ސިޔާސީ ޕާޓީތަކަށް ބަޖެޓުން ފައިސާ ދިނުން ހުއްޓާލަން ހަބީބު ގޮވާލައްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބުރައީސް އިސްމާއިލް ހަބީބު: އޭނާ އެ ކޮމިޝަނުން ވަކިވީ 21 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު  -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބުރައީސް އިސްމާއިލް ހަބީބު: އޭނާ އެ ކޮމިޝަނުން ވަކިވީ 21 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު

ހުރިހާ ވެސް މައްސަލައަކީ ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ކަމަށް ވިދާޅުވެ އެކަން ހުއްޓާލަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ނައިބުރައީސް އިސްމާއިލް ހަބީބު ގޮވާލައްވައިފި އެވެ.

މިހާރު "އަދަދު" އިން ގެނެސްދޭ "އެއްޗެއްކަޅެއް" ޕްރޮގްރާމުގައި ހަބީބު މިހެން ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ އެ ޕާޓީއެއްގައި ތިބޭ މެމްބަރުންގެ އަދަދަށް ބަލައިފަ އެވެ. އެގޮތުން ފައިސާ ދޫކުރަމުން އަންނަނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެ ޕާޓީއެއްގައި މެމްބަރުން ތިބޭ އަދަދަށެވެ.

މި މައްސަލައިގައި އޭނާ ދެކެވަޑައިގަންނަވާ ގޮތް ހިއްސާކުރައްވަމުން ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރެއް އޮންނަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި މިހެން ފައިސާ ދިނުމުގެ ބަދަލުގައި ސިޔާސީ ޕާޓީތަކުން އެހެން ގޮތްގޮތުން ފައިސާ ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެގޮތުން ޕްރޮޖެކްޓު ހިންގައި، ބޭރުގެ އެހީ ހޯދައިގެން ވެސް ޕާޓީތައް ހިންގޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ބޮޑު ސަކަރާތެއްކަހަލަ ކަމެއް. އިންތިހާބެއް އޮންނަ އިރު މިލިއަނުން ހަރަދުކުރާއިރު ޕާޓީތަކުގައި ނުހުރޭ އެހާ ފައިސާއެއް. ފައިސާ ނުދޭ ޕާޓީގެ ކެންޑިޑޭޓު ވެސް އިންތިހާބަށް ބޮޑެތި ހަރަދުކުރާތަން ވެސް ފެނޭ" ހަބީބު ވިދާޅުވި އެވެ.

އޭގެ އިތުރުން ހަބީބު ވިދާޅުވީ ރާއްޖޭގައި އިންތިހާބުގެ ކުރިން ހިނގާ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިހާބަކަށް ގޮވާލުމުގެ ކުރިން އަދި އިންތިހާބަށް ގޮވާލުމަށްފަހު އެ އޮންނަ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ކަންކަން އަބަދުވެސް ހިނގާ ކަމަށާއި އެކަން ބަދަލުވާން ޖެހޭ ކަމަށެވެ. އަދި މިކަން ބޭރުގެ އޮބްޒާވަރުން ހަދާފައި ހުންނަ ރިޕޯޓުތަކާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހެދި ދިރާސާއެއްގައި ވެސް ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަތައް ހުރި ނަމަވެސް ހަބީބު ވިދާޅުވީ ރާއްޖޭގައި ވޯޓުގެ ކަންކަން ހިނގަމުންދަނީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ނިޒާމަކުން ކަމަށާއި، ރާއްޖޭގައި އޮންނަ ހާމަކަން ބޮޑު ނިޒާމެއް ދުނިޔޭގެ އެހެން ގިނަ ގައުމުތަކުގައި ނޯންނަ ކަމަށެވެ. އަދި ބައެއް ބަދަލުތަކާ އެކީ މިހާރަށް ވުރެ ވެސް އިންތިހާބުތަކުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ބޭއްވޭ އިންތިހާބުތަކަކީ ވަރަށް ފެންވަރުގައި ބޭއްވޭ އިންތިހާބުތަކެއް. ގާނޫނުތައް އެބަ ޖެހޭ ބަދަލުވާން. ޑިޖިޓަލްކޮށް ކަންކަން ނުކުރެވެނީ ގާނޫނުގައި އޮންނަ ގޮތަށް ބައެއް ފަހަރު ކަންކަން ކުރަން ޖެހޭތީ. އިންތިހާބީ ނިޒާމަށް ވެސް ބަދަލުތައް ގެންނަން ޖެހޭ" ހަބީބު ވިދާޅުވި އެވެ.

އީސީގައި 21 އަހަރު ހިދުމަތް ކުރެއްވުމަށްފަހު ދައުރު ހަމަވުމުން އަންގާރަ ދުވަހު ކޮމިޝަނުން ވަކިވެވަޑައިގެންނެވި ހަބީބު ވިދާޅުވީ ފާއިތުވި 21 އަހަރު އީސީގައި މަސައްކަތްކުރެއްވީ ނަޒާހަތްތެރިކަމާއެކުކަން ވަރަށް ފޮނިކޮށް ބުނެވޭނެ ކަމަށެވެ. އެގޮތުން ހަބީބު ވިދާޅުވީ ސިޔާސީ މީހުންނާއި މަޖިލިސް މެމްބަރުންނާ އޮތީ އެއް ފެންވަރެއްގެ ގުޅުމެއް ކަމަށާއި، އެ މުއްދަތުގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ވެސް ހިމެނިފައި ނުވާނެ ކަމަށެވެ.

ކުރިމަގާ ގުޅޭގޮތުން ހަބީބު ވިދާޅުވީ ޕޯޑިއަމްތަކަށް އަރައި މީހުންނަށް އެއްޗެހި ކިޔާކަހަލަ ވަޒީފާއަކަށް ގޮސްދާނެ ކަމަށް ހިތް ނުބުނާ ކަމަށާއި، އީސީގެ ނަޒާހަތްތެރިކަން އަދި އަމިއްލަ މީހާގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ވަޒީފާއަކަށް ނުދާނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިންތިހާބުތައް ހިނގައިދިޔަ ގޮތުގެ ދިރާސާއެއް ހަދަން މިހާރު ފަށްޓަވާފައިވާ ކަމަށާއި، އެކަން ފުރިހަމަ ކުރުމަށް މިހާރު އަޒުމް ކަނޑައަޅައިގެން ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox