އާ ވޯޓާސް ލިސްޓު މާދަމާ އިއުލާންކޮށް، ރީރަޖިސްޓްރީއަށް އަލުން ހުޅުވާލަނީ މި މަހު 14 ގައި

ވޯޓުލާ މަރުކަޒެއްގައި އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓެއް ތަތްކޮށްފައި: މަޖިލިސް އިންތިހާބުގެ ރީރަޖިސްޓްރީއަށް އަލުން ހުޅުވާލަނީ މި މަހު 14 ގައި ހަމަޖައްސައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ވޯޓުލާ މަރުކަޒެއްގައި އެ މަރުކަޒަކަށް ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ލިސްޓެއް ތަތްކޮށްފައި: މަޖިލިސް އިންތިހާބުގެ ރީރަޖިސްޓްރީއަށް އަލުން ހުޅުވާލަނީ މި މަހު 14 ގައި ހަމަޖައްސައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްވުމުން އިތުރަށް ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު މާދަމާ އިއުލާންކޮށް، އިތުރަށް ރީރަޖިސްޓްރީވުމުގެ ފުރުސަތު މި މަހު 14، ގައި ހުޅުވާލުމަށް ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެންމެ ފުރަތަމަ ތާވަލުކުރީ މި މާޗު މަހު 17، އަށެވެ. އެ ތާރީހު ދިމާވަނީ ރޯދަ މަހުގެ ދުވަހަކަށެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި ބަދަލަކީ ރޯދަ މަހުގެ ތާރީހަކަށް އިންތިހާބީ ތާރީހު ދިމާވާނަމަ ރޯދަ މަސް ނިމިގެން 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށެވެ.

ގާނޫނު ފާސްކޮށް ތަސްދީގު ކުރުމުން، އާ ތާރީހުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމީ، އޭޕްރީލް 21، އަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި، އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އޭޕްރީލް 21، އަށް އިންތިހާބު ފަސްކުރުމުން އެ ތާރީހަށް 18 އަހަރު ފުރޭ މީހުން ހިމެނުމުން ކުރިން ލިސްޓުގައި ނެތް 560 މީހަކަށް ވޯޓުގެ ހައްގު އެބަ ލިބެ އެވެ.

ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މާދަމާ އާ ލިސްޓު އިއުލާން ކުރާއިރު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަނީ އާ މީހުންގެ ލިސްޓަށް އެކަންޏެވެ. އެ ފުރުސަތު ހުޅުވާލާނީ މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ތިން ދުވަހަކަށެވެ.

ރީރަޖިސްޓްރޭޝަނަށް ވެސް އިތުރު ތިން ދުވަހުގެ ފުރުސަތެއް ހުޅުވާލަން ކުރިން އެ ކޮމިޝަނުން ނިންމާފައިވާއިރު، ޒަކަރިއްޔާ މިއަދު ވިދާޅުވީ އެ ފުރުސަތު ހުޅުވާލާނީ މި މަހު 14، ގައި ކަމަށެވެ. އެހެންކަމުން އެ ފުރުސަތު ހަމަވާނީ މި މަހު 17، އަށެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުގައި ރަޖިސްޓްރީކުރަން ވެސް އަލުން ހުޅުވާލާނެ އެވެ. އަދި ކުރިން ވެސް ނިންމާފައިވާ ގޮތަށް ކަނޑައަޅާފައިވާ އަދަދަށް ރަޖިސްޓްރީވެއްޖެނަމަ އެ ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ 150 އަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓަރީ ކުރާ ގައުމުތަކުގައި އެކަންޏެވެ. ކުރިން ހުޅުވާލި ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު، އެ އަދަދަށް ރީ-ރެޖިސްޓަރީ ކޮށްފައި ވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާއިންނެވެ.

އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިން ހަމަނުވެއްޖެނަމަ ބޭރު ގައުމުތަކުގައި ވޯޓުލާން ރަޖިސްޓްރީވި މީހުނަށް ރީރަޖިސްޓްރީވާން ވެސް އަދި ފުރުސަތެއް ހުޅުވާލާނެ އެވެ. ހުޅުވައިލި ފުރުސަތުގައި ސީލީން ހަމަނުވީ އިންޑިއާ, ތައިލެންޑް, އިނގިރޭސިވިލާތް އަދި ޔޫއޭއީ އެވެ.

މަޖިލިސް އިންތިހާބުގައި ރީ-ރެޖިސްޓަރީ ކުރަން ކުރިން ދިން ފުރުސަތުގައި ރީ-ރެޖިސްޓަރީ ކޮށްދީފައި ވަނީ 11919 މީހުންނެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އިތުރުވި 560 މީހުނާއެކު ވޯޓު ލުމުގެ ހައްގު މިހާރު 284،887 މީހުނަށް ލިބެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox