ފިޔަގަނޑު ބިންދައިގެން ދިޔަ "މާކޭ" ސާޖަރީއަކަށް ފަހު ސަލާމަތްކޮށްފި

މާކޭ -- ފޮޓޯ: މިނިސްޓްރީ

މާކޭ -- ފޮޓޯ: މިނިސްޓްރީ

ފިޔަގަނޑު ބިންދައިގެން ގޮސްފައިން މާކަނާއެއް ސަލާމަތްކޮށް، ފަރުވާދިނުމަށް ސާޖަރީއެއް ކޮށްފި އެވެ.

ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ރަސްފަންނުން ފިޔަގަނޑު ބިންދައިގެން ގޮސްފައިން މާކަނާއެއް ފެނިފައިވާ ކަމަށެވެ. އަދި އެ މާކަނާ ސަލާމަތްކޮށް ފަރުވާދީ ރައްކާތެރިކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކޮށްފައިވާކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ވުޒާރާއިން ބުނީ އެ މާކަނާ ސަލާމަތްކުރީ ޖަނަވާރުންނަށް ލޯބިކުރާ, ޖަނަވާރުންނަށް އެހީތެރިވުމުގެ ގޮތުން ވޮލެންޓިއަރ ކުރާ ދެމަފިރިއެއް ކަމަށެވެ. އަދި އެ ދެމެފިރިންނާއި ރާއްޖޭގައި އަލަށް އުފެއްދި ޖަމިއްޔާއެއް ކަމަށްވާ ވެލްފެއާ ފޯ އައިލެންޑް ކެޓްސްއާ ގުޅިގެން ވަގުތުން އެ މާކަނަލަށް ފަރުވާ ދިނުމަށް މަސައްކަތް ފެށި ކަމަށް ބުނެފައިވެ އެވެ.

ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވަނީ އެ މާކަނާއަށް "މާކޭ" ގެ ނަމުން ނަން ދީފަ އެވެ.

މާކޭ ފެނުންއިރު މާކޭގެ ފިޔަގަނޑު އޮތީ ވަރަށް ބޮޑަށް ބިންދައިގެން ގޮސް ވެލި ވަދެ އިންފެކްޓްވެފަ އެވެ. މާކޭގެ ދެފިޔަވެސް ކޮށާފައި ހުރުމުގެ ސަބަބުން ވަރަށް ބޮޑަށް އެހީތެރިކަން ބޭނުންވެފައި ހުރި ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

އެގޮތުން އެއް މަސް ދުވަހުގެ މުއްދަތަކަށް އޮއޭސިސް ވެޓް ހޮސްޕިޓަލުގައި މާކޭގެ ފަރުވާ ކުރިއަށްދިޔަ ކަމަށާއި އިންފެކްޝަންގެ ސަބަބުން މާކޭގެ ފިޔަގަނޑު ބުރިކޮށްލަން ޖެހުނެވެ.

މާކޭގެ ސާޖަރީއަކީ ރާއްޖޭގައި ކުރެވުނު އެއްމެ ފުރަތަމަ މާކަނާ ސާޖަރީކަން ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ފާހަގަކުރެ އެވެ. އަދި ހޭނައްތަން ބޭނުންކުރާ މާސްކްތަކާއި، ސާޖަރީއަށް ބޭނުންވާ ބައެއް އާލަތްތައް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ރާއްޖެއިން ލިބޭ އާއްމު ތަކެތިން އެ އާލާތްތައް ހަދަންޖެހުނު ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ސާޖަރީ ކޮށްފައިވަނީ އޮއޭސިސް ވެޓް ހޮސްޕިޓަލުގެ ޑރ. ގަންގާ ވިޖެސިންގެ ލީޑުގެ ދަށުންނެވެ. އަދި އެ ސާޖަރީގައި ރާއްޖޭގެ ފުރަތަމަ ޖަނަވާރުންގެ ޑޮކްޓަރުކަމުގައިވި ޑރ. ހުސައިން މިސްފާހް ސާމީ ވެސް ބައިވެރިވި އެވެ.

މާކޭއަށް ބޭނުންވާ ފަރުވާ ހޯދީ އޮއޭސިސް ވެޓެރިނަރީ ހޮސްޕިޓަލުން ވެލްފެއާރ ފޯ އައިލެންޑް ކެޓްސް އެންޖީއޯގެ ހަރަދުގަ އެވެ. އަދި ފަރުވާ ކުރިއަށް ދިޔަ އެއްމަސް ދަވަހުގެ މުއްދަތުގައި މާކޭއަށް ކާންދީ ބެލެހެއްޓީ މާކޭ ހޮވި ދެމެފިރިންގެ އަމިއްލަ ގޭގައި ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އެކަމަށް ބޭނުންވާ ހުއްދަތަކާއި ބޭނުންވާ އެހެނިހެން ގާނޫނީ ކަންތައް ކުރުމަށް އީޕީއޭ އާއި ގުޅިގެން އެ މިނިސްޓްރީން މަސައްކަތް ކޮށްފައިވާނެ ކަމަށާއި މާކަނާ އަކީ ގާނޫނީ ގޮތުން ހިމާޔަތް ދީފައިވާ ޖަނަވާރަކަށް ވީނަމަވެސް އެފަދަ ޖަނަވާރަށް ފަރުވާކުރަން އެއްވެސް އުސޫލެއް ކުރިން ގާއިމުވެފައި ނުވާތީ ދަތިތަކެއް ހުރިކަން ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނފައިވަނީ މާކޭގެ އެއް ފިޔަ ނެތުމުގެ ސަބަބުން ދޫކޮއްލެވެން ނެތުމާއެކު ފަރުވާއަށް ފަހު މާކޭއަށް ހިޔާވަހިކަން ހޯދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރި ކަމަށެވެ.

މާކޭ އަކީ ގެއެއްގެ ގެންގުޅެވޭފަދަ ދޫންޏެއްކަމަށް ނުވުމުން މާކޭ އަށް ރައްކާތެރި މާހައުލެއް ހޯދުމަށް ކުރި މަސައްކަތުން އެމަރަލްޑް ރިސޯޓަށް އެހީތެރިކަމަށް އެދުމުން، އެ ރިސޯޓުގައި އިންތިޒާމުތަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން މާކޭ ގެންދިއުމަށް އެ ރިސޯޓުން ވަކިން ލޯންޗެއް ހަމަޖައްސައި އަދި މާކޭ ހުންނަން ރިސޯޓްގެ އަތިރިމަތިން ވަކި ސަރަހައްދެއް ހާއްސަކޮށް، މާކޭއަށް ހިމާޔަތް ލިބޭނެހެން ހުރިހާ އިންތިޒާމެއް ގާއިމުކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަކުރި އެވެ.

އެމެރަލްޑް ރިސޯޓުން މާކޭއަށް ކާންދިނުމުގެ އިތުރުން މާކޭގެ އެންމެހައި ކަންތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އަދި މިހާރު މާކޭގެ ހާލުދަނީ ރަނގަޅުވަމުން އަންނަ ކަމަށް މިނިސްްރީން މައުލޫމާތުދެ އެވެ.

ދިރޭތަކެއްޗާ ބެހޭ މިނިސްޓްރީން ވަނީ މާކޭ ސަލާމަތްކޮށް އެއަށް ބޭނުންވާ ފަރުވާ ހޯދަދިނުމުގެ އިތުރުން މާކޭ ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ މަސައްކަތުގައި އެހީތެރިވެދިން ސަރުކާރު އިދާރާތަކާއ،ި އެންޖ.އޯތަކާއ،ި ޖަނަވާރަށް ފަރުވާ ކުރާ ހޮސްޕިޓަލު އަދި އާންމުންގެ ތެރެއިން ޖަނަވާރުންނަށް އެހީތެރިވުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ޝުކުރުއަދާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox