ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި 130 ކުންފުނިން 290 މަންދޫބުން ބައިވެރިވި

ދުބާއީގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން: -- ފޮޓޯ؛ ރައީސް އޮފީސް

ދުބާއީގައި ބޭއްވި ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން: -- ފޮޓޯ؛ ރައީސް އޮފީސް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިންތިޒާމުކޮށްގެން މިއަދު ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި 130 ކުންފުންޏަކުން 290 މަންދޫބުން ބައިވެރިވި ކަމަށް މިނިސްޓްރީން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ފޯރަމްގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް ޑިރެކްޓާ ޖެނެރަލް ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި އެވެ.

އިކޮނޮމިކް މިނިސްޓްރީ ބުނީ ސަރުކާރާއި އެކިއެކި ވިޔަފާރިތަކާއި ދެމެދު ފަސޭހަ މާހައުލެއްގައި ވާހަކަދެއްކެވި ގުޅުން ބަދަހި ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ބޭއްވި މި ފޯރަމްގައި ސަރުކާރުގެ މުހިންމު އިސްތިރާޖީ މަޝްރޫތަކަށް އަލި އަޅުއްވާލެވުނު ކަމަށެވެ.

މޯލްޑިވްސް އިންވެސްޓްމަންތް ފޯރަމްގައި ޕޯޓް، ލޮޖިސްޓިކް، އިއާދަކުރަނިވި ހަކަތަ، ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި ބިނާވެރިކަން ފަދަ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ކުންފުނިތައް ފޯރަމްގައި ބައިވެރިވި އެވެ.

މި ފޯރަމްގައި އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ކުރިއަށް ދިޔުމަށް އޮތް ތަސައްވުރާއި ބައިނަލްއަގުވާމީ ބައިވެރިންނާއިއެކު އިންވެސްޓްމަންޓް ޕާޓްނާޝިޕްތައް ގާއިމު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވާހަކަދެއްކެވި އެވެ.

އޭގެ އިތުރުން ދިވެހި އިގުތިސޯދު ތަރައްގީ ކުރުމުގައި ރާއްޖޭގައި ހުރި ވަސީލަތްތައް ބޭނުންކޮށް ދިވެހީންގެ ރާއްޖެ މެނިފެސްޓޯއާ އެއްގޮތްވާ ގޮތުގެ މަތިން ތަރައްގީގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ވެސް ހިއްސާ ކުރެއްވި އެވެ.

ހަމަ އެހެންމެ ރާއްޖޭގެ އިގްތިސާދު ކުރި އެރުވުމުގައި މިހާރު ވެސް ހަރަކާތްތެރިވާ، ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ޔޫއޭއީގެ އެކި ވިޔަފާރިތަކުގެ ބައިވެރިވުން ފާހަގަ ކުރައްވައި އެ ފަރާތްތަކަށް ރައީސް ޝުކުރުއަދާކޮށްފި އެވެ.

މި އިންވެސްޓް ފޯރަމް ނިމިގެން ދިޔައީ ބައިވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި އެކު ކުރިޔަށް ގެންދެވުނު އިންޓަރެކްޓިވް ސެޝަނަކަށްފަހު ކަމަށްވާއިރު، އެ ސެޝަންގައި ރާއްޖޭގެ އިގްތިސާދު ތަރައްގީ ކުރުމަށް މުހިންމު ކަންކަމާ ގުޅޭ ގޮތުން މައުލޫމާތު ބަދަލު ކުރެވުނު ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ފޯރަމް ނިންމާލުމުގެ ގޮތުން ބޭއްވުނު ނެޓްވޯކިން ސެޝަންގައި ދެ ގައުމުގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އައު ފުރުސަތުތައް ހޯދުމަށް މަގުފަހި ކުރެވިގެން ދިޔަ ކަމަށެވެ.

މި އިންވެސްޓްމަންޓު ފޯރަމް ބޭއްވީ ވޯލްޑް ގަވަމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ.

މީގެ ކުރިން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިން އެ ގައުމުގެ ވިޔަފާރިވެރިންނާއެކީ އިންވެސްޓްމަންޓް ފޯރަމެއް ބޭއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox