އިންޑިއާގެ އިދިކޮޅު ލީޑަރު އަދި ދިއްލީގެ ޗީފް މިނިސްޓާ އަރްވިންދު ކެޖްރިވާލް ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
އިންޑިއާގެ ފައިނޭންޝަލް ކްރައިމް އެޖެންސީން ކެޖްރިވާލް ހައްޔަރުކޮށްފައި ވަނީ ދިއްލީގެ ލިކާ ޕޮލިސީއާ ގުޅޭ ކޮރަޕްޝަންގެ ތުހުމަތެއްގައި ކަމަށް އޭނާގެ އާމް އާދްމީ ޕާޓީން ބުނެ އެވެ.
ކެޖްރިވާލްގެ އިތުރުން އޭނާގެ ދެ ޑެޕިއުޓީންވެސް މި މައްސަލާގައި ވަނީ ހައްޔަރުކޮށްފަ އެވެ.
ކެޖްރިވާލް ހައްޔަރު ކުރުމާ ގުޅިގެން ދިއްލީގެ ފިނޭންސް މިނިސްޓަރު އަޓިޝީ ސިންގް ވިދާޅުވީ، ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، ކެޖްރިވާލްގެ މައްސަލައާ ގުލިގެން އަޑުއެހުމެއް ބޭއްވުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށެވެ.
ކެޖްރިވާލް ހައްޔަރު ކޮށްފައި ވަނީ ސިޔާސީ ބޭނުމަށް ކަމަށާއި، މަގްސަދަކީ އިންތިހާބުގައި އޭނާއަށް ވާދަ ނުކުރެވޭ ގޮތް ހެދުން ކަމަށްވެސް އަޓިޝީ ސިންގް ވިދާޅުވި އެވެ.

އިންޑިއާގެ އާންމު އިންތިހާބާ ގުޅިގެން އެ ގައުމުގައި ޕާޓީތަކަށް އަމާޒުކޮށް ގިނަ ކަންކަން ކުރަމުން އަންނައިރު، އެ ގައުމުގެ ކޮމިއުނިސްޓު ޕާޓީގެ އެކައުންޓުތައްވެސް ވަނީ ފްރީޒްކޮށްފަ އެވެ.
އެގޮތުން އިންޑިއާގައި އޭޕްރިލް 19، ގައި ފަށާ އެ ގައުމުގެ އާންމު އިންތިހާބާ ގުޅިގެން މިހާރުއްސުރެ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދާ، އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލަމުންނެވެ.













