އެންޓި ޑިފެކްޝަން ބިލް ތަސްދީގު ކުރުން ލަސް ކުރަނީ މެންބަރުން ގަންނަން: ފަލާހް

އެންޓި ޑިފެކްޝަން ބިލް ތަސްދީގު ކުރުން ލަސް ކުރަނީ މެންބަރުން ގަންނަން: ފަލާހް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ އިސްތިއުފާ ދޭން ޖެހޭ ގޮތަށް ފާސްކުރި ބިލު ތަސްދީގުނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑުކުރައްވަނީ މެންބަރުން "ބައްލަވައިގަންނަވަން" ބޭނުންވާތީ ކަމަށް މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ތުހުމަތުކުރައްވައިފި އެވެ.

ފަލާހު ނިސްބަތްވާ އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި، ޑިމޮކްރެޓްސް މެންބަރުން ހިމެނޭ ގޮތަށް 33 މެންބަރުން ވޯޓުން އެ ބިލު ފާސްކުރީ މި މަހު 1، ގަ އެވެ.

ގާނޫނު އަސާސީގައި އޮންނަނީ ބިލެއް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި ތަސްދީގު ކުރުމާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވަން ޖެހޭނެ ކަމަށެވެ.

ގައުމުގައި ހިނގަމުންދާ ބޮޑެތި މައްސަލަތަކަށް ވާހަކަ ދެއްކުމުގެ މަގުސަދުގައި "އަދަދު" ނޫހުން ފެށި "ޑިބޭޓްސް" ޝޯގެ ފުރަތަމަ އެޕިސޯޑުގައި ބައިވެރިވެވަޑައިގެން ފަލާހު ވިދާޅުވީ އިންތިހާބުވާ ޕާޓީ ދޫކޮށްދިޔުމަކީ ރައްޔިތުންގެ އެ ކަމުގައި ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ.

ދެ ހަފުތާ ފަހުން އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ލިބުމުގެ އުންމީދު އެބަ އޮތް ކަމަށާއި، އެހެން ނަމަވެސް އެއާ އެކީ، އިންތިހާބުވާ ފަހުން ސަރުކާރުން އެ މެންބަރަކު "ގަނެގެން" ގެންދިޔުމުގެ ބިރު ވެސް އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރު އައި އިރު އަޅުގަނޑުމެންގެ ވެސް 60 އެއްހާ މެންބަރުން ތިބި، ދެން ހަމަ ކުއްލިއަކަށް އެއިން 13 ވަރަކަށް މެންބަރުން ސަރުކާރު ހިންގާ ޕީއެންސީއަށް ގޮސްފި، ހަމަ ރިޝްވަތުގެ ހުތުރު އަމަލު ހިންގައިގެން، އެ ނޫން ސަބަބެއް ނެތް، އަޅުގަނޑުމެންގެ ވަރަށް ދުވަސްވީ މެންބަރުން ވެސް ގޮސްފި،" ފަލާހު ވިދާޅުވި އެެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ އެމްޑީޕީން ނަވާރަވަނަ މަޖިލީހުގެ އިިންތިހާބުގެ ކެމްޕެއިނަށް ހުށަހެޅި ލެޖިސްލޭޓިވް އެޖެންޑާގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމެކެވެ. އެކަމަކު އެ ޕާޓީން ވެސް އެ ބިލު ހުށަހެޅީ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމެން ކުޑަ ދުވަސްކޮޅަކަށްވީ ފަހުންނެވެ.

މެމްބަރު ކަމުން ވަކިވާ ހާލަތްތައް ބަޔާންކޮށްފައި ވަނީ އެންޓި ޑިފެކްޝަން ބިލުގެ ތިންވަނަ މާއްދާގަ އެވެ. އެ މާއްދާގައިވާ ގޮތުން މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެ އެވެ.

ޕާޓީން ވަކިކޮށްފި ހާލަތެއްގައި ހަތް ދުވަހުގެ ތެރޭގައި މެމްބަރަކަށް އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ވެސް އެ ބިލުގައި އޮވެ އެވެ. އަދި, ކޯޓުން މެމްބަރަކާ ދެކޮޅަށް މައްސަލަ ނިންމައިފިނަމަ އީސީން މަޖިލީހަށް އެންގުމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް އެބަ އޮތެވެ.

ވަނީ ކޯޓަށް މައްސަލަ ހުށަނާޅާނަމަ އީސީން މަޖިލީހަށް އެންގުމުން މެމްބަރު އިސްތިއުފާ ދޭން ޖެހޭ ކަމަށް ވެސް ބިލުގައި އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox