ފޭސް ދޭއްގައި ޖެހި ފުލުހުންގެ ޗެކްޕޯސްޓެއްގައި ހިނގި ކަންކަމާ ގުޅިގެން އެތެރޭގެ ތަހުގީގެއް

Mar 26, 2024, 6:02 PM
މާލޭގައި މީގެކުރިން ޖެހި ފުލުހުންގެ ޗެކްޕޯސްޓެއް. ދޭތެރެ ދޭތެރެއިން މިފަދަ ތަންތަނުން ފިލަން މީހުން މަސައްކަތް ކުރޭ --- ފޮޓޯ: އަދަދު ފައިލް

މާލޭގައި މީގެކުރިން ޖެހި ފުލުހުންގެ ޗެކްޕޯސްޓެއް. ދޭތެރެ ދޭތެރެއިން މިފަދަ ތަންތަނުން ފިލަން މީހުން މަސައްކަތް ކުރޭ --- ފޮޓޯ: އަދަދު ފައިލް

ހުޅުމާލޭ ފޭސް ދޭއްގައި ފުލުހުން ޖެހި ޗެކްޕޯސްޓެއްގައި ހިނގި ކަންކަމާ ގުޅޭގޮތުން އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަން ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަކުރެއްވީ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން އެވެ. ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާއާ ގުޅިގެން އެކި ތުހުމަތުތައް ފުލުހުންނަށް އަމާޒުވެފައި ވަނިކޮށް އެ ހާދިސާގެ ސީސީޓީވީ ފުޓޭޖު ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

"މިއީ ހުޅުމާލެ ފޭސް 2 ގައި ގާއިމުކޮށްފައި ހުރި ވެހިކަލް ޗެކް ޕޮއިންޓަކާއި އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގައިން ނައްޓާ ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއް. ސައިކަލްދުއްވާފައިވަނީ ލައިސަންސް ނެތް ފަރާތެއް އަދި ހުޅުމާލެ ހޮސްޕިޓަލުން އަނިޔާވިފަރާތްތަކަށް ފަރުވާ ރޭގައި ދެވުނު," އެކަމާ ގުޅިގެން ފުލުހުންގެ ބަހަކީ މިއީ އެވެ.

Advertisement

އެ ވީޑިއޯއިން ފެންނަ ގޮތުގައި މަގުގެ އެއްފަރާތުގައި ޖަހާފައި ހުރި ޓްރެފިކް ޗެކްޕޯސްޓުގައި ހުރި ފުލުހަކު ސައިކަލަކަށް މަޑުކުރަން އެންގުމުން ޗެކްޕޯސްޓުން ނައްޓާފައި ކުރިއަށްދެ އެވެ. އަދި, އެ ފުލުސް މީހާ ކައިރިން ސައިކަލު ނައްޓާލާ ވަގުތު އަތުގައި އޮތް އެއްޗެއް ސައިކަލު ފަހަތުގައި އިން އަންހެން މީހާގެ ފުރަގަހަށް ވާ ގޮތަށް ހޫރާލާ މަންޒަރު ފެނެ އެވެ.

އޭގެ ފަހުން ފެންނަނީ ސައިކަލު ކަހާލައިގެން ދެ މީހުންނާ އެކު ވެއްޓޭ މަންޒަރެވެ. ނަމަވެސް, އެ ސައިކަލު ވެއްޓެން މެދުވެރިވީ ފުލުސް މީހާ ހޫރާލި އެއްޗެއްގެ ސަބަބުން ކަމެއް ވީޑިއޯއިން ސާފެއް ނުވެ އެވެ.

އެއާއެކު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ސައިކަލު ފަހަތުގައި އިން އަންހެން ކުއްޖާއަށް ފުލުހުން ހަމަލާދީ ވައްޓާލި ކަމަށް ބުނެފަ އެވެ. އެކަމާ ގުޅިގެން ހުޅުމާލޭގައި ހުންނަ ފުލުސް ސްޓޭޝަން ކައިރިއަށް ބަޔަކު ރޭ އެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox