ރައީސް އޮފީހުގެ ޝަކުވާތަކަށްފަހު ކުރުސީ، ދިޔަވަރު އަދި އިތުރު ނޫހަކަށް ފިޔަވަޅު އަޅަނީ

މީޑިއާ ކައުންސިލުގެ ރައީސް އަހުމަދު މުސްތަފާ: ކައުންސިލުން ބުނީ ރަޖިސްޓްރީ ނުކުރާ ނޫސްތަކުގެ މައްސަލަ ބަލާނެ އުސޫލެއް ހަދާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

މީޑިއާ ކައުންސިލުގެ ރައީސް އަހުމަދު މުސްތަފާ: ކައުންސިލުން ބުނީ ރަޖިސްޓްރީ ނުކުރާ ނޫސްތަކުގެ މައްސަލަ ބަލާނެ އުސޫލެއް ހަދާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށަހެޅި ޝަކުވާތަކަކަށްފަހު، ރަޖިސްޓްރީނުކޮށް ހިންގާ ނޫސްތަކެއް ކަމަށްވާ ކުރުސީ، ދިޔަވަރު އަދި ދޮންއަމާއަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.

އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ ތިން ވެބްސައިޓާ ގުޅޭ ގޮތުން އެ އޮފީހަށް ވަރަށް ގިނަ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެ ވެބްސައިޓުތަކާ ދެކޮޅަށް ޖުމުލަ 16 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން އަށް މައްސަލައަކީ ރައީސް އޮފީހުން ހުށަހެޅި މައްސަލަތަކެވެ. އޭގެ އިތުރުން ބައެއް މިނިސްޓްރީތަކުން ހުށަހެޅި މައްސަލަތައް ވެސް ހިމެނެ އެވެ.

"މަތީގައި ދެނެންވުނު ވެބްސައިޓްތަކާ ގުޅޭ ގޮތުން މި ކައުންސިލަށް ލިބިފައިވާ ބައެއް ޝަކުވާތަކަށް ބަލާއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން މިހާތަނަށް ވަނީ ފާހަގަ ކުރެވިފަ. އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް މި ކައުންސިލްގެ ނިންމުންތައް އާންމު ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ކުރުސީ އާއި ދިޔަވަރުއަކީ މީގެ ކުރިން ސަރުކާރުން ބްލޮކްކޮށްފައިވާ ދެ ވެބްސައިޓެވެ. ނަމަވެސް އާންމުންނާއި ބައެއް ޖަމިއްޔާތަކުން ކުރިމަތި ކުރުވި ޕްރެޝަރުތަކާއެކު އެ ދެ ނޫސް އަންބްލޮކް ކުރީ އެވެ.

އެމްއެމްސީން ބުނީ، ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބެލޭނެ ހަރުދަނާ އުސޫލެއް އެކުލަވާލުމަށް އެ ކައުންސިލުން ނިންމާލާފައިވާ ކަމަށެވެ.

"މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް މި ކައުންސިލްގެ ގިނަ މެންބަރުން ދެކޭ. އެހެންވެ ކައުންސިލުން ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި، ކަމާ ގުޅޭ އުސޫލެއް ހަދަން ކައުންސިލުގެ ޖަލްސާއިން، ފާސް ކޮށްފަ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އޭގެ އިތުރުން އެމްއެމްސީން ބުނީ ދޮގު ނުފެތުރުމަށް އެ ކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ. އަދި ދޮގު ހަދަމުންދާ ނަމަ އެ ބަޔަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

"ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ހިޔާލު ފާޅު ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތެއްގައި ބޭނުން ހިފާއިރު އެހެން ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މުޖްތަމައު ތެރޭ ހަގީގަތާ ހިލާފު ވާހަކަ ނުފެތުރުމަކީ މި ކައުންސިލުން ކުރާ އިލްތިމާސެއް. އަދި މިފަދަ ކަންކަން ތަކުރާރުކޮށް ކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުތަކާ އަދި ހެދިފައި ހުރި އުސޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ވާހަކަ ދަންނަވަން،" އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox