ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ކުރި އަމުރަށް އަމަލު ކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ކުރި އަމުރަށް އަމަލު ކުރުން ސުޕްރީމް ކޯޓުން ހުއްޓުވައިފި

ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައި ކޯޓުން އިއްޔެ ނެރުނު އަމުރު ތަންފީޒު ކުރުން ފަސް ކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން މިއަދު ކުރި އަމުރާއެކު، ގުޅީފަޅު ހިއްކުމުގެ މަސައްކަތް އަނެއްކާ ވެސް ކުރިއަށް ގެންދިޔުމުގެ ހުއްދަ ސަރުކާރަށް ލިބުނީ އެވެ.

ގުޅީފަޅު ހިއްކުން ހުއްޓުވަން ބުދަ ދުވަހު ހައި ކޯޓުން އަމުރެއް ނެރުނީ، ގުޅީފަޅު ހިއްކާތީ އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) ހުށަހެޅި މައްސަލައެއްގަ އެވެ.

ބުދަ ދުވަހު ނެރުނު އަމުރަކީ، ސިވިލް ކޯޓަށް ހުމައިދާ ހުށަހެޅި އެ މައްސަލައިގައި ވަގުތީ އަމުރެއް ނުނެރެން ސިވިލް ކޯޓުން ނިންމުމުން އަމުރުގެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ނެރުނު އަމުރެކެވެ. ހައި ކޯޓުގެ އަމުރު އިއްޔެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ.

ހައި ކޯޓުގެ އަމުރު އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރީ ހައި ކޯޓުގެ އަމުރާމެދު އެ ގޮތެއް ކަނޑައަޅަންދެން އެ އަމުރަށް އަމަލު ކުރުން ފަސް ކުރުމަށެވެ.

"ހައި ކޯޓުގެ ގަޒިއްޔާއިން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން މިވަގުތު ފަސްނުކޮށްފި ނަމަ އޭގެ ސަބަބުން ދައުލަތަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެން ދިޔުމުގެ އިހުތިމާލު ފާޅުކަން ބޮޑުކޮށް ފެންނަން އޮތުމާއެކު، ސުޕްރީމް ކޯޓުން ވަކި ގޮތަކަށް އަމަލު ކުރުމަށް އަންގަންދެން ނުވަތަ މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންދެން ދިވެހިރާއްޖޭގެ ހައި ކޯޓުގެ ގަޒިއްޔާގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުގެ ގަވާއިދުގެ 21 ވަނަ މާއްދާގެ ދަށުން ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފިން،" އެ އަމުރުގައި ބުނެފައިވެ އެވެ.

ގުޅީފަޅު ހިއްކުން ހުއްޓުވަން އިއްޔެ ހައި ކޯޓުން ނެރުނު އަމުރަކީ ތިމާވެއްޓަށް ލިބޭ ގެއްލުމަށް ބަލާފައި ޕްރޮޖެކްޓެއް ހުއްޓުވިި ފުރަތަމަ ފަހަރެވެ. އެހެންވެ، ތިމާވެށީގެ ދިފާއުގައި މަސައްކަތް ކުރާ ފަރާތްތަކުން ދިޔައީ އެ ނިންމުމަށް ތައުރީފު ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox