"ދަތްދޮޅި ދުއްވާލާ" ވާހަކަ ދެއްކީ މަޖާޒީކޮށް, މާރާމާރީއަށް ހިތްވަރު ދޭކަށް ނޫން: އާދަމް ޝަރީފު

ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު: "ދަތްދޮޅި" އޭނާއަށް ނިސްބަތްކުރަނީ ކުރިން ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު ދެއްކެވި ވާހަކައަކާ ގުޅިގެން -- ފޮޓޯ: ރައީސް އޮފީސް

ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު: "ދަތްދޮޅި" އޭނާއަށް ނިސްބަތްކުރަނީ ކުރިން ޑިފެންސް މިނިސްޓަރަކަށް ހުންނެވިއިރު ދެއްކެވި ވާހަކައަކާ ގުޅިގެން -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ "ދަތްދޮޅި ދުއްވައި ނުލައި" އިބާރާތް ބޭނުންކުރެއްވީ އޭނާއާ ގުޅުވާ އެ ބަސްތައް ބޭނުންކުރާތީ މަޖާޒީކޮށް ކަމަށާއި އެއްވެސް ގޮތަކަށް މާރާމާރީއަށް ހިތްވަރު ދިނުމުގެ ގޮތުން ނޫން ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަަރު އާދަމް ޝަރީފު އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފު މި މައްސަލާގައި އެއްޗެއް ވިދާޅުވީ، ދަތްދޮޅި ދުއްވާލާނެ ކަމަށް ދެއްކެވި ވާހަކައިގެ މައްސަލަ ހޫނުވެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް އެ މައްސަލަ ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނިކޮށެވެ. މި މައްސަލައިގައި މަޖިލިސްގެ އެހެން މެމްބަރުންނާއި އިދިކޮޅު ދެ ޕާޓީ، އެމްޑީޕީ އަދި ޑިމޮކްރެޓްސްއިންނާއި ބައެއް އާންމުން ވެސް ކަންބޮޑުވުން ފާޅުކޮށް، މިނިސްޓަރަށް ފާޑުކިޔާފައިވެ އެވެ.

މިކަމާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓުގައި އާދަމް ޝަރީފު ވިދާޅުވީ "ދަތްދޮޅި" އެ ބަސް ބޭނުންކުރެއްވީ އެއްގޮތަކަށް ވެސް މާރާމާރީއަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ.

"އަޅުގަނޑާ ގުޅުވައިގެން ކިޔާ އެއްޗަކަށް ވާތީ، ހިއުމާއަށް، މެޓަފޯއަކަށް ބޭނުން ކުރެވުނީ. އެހެން ގޮތަކަށް ވިސްނިވަޑައިގަންނަވާ ނަމަ މައާފަށް އެދެން" އޭނާގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކީ އަތޮޅުތެރެއަށް ވަޑައިގެން އުޅުއްވާ އާދަމް ޝަރީފު މި ވާހަކަ ދެއްކެވީ މ. ދިއްގަރުގައި އިއްޔެ ބޭއްވި ޖަލްސާއެއްގަ އެވެ. އޭނާ މި އިބާރާތްތައް ބޭނުންކުރެއްވީ ރައީސް މުއިއްޒުގެ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަޖިލިސް ކަމަށް ވިދާޅުވަމުންނެވެ.

"އެކަމަކު އަޅުގަނޑު ހަމަ ހިތަށް އަރާ ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު އެތަނުގައި މިއަދުވެސް ހުންނަ ނަމަ އެއިން މީހެއްގެ ދަތްދޮޅި ދުއްވާނުލައި ހުރެވޭނެބާއޭ،" އޭނާ އެވެ.

މި މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅަން ނިންމެވައި އަސްލަމް "އަދަދު" އަށް ވިދާޅުވީ މަޖިލިސް މެމްބަރުކަން ކުރައްވާފައި ހުންނެވި ބޭފުޅަކު މަޖިލިސް މެމްބަރުންނާ ގުޅޭގޮތުން އާންމުންގެ ކުރިމަތީގައި ވާހަކަ ދެއްކެވުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކުރި ކަމެއް ކަމަށެވެ.

"އެއީ މުޅި މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުން، އަދި ދައުލަތުގެ އެފަދަ މަގާމެއްގައި ހުރެފައި މާރާމާރީއަށް ހިތްވަރުދެވޭ ގޮތަށް ވާހަކަދެެއްކުމަކީ ވަރަށް ނުރައްކާތެރިކަމެއް،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް މި މޭރުމުން ވާހަކަ ދެއްކެވި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

މީގެ ކުރިން ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި، ޑިފެންސް މިނިސްޓަރެއްގެ ގޮތުގައި ޝަރީފް ހުންނެވިއިރު، ސިފައިންގެ އެތެރޭގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މަޖިލިސް މެމްބަރެއްގެ ދަތްދޮޅި ދުއްވާލެވިދާނެ ކަމަށް ވިދާޅުވެ ވާހަކަދެއްކެވި އެވެ. އެ ވާހަކައާ ގުޅިގެން އޭރު ޝަރީފް ވަރަށް ބޮޑަށް ހޫނުފެނަށް ވެއްޓުނެވެ. އޭނާ އެ ވިދާޅުވާ ގޮތަށް އޭނާއަށް ނިސްބަތްކޮށް "ދަތްދޮޅި" ބޭނުންކުރަން ފެށީ މި ދުވަސްވަރެވެ.

އޭގެފަހުން 2022 ވަނަ އަހަރު ޕީޕީއެމްގެ ކެމްޕޭނު ހަރަކާތެއްގައި ވާހަކަދައްކަވަމުން ވެސް މަޖިލިސް މެންބަރުންގެ ދަތްދޮޅި ދުއްވާނުލައި ނުހުރެވޭނެ ކަމަށް އާދަމް ޝަރީފު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައުދުގެ މައްޗަށް ކުރާ ދައުވާތައް އަނބުރައި ގެންދަން ގޮވާލައިފި

އެ ޕާޓީން ބުނީ މިއީ ކައުންސިލްގެ ނިންމުމަކަށް ސައުދު ފަރުދީގޮތުން ޒިންމާކުރުވައި، އޭނާގެ މޭޔަރުކަމުގެ މަގާމު ގެއްލުވާލުމަށް ސިޔާސީ ބޭނުމެއްގައި ކުރާ ކަމެއް ކަމަށް. އަދި އެކަށީގެންވާ ހެކި ނެތް މި މައްސަލައިގެ ޝަރީއަތް އަވަސް އަރުވާލައިގެން ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށްވެސް އެމްޑީޕީން ފާހަގަކޮށްފައިވޭ.

ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭ

ވެމްކޯގެ ބައެއް މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ، ބިލްތައް ނުދެއްކި ޖޫރިމަނާވުމާއި ކުލި ދެއްކުން ލަސްވުމުގެ ކަންބޮޑުވުން މުވައްޒަފުން ފާޅުކޮށްފިއެވެ. މުސާރަ ދިނުން ލަސްވާ މައްސަލަ މިދިޔަ އަހަރުން ފެށިގެން ކުރިމަތިވަމުންދާއިރު، މިހާރު ގިނަ މުވައްޒަފުންނަށް މުސާރަ ލިބެނީ ކޮންމެ މަހެއްގެވެސް 10 ވަނަ ދުވަހާ ގާތްވުމުންނެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު ހަރަކާތުން އަދާލަތަށް މަރުހަބާ ކިޔައިފި

އެ ހަރަކާތުން ބުނިގޮތުގައި، ގައުމުގެ ސަލާމަތާއި ދީނީ އެއްބައިވަންތަކަމަށް އުނިކަން ލިބޭ ގޮތަށް މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް އަދާލަތުން ގޮވާލި ގޮވާލުމަށް ފުރިހަމައަށް ތާއީދުކުރެއެވެ.

ރަސްމާލެ އެއްވުމުގައި ފައިސަލް ވެސް ބައިވެރިވަނީ

މި އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވެސް ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރަސްމާލޭގެ ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ވިއްކާލުމާ ދެކޮޅަށް ބާއްވާ ހަރަކާތެއް. ސަރުކާރުން މިހާރު ވަނީ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލީހަށް ހުށަހަޅައިފަ.

ދައުލަތުގެ އިއްޒަތުގެ ޝަރަފުވެރިންގެ މަޖިލީހެއް އެކުލަވާލައިފި

ރައީސް މުއިއްޒު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހަކީ މިނިވަން ދުވަހުގެ ޖަލްސާގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އުފެއްދެވި މަޖިލީހެކެވެ. މީގެ އިތުރުން އެކި ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭ 150 މީހުންގެ ގައުމީ މަޖިލީހެއް އެކުލަވާލުމަށް ވެސް ވަނީ ނިންމާފައެވެ.

ކަނދެއް ހަލާކުވެ ޓީއެމްއޭގެ ސީޕްލޭނެއް ދިޔަވެއްޖެ

ހުޅުލޭ ސީ-ޕްލޭން ޓާމިނަލުން ފުރަން އުޅުނު ބޯޓެއް އެކްސިޑެންޓުވެ، އޭގައި ތިބި މީހުން މޫދަށް ފުންމާލި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ލިބުނު ކަމެއް މިހާތަނަށް ނޭނގޭ. މި ހާދިސާ ހިނގާފައިވަނީ ބޯޓު ފުރަންވެގެން ޑޮކުން ނައްޓާލި ވަގުތު. އަދި ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން.

ޒަޔަނިސްޓުންނަށް ރާއްޖޭގެ ވެލިފުކެއް ވެސް ދީގެންނުވާނެ: ހުސައިން

އޭނާ މިހެން ވިދާޅުވީ ރަސްމާލޭގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދީ، އެތަނުގައި ބޭރު މީހުންނަށް ދާއިމީކޮށް ވަޒަންވެރިވެވޭ ގޮތަށް ރިއަލް އެސްޓޭޓް ބިލެއް ސަރުކާރުން ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.

Newsletter

Get the latest news delivered straight to your inbox