ދުނިޔޭގެ އެންމެ މޮޅު 10 ކޮފީގެ ލިސްޓަށް މެލޭޝިއާގެ އީޕޯ ވައިޓް ކޮފީ އަރައިފި އެވެ.
ދުނިޔޭގެ އެންމެ މޮޅު 10 ކޮފީގެ ލިސްޓުގައި އީޕޯ ވައިޓް ކޮފީ ހިމެނުނީ ޓޭސްޓްއެޓްލަސްގެ ކަލިނަރީ ޓްރެވެލް ގައިޑް ޕޯޓަލްގެ ދުނިޔޭގެ އެންމެ މޮޅު 39 ކޮފީގެ ތެރެއިންނެވެ.
އީޕޯ ވައިޓް ކޮފީ ދުނިޔޭގެ އެންމެ މޮޅު 10 ކޮފީގެ ލިސްޓުން ޖާގަ ހޯދީ ވިއެޓްނާމުގެ ކޮފީ، އެސްޕްރެސޯ އަދި ޑެލްގޮނާ ފަހަތަށް ޖައްސާލުމަށްފަހު އެވެ.
ވައިޓް ކޮފީގެ ތާރީހާއި އޭގެ އަސްލު ފެށުނީ 1800 ގެ އަހަރުތަކާ ހަމައިންނެވެ. މެލޭޝިއާގެ ޕެރަކް ސްޓޭޓުގައި ބިމު އަޑިން މައުދަން ނެގުމުގެ ވިޔަފާރި ފުޅާވިއިރު، އެ ސްޓޭޓުގެ އީޕޯގެ މުސްކުޅި ސިޓީގައި ހައިނާނީން ވަޒަންވެރިވި އެވެ.
އެ ހިޖުރަވެރިން، ހުޅަނގުގެ ކޮފީ ރަހަތަކަށް ދިޔުމުގެ ބަދަލުގައި އަމިއްލަވަންތަ ކޮފީގެ އުފެއްދުމެއް ތައްޔާރު ކުރަން ފެށި އެވެ. ކޮފީ ބީން ދެވުމުގެ އުކުޅުތައް ބަދަލުކުރަމުން، ހޯދަމުން ދިޔަ އެ ތަޖުރިބާގެ ނަތީޖާއަކީ މިހާރު މި ބޭނުންކުރާ ވައިޓް ކޮފީ އެވެ.


ބީއެޗްއެމްއިން ލިބެން ހުންނަ އޯލްޑް ޓައުން ވައިޓް ކޮފީ -- ފޮޓޯ: އަދަދު
އެ ކޮފީއަކީ، މިހާރު މެލޭޝިއާ އަދި ބައެއް އެހެން ގައުމުތަކުގައި މަގުބޫލު، އޯލްޑް ޓައުން ވައިޓު ކޮފީގެ އަސްލެވެ. އޯލްޑު ޓައުންގެ ރެސިޕީގައި ހުންނަ އަޖައިބެއް ފަދަ ރަހަ ނެރެފައި ވަނީ ތިން ކޮފީ ބީނެއް އޮއްކޮށްގެންނެވެ. އެއީ އަރަބިކާ، ރޮބަސްޓާ އަދި ލައިބެރިކާ ބީން އެވެ.
މި ކޮފީ ރޯސްޓުކުރުމުގައި އީޖާދުކުރި މިންގަނޑުތަކާއެކު އާދަޔާ ހިލާފު މީރު ރަހައެއް އުފެއްދި އެވެ. ގިނަ ބަޔަކަށް އެ ރަހަ ވަނީ މިއަދު ކަމު ގޮސްފަ އެެވެ. އަދި މިހާތަނަށް ވެސް ރަހައަށް ބަދަލެއް ނާދެ އެވެ. މި ބްރޭންޑުގެ ޕެކެޓެއްގައި ހިމެނެނީ ކުދި 15 ޕެކެޓެވެ.
ރާއްޖޭގެ ބީއެޗްއެމްއިން އޯލްޑު ޓައުން ވައިޓް ކޮފީގެ ހަ ވައްތަރެއްގެ ތްރީ އިން ވަން ކޮފީ ޕެކެޓު ވިއްކަ އެވެ. އެއީ ގިނަ ބަޔަކަށް ކަމުދާ އަދި އޯލްޑް ޓައުންގެ އެންމެ ފުރަތަމަ އެއް އުފެއްދުން ކަމުގައިވާ ހެޒްލްނަޓް ވައިޓް ކޮފީގެ އިތުރުން، ކޭން ޝުގާ ވައިޓް ކޮފީ، ކްލެސިކް ވައިޓް ކޮފީ، ލެސް ޝުގާ ވައިޓް ކޮފީ، އެކްސްޓްރާ ރިޗް ވައިޓް ކޮފީ އަދި ކޮފީ އެންޑް ކްރީމާ ކޮފީ އެވެ.












