ވެސް ސީޕީއަށް ވެސް އިސް ބޭފުޅުންނަށް ވެސް އަދި ހޯމް މިނިސްޓަރަށް ވެސް އަޅުގަނޑު ދީފައި އޮތް އިރުޝާދަކީ ސިޔާސީ އެއްވެސް ކަހަލަ އިންސްޓްރަކްޝަނެއް، ސިޔާސީ ގޮތުން އެއްވެސް މީހަކު ގޯނާއެއް ކުރާކަށް، އުނދަގުލެއް ކުރާކަށް، އަޅުގަނޑުގެ ފަރާތަކުން ނާންނާނެއޭ އެއްވެސް އިންސްޓްރަކްޝަނެއް. އަދި ސަރުކާރުގެ އެއްވެސް ލެވެލަކުން ނުދާނެއޭ ގޮސްފިއްޔާ އެއީ އަޅުގަނޑު ވެސް އެކަމަށް ފިޔަވަޅު އަޅާނެ ކަމެކޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މައްސަލައިގައި ފިކުރު ކުރެއްވޭތީ އެމަނިކުފާނު ރޭ ހުންނެވީ ހޭލައި ކަމަށެވެ. އަދި ނިދިކުރައްވާނީ ހޯމް މިނިސްޓްރީގެ ރިޕޯޓު ލިބުމުން ފިޔަވަޅު އެޅުއްވުމަށްފަހު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"... އެތައް ހިތާމަވެރިކަމެއް ހިނގި ބިކޯޒް އަޅުގަނޑު ބޭނުން ނުވި ކަމެއް އަނެއްކާ ކަނޑައެޅިގެން ނުކުރަން ބުނެފަ އޮތް ކަމެއް ކުރީމަ. އެހެންވީމާ އެކަމާ ހެދި އަޅުގަނޑު ހަގީގަތުގައި ވެސް ރޭގެ ނުވެސް ނިދުނު. އަދި މި ހުރީ ހަމަ އެކަމާ ވިސްނާ ވިސްނާ. އަޅުގަނޑަށް މި ރިޕޯޓު ލިބި މިކަމުގެ އަޑިއަށް ދެވި މިކަން ހައްލުވަންދެން އަޅުގަނޑަކަށް ހިއެއް ނުވޭ އަޅުގަނޑަށް ނިންޖެއް ލިބޭނެހެނެއް،" ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މަނާ ކުރައްވާފައި އޮތް ކަމެއް ފުލުހުން ކުރިއިރު، ޕޮލިސް ކޮމިޝަނަރާއި ހޯމް މިނިސްޓަރު ވެސް އެކަމުގެ ހަބަރު އެމަނިކުފާނަށް ނާރުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެސްއޯ ފުލުހުން ގިޔާސުއްދީން ސްކޫލަށް ދިޔަކަން އެނގުނީ ހަބަރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އިވެންޓު ނިމިގެން އަޅުގަނޑަށް މައުލޫމާތު ލިބުނީ އަދި ނޫހުން އަޅުގަނޑަށް ފޮޓޯ މި ފެނުނީ އެސްއޯ ފުލުހުން ގޮސްފަ އެތަނުގަ ބެރިކޭޑް ޖަހާ ދެން އެކި ކަންތައްތައް ހިންގި ތަން. އެއީ ވަރަށް ހިތާމަ ކުރާކަމެއް އަޅުގަނޑުގެ ވަރަށް ސާފު އިންސްޓްރަކްޝަން އޮތް ކަމެއްގައި އެހެން ދިޔައީމަ،" ރައީސް ވިދާޅުވި އެވެ.

ރައީސް އެހެން ވިދާޅުވި ނަމަވެސް ރޭ ގިޔާސުއްދީން ސްކޫލަސް ފުލުހުން ފޮނުވީ ސީދާ ރައީސް އަންގަވައިގެން ކަމަށް ޕީއެންއެފްގެ އިސް ވެރިން ބުނެ އެވެ. އެކަން އެނގިވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވަނީ "ޑެމޭޖް ކޮންޓްރޯލް" ކުރަން ކަމަށް ވެސް ޕީއެންއެފް އިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox