މުއްދަތު ހަމަވިއިރު, މަޖިލީހަށް ވާދަކުރަން ހުށަހެޅީ 381 ފޯމު

މަޖިލިސް އިންތިހާބަށް ވާދަކުރުމަށް ސަރުކާރު ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން; މުއްދަތު ހަމަވިއިރު ހުށަހެޅީ 381 ފޯމު -- ފޮޓޯ: އިޔާން/ އަދަދު

މަޖިލިސް އިންތިހާބަށް ވާދަކުރުމަށް ސަރުކާރު ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުން; މުއްދަތު ހަމަވިއިރު ހުށަހެޅީ 381 ފޯމު -- ފޮޓޯ: އިޔާން/ އަދަދު

މާޗު 17، ގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވިއިރު, 381 ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފި އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވީ, މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު ހަމަވިއިރު, ޖުމްލަ 381 ފޯމު ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށާއި އެ ފޯމުތައް ޗެކުކޮށް, ބަލައިގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޖުމްލަ 381 ފޯމު އީސީއަށް ހުށަހެޅިއިރު އޭގެ ތެރޭގައި އިދިކޮޅު އެމްޑީޕީން ހުށަހެޅި 89 ފޯމު އަދި ޑިމޮކްރެޓްސް އިން ހުށަހެޅި 41 ފޯމު ހިމެނެ އެވެ. މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްގެ ފަރާތުން، އަމިއްލަ ގޮތުން ވާދަކުރަން 49 ފޯމު ހުށަހެޅި އެވެ.

ވެރިކަން ކުރާ ޕީއެންސީން ވެސް ގިނަ ފޯމުތަކެއް ހުށަހެޅިއިރު, އެއީ ކިތައް ފޯމުކަން ޔަގީންވެފައެއް ނުވެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ މާޗު 17، ގަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ, އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ހަބީބް ވިދާޅުވި ގޮތުގައި, އިންތިހާބު ބާއްވާ އާ ތާރީހެއް އެ ކޮމިޝަނުން ކަނޑައަޅާނީ މަޖިލީހުން ފާސްކުރި ބިލު, ގާނޫނެއްގެ ގޮތުގައި ތަސްދީގު ކުރުމުންނެވެ. އެހެންކަމުން, އަދިވެސް އިންތިހާބު ބާއްވާ ތާރީހަކީ މާޗް 17، ކަމަށް ބަލައިގެން އިންތިހާބުގެ ތައްޔާރީތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox