އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އާ ވެބްސައިޓު ލޯންޗުކޮށްފި އެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަންގެ އާ ވެބްސައިޓު ލޯންޗުކޮށްފައި ވަނީ ބަދަލުތަކަކާއެކު، އަދި ބޭނުންކުރަން ފަސޭހަ ގޮތަކަށެވެ.
"ޔޫޒާ ފްރެންޑްލީ އާ ވެބްސައިޓުން އަޕްޑޭޓެޑް މައުލޫމާތު ލިބޭނެ" ފުއާދު ވިދާޅުވި އެވެ.
އީސީގެ ސެކްރެޓަރީ ޖެނެރަލް އަދި ތަރުޖަމާން ހަސަން ޒަކަރިއްޔާ "އަދަދު" އަށް ވިދާޅުވީ އާ ވެބްސައިޓުން މައުލޫމާތު ފަސޭހައިން ހޯދުމުގެ އިތުރުން އިންތިހާބުތަކުގެ ބައިތައް ވަކިން ބެލޭނެ ކަމަށެވެ. އާ ވެބްސައިޓުގައި، އިލެކްޝަން ކޮމިޝަނަރަކު ހުންނެވިއިރު ބޭއްވި ބައެއް އިންތިހާބުތަކުގެ ފޮޓޯ އާއި، މި ފަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެންޑިޑޭޓުންނާއި ކުރީގެ އިންތިހާބުގެ ނަތީޖާތައް ވެސް އެބަ ހުއްޓެވެ.
އީސީން އަންނަނީ އެ ކޮމިޝަންގެ ހިދުމަތްތައް ޑިޖިޓަލްކޮށް، ވެބްސައިޓު މެދުވެރިކޮށް ފަސޭޭހައިން ހިދުމަތްތައް ލިބޭނެ ގޮތަށް މަގުފަހި ކުރަމުންނެވެ.













