ޔާމީނުގެ ޝަރީއަތް ލަސްވަނީ ކޯޓަށް ކޮންމެވެސް ކަހަލަ ނުފޫޒެއް ފޯރާތީ: ސޯލިހު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : އެމަނިކުފާނު ވިދާޅުވީ ޔާމީނުގެ ޝަރީއަތް ލަސްވަނީ ކޯޓަށް ކޮންމެވެސް ކަހަލަ ނުފޫޒެއް ފޯރާތީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : އެމަނިކުފާނު ވިދާޅުވީ ޔާމީނުގެ ޝަރީއަތް ލަސްވަނީ ކޯޓަށް ކޮންމެވެސް ކަހަލަ ނުފޫޒެއް ފޯރާތީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފުގެ އަޑުއެހުންތައް ލަސްވަނީ ކޯޓަށް ކޮންމެވެސް ކަހަލަ ނުފޫޒެއް ފޯރުވާތީ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހައި ކޯޓުގައި މިހާރު ކުރިއަށް ދަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އަތޮޅު އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މަރުހަލާ އެވެ.

އެ މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މީގެ ތިން މަސް ކުރިން ނޮވެމްބަރު 21, 2023ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮތީ ހުކުމް އިއްވުމެވެ.

މި މައްސަލައިގައި "އަދަދު" އާ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީއިން ކުރަމުންދާ ކެމްޕޭނުގެ ތެރެއިން މިއަދު ހިންގި ޑޯޓުޑޯ އިވެންޓުގެ ތެރެއިން، ވާހަކަދައްކަވަމުން ސޯލިހު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ، އަޑުއެހުމެއް ނުބޭއްވި ތިންމަސްދުވަސް ވުމުން މައްސަލަ އޮތީ ވަރަށް ބޮޑަށް ލަސްވެފަ ކަމަށެވެ.

"އެންމެނަނަށް ވެސް މިއަދު ގަބޫލު ކުރެވެނީ ކޮންމެސް ކަހަލަ ނުފޫޒެއް ކޯޓުތެރެއަށް ފޯރާކަމަށް ރައްޔިތުން އެބަ ގަބޫލުކުރޭ، އެއީ ވެރިއަކަށް ހުންނަ ބޭފުޅަކަށް، ގާނޫނުއަސާސީގައި ލިބިދީފައިވާ ބާރުގެ ތެރޭގައި [އެކަން] ބެލޭނެ،" މިހާރު އެމްޑީޕީގެ އެޑްވައިޒަރަކަށް ހުންނެވި ސޯލިހު ވިދާޅުވި އެވެ.

"އަވަސްކުރުމަށް، ރައްޔިތުންނަށް އަވަހަށް ކަންތައް ކޮށްދިނުމަށް ކުރެވެގެން އޮތް މަސައްކަތްތައް ކޮށް ދިނުމުގެ ގާނޫނީ ބާރު ރައީސް އަތުގައި ހުންނާނެ،"

އިސްތިއުނާފު މައްސަލަ ލަސްވާތީ ޔާމީންގެ ވަކީލުންގެ ޓީމުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ވަކީލުން ނެރުނު ބަޔާނުގައި ބުނީ, އިންތިހާބާ ދިމާކޮށް ޔާމީންގެ މައްސަލައިގެ އިސްތިއުނާފު ލަސްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކުށެއް ސާބިތުކުރަން ބޭނުންވީމަ އަވަސް އަވަހަށް ޝަރީއަތްތައް ހިންގައި ހުކުމް ޖަހާތަން ފެންނަ ކަމަށެވެ.

"ރައީސް ޔާމީނަށް މިއަދު ގާނޫނުގެ ރައްކާތެރިކަމާއި ހަމަހަމަކަން ޖުޑީޝަރީން ކަށަވަރުކޮށްދޭ ކަމަކަށް ގަބޫލެއް ނުކުރެވޭ" ވަކީލުންގެ ޓީމުގެ ފަރާތުން އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވި އެވެ.

އެއާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔާމީނަށް އިންސާފު ލިބުމަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

އައްޑޫ ސިޓީއަށް މި މަހުގެ ކުރެއްވި ދަތުރުގެ ތެރެއިން ހިތަދޫ އަދި ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި, މި މަހު 18 ގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު ފެށުނު ދުވަހުން ފެށިގެން ޖުޑިޝަރީ ހިނގަމުން ދަނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށެވެ.

"އެއްވެސް ވަޒީރަކު, އެއްވެސް ކުންފުންޏެއްގެ ވެރިއަކު, އެއްވެސް އެމްޕީއަކު, ސަރުކާރުގެ އެއްވެސް މީހަކު ކޯޓުގައި ހިނގާ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުވާނެ. އެ ޔަގީންކަން އަޅުގަނޑަށް އެބައޮތް. ކޯޓުތައް އެ ހިނގަނީ އެއްވެސް ނުފޫޒެއް ނެތި،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. ނަމަވެސް ސަރުކާރުން މިހާރު ބުނަނީ ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ޝަރީއަތަށް ސަރުކާރުން ނުފޫޒު ނުފޯރުވަން ކަމަށާއި ޔާމީން މިނިވަންކުރަން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު މިހާރު ފުދިފައިވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox