ތުރުކީއިން ގެނައި ޑްރޯންތައް އުދުއްސަން ފަށައިފި

މާފަރުގައި ޑްރޯންތައް އުދުއްސަނީ: ޑްރޯންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރޭ -- ފޮޓޯ: ވީޑިއޯ ކެޕްޗާ

މާފަރުގައި ޑްރޯންތައް އުދުއްސަނީ: ޑްރޯންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ހާމައެއް ނުކުރޭ -- ފޮޓޯ: ވީޑިއޯ ކެޕްޗާ

ތުރުކީއާއެކު ހެދި އެއްބަސްވުމެއްގެ ދަށުން ޑިފެންސް މިނިސްޓްރީން ގަތް ޑްރޯންތައް އުދުއްސާ މަންޒަރުގެ ވީޑިއޯއެއް މިއަދު އާންމުވެއްޖެ އެވެ.

އޭވިއޭޓާސް މޯލްޑިވްސް އިން އާންމު ކުރި ވީޑިއޯއިން ފެންނަނީ ބައިރަކުތާރު ޓީބީ-2 މަރުކާގެ ޑްރޯނެއް އުދުއްސާ މަންޒަރެވެ. ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސްއިން ބުނީ ޑްރޯން އުދުއްސީ މާފަރުގައި ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން ތުރުކީ ޑްރޯންތަކެއް ގެނައީ މިދިހަ ހަފުތާގަ އެވެ. އެ ޑްރޯންތައް ވަގުތީ ގޮތުން ސްޓޭޝަން ކޮށްފައި އޮތީ މާފަރު އެއާޕޯޓުގަ އެވެ. ނަމަވެސް ފަހުން ހދ. ހަނިމާދޫއަށް ޑްރޯންތައް ގެންދާނެ ކަމަށްވެ އެވެ.

ޑްރޯންތައް ގަރާޖު ކުރުމަށް އަދި އޭގެ އޮޕަރޭޝަންތައް ހިންގުމަށް މާފަރު އެއާޕޯޓުގެ ހޭންގަރު ވަނީ އެމްއެންޑީއެފްއަށް މިހާރު ދީފަ އެވެ. އެނގިފައިވާ ގޮތުގައި ހޭންގަރު ދީފައި ވަނީ އަންނަ އޯގަސްޓު މަހުގެ ނިޔަލަށެވެ.

ބައިރަކުތާރު ޓީބީ-2 އަކީ ސަވައިލެންސް މިޝަންތަަކަށް ބޭނުން ކުރާ ޑްރޯންއެކެވެ. ނަމަވެސް ހަތިޔާރު ހަރުކޮށްގެން އާމްޑް މިޝަންއެއް ހިންގުމުގެ ގާބިލުކަން ވެސް ޑްރޯންއަށް ލިބިފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރަން މަސައްކަތް ކުރަމުންދާކަން ބުނުން ފިޔަވައި، ޑްރޯންތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. ޑްރޯންތައް އޮޕަރޭޓު ކުރުމުގެ

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox