ހަބީބުގެ ދައުރު ހަމަވުމުން އީސީގެ ނައިބު ރައީސަކަށް ނަޝާތު

އީސީގެ މެމްބަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު އިގުރާރުގައި ނަޝާތު ސޮއިކުރައްވަނީ.

އީސީގެ މެމްބަރު ކަމުގެ ހުވާ ކުރެއްވުމަށް ފަހު އިގުރާރުގައި ނަޝާތު ސޮއިކުރައްވަނީ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ކަމުގައި ހުންނެވި އިސްމާއިލް ހަބީބުގެ ދައުރު ހަމަވުމުން, އެ މަގާމަށް އެ ކޮމިޝަނުގެ މެމްބަރު އަލީ ނަޝާތު އައްޔަނުކުރަން މިއަދު ބޭއްވި އެ ކޮމިޝަނުގެ އާންމު ޖަލްސާގައި ނިންމައިފި އެވެ.

އީސީގެ އާ ނައިބު ރައީސަށް މަރުހަބާ ދަންނަވައި ހަބީބު ވިދާޅުވި ގޮތުގައި ނަޝާތަކީ އިންތިހާބުތައް ޒަމާނީ ފެންވަރަށް ގެންގޮސް, ޑިޖިޓަލައިޒް ނިޒާމަކަށް އީސީގެ ހިދުމަތްތައް ބަދަލުކޮށް, ހުރިހާ ފަރާތްތަކަށް ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ފަންނުވެރި ކަމާއި ގާބިލްކަން ހުރި ނައިބު ރައީސެކެވެ.

ހަބީބުގެ ދައުރު ހަމަވިއިރު, އޭނާއަކީ އީސީގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދޭން ކަނޑައަޅާފައިވާ މެމްބަރުވެސް މެ އެވެ. އެހެންކަމުން, މިއަދު ބޭއްވި ޖަލްސާގައި އީސީން ވަނީ, އެ ކޮމިޝަނުގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދޭން, ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ހަމަޖައްސާފަ އެވެ.

ނަޝާތު އެންމެ ފުރަތަމަ އީސީއަށް އައްޔަންކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖުލައި 25، 2018 ގައެވެ. ދެވަނަ ދައުރަަކަށް އޭނާ އެ މަގާމަށް އައްޔަނުކުރީ ނޮވެމްބަރު 16, 2023 ގަ އެވެ.

އީސީގެ މެންބަރުންގެ ތެރެއިން ދެން އެންމެ އަވަހަށް ހަމަވާނީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ ދައުރެވެ. އޭނާ މެމްބަރު ކަމަށް އައްޔަނު ކުރީ ނޮވެމްބަރު 24، 2019 ގަ އެވެ. އާސިފް އައްޔަނު ކުރީ ސެޕްޓެމްބަރު 6، 2021، ގަ އެވެ. ޑރ. ޒާހިރު ފެބްރުއަރީ 21، 2021 ގައި މަގާމަށް އައްޔަނު ކުރިއިރު ދެ ވަނަ ދައުރަކަށް ނަޝާތު އައްޔަނު ކުރީ ނޮވެމްބަރު 16، 2023 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox