119 ކިލޯގެ ޑްރަގް މައްސަލަ: ފުލުހުން ބުނީ އެންމެންގެ މައްޗަށް ކުށް ސާބިތުކުރެވޭނެ ހެކި އެބަހުރި

119 ކިލޯގެ މައްސަލާގައި ދައުވާކުރި ތިން މީހުން: ކުށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެކަކުގެ މައްޗަށް

119 ކިލޯގެ މައްސަލާގައި ދައުވާކުރި ތިން މީހުން: ކުށް ސާބިތުވި ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެކަކުގެ މައްޗަށް

މީގެ ދެ އަހަރު ކުރިން ފުލުހުން ހިންގި ހާއްސަ ޑްރަގު އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާކުރި ހަތަރު މީހުންގެ މައްޗަށް ވެސް ކުށް ސާބިތުކުރެވޭނެ ވަރުގެ ހެކި ހުރި ކަމަށާއި، އެވަރުގެ މަސައްކަތެއް ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މައްސަލައިގައި ކުށް ސާބިތުވީ ދައުވާކުރި މީހުންގެ ތެރެއިން ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރަށް އެކަންޏެވެ. އަދި ޒުބައިރުގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއްގެ އިތުރަށް 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން މިދިޔަ މާޗު 21، ގައި ކްރިމިނިލަ ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ނިންމީ ދެން ދައުވާކުރި، ގދ. ހޯނޑެއްދޫ އިރމަތީގެ، އަހުމަދު ސުނައިނު އަދި، ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މަސްތުވާތަކެތި އަތުލައިގަތް ދުވަހުގެ ހަވީރު މި މައްސަލައިގައި ދެން ތުހުމަތު ކުރެވޭ ގދ. ހޯނޑެއްދޫ ދޯދި، މުހައްމަދު އަކްރަމް އަބްދުލް ހަންނާން ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތުދެއްވަމުން ޗީފް ސުޕަރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވަނީ، ޑިސެމްބަރު 12، 2021 އަދި ޑިސެމްބަރު 14، 2021 ގައި މާލެ ސަރަހައްދުން އަތުލައިގަތް 119 ކިލޯގެ ޑްރަގް މައްސަލައިގައި ޝާމިލުވާ ހަތަރު މީހުންގެ މައްޗަށް ވެސް ކުށް ސާބިތުކުރެވޭނެ މިންވަރަށް ފުލުހުންގެ ތަހުގީގުން ހެކި ހޯދާފައިވާކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މި ކޭސްގަ މީގެ ތެރޭގަ ހިމެނޭ ހަތަރު މީހުންނަށް ވެސް އެއީ ރާއްޖެއިން ފުރައިގެން ގޮސްފައިވާ ފަރާތް ވެސް ހިމެނޭހެން، އަދި މީގަ ހިމެނޭ އަހުމަދު ސުނެއިހު އަދި އަހުމަދު މުޖާހިދުގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރުގެ މަސައްކަތެއް ތަހުގީގަށް ކުރެވިފަވާކަމަށް،" ޗީފް ސުޕަރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު މިއަދު ވިދާޅުވި އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ މި މައްސައިލައިގައި ހިމެނޭ ހަތަރު މީހުން 119 ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، މާލޭގައި ރައްކާކުރުމަށްޓަކައި ކުރި މަސައްކަތް ދެނެގަތުމަށް ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ސީސީޓީވީ ފުޓޭޖް އަދި ފޮޓޯތައް ހިމެނޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ވެސް ދައްކައިފަ އެވެ.

ކަނޑުގެ މަގުން ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތި މާލެ ގެނައުމަށް ލޯންޗެއްގައި ދަތުރުކުރީ އަލީ ޒުބެއިރު އަދި އަކްރަމް އަބްދުލް ހަންނާން އެވެ. އަދި އެ ތަކެތި ރައްކާކޮށް ފޮރުވުމުގައި ހަތަރު މީހުން ވެސް ބައިވެރިވެފައިވާކަން ވީޑިއޯއިން ހާމަވެ އެވެ.

"މި ކަންތައްތަކުން ތަހުގީގަށް ބެލެވެނީ މީ ހަތަރު ފަރާތުން ގުޅިގެން އެތެރެކޮށްފަވާ މަސްތުވާތަކެތި ކަމަށް،" ވީޑިއޯއަށް ރިއާޔަތްކޮށް މި މައްސަލައިގެ ކޭސް އައިއޯ ސަބް އިންސްޕެކްޓާ މަމްދޫހު ހަސަން ވިދާޅުވި އެވެ.

ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދުގެ މައްޗަށް ކުށް ސާބިތުކުރުމަށް އޭނާ ދުއްވި ކާރުން ފެނުނު އޭނާގެ ދަރުފުޅުގެ ސިއްހީ ލިޔެކިޔުންތަކަށް ކޯޓުން ބުރަދަނެއް ދީފައިނުވާކަމަށް ވެސް ފުލުހުން ފާހަގަކުރި އެވެ.

މީގެ އިތުރުން ތަހުގީގީ ބޭނުމަށް މި މައްސަލައިގައި ޝާމިލުވާ މީހުންގެ ފޯނުތައް ބެލުމަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން އަމުރު ނުދިންކަން ޝާކިރު ފާހަގަކުރެއްވި އެވެ. އަދި ތަހުގީގަށް ލިބުނު މުއްދަތުގެ ތެރޭގައި ޑީއެންއޭގެ ނަތީޖާ ނުލިބޭކަމަށް ވިދާޅުވި އެވެ.

ޗީފް ސުޕަރިޓެންޑެންޓް ޝާކިރު އިތުރަށް ވިދާޅުވީ މި މައްސަލަ ހައިކޯޓުގައި އެޕީލްކުރެވޭނެ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގާއި ގުޅޭ އިންޓާނަލް އޮޑިޓެއް ހެދުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށެވެ،

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox