މަޖިލިސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ ރާއްޖެއިން ބޭރު ދެ ގައުމުގައި

ރިޔާސީ އިންތިހާބުގައި މަލޭޝިއާގައި ބެހެއްޓި ވޯޓުފޮށްޓަށް ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: ހަމްޒަތު

ރިޔާސީ އިންތިހާބުގައި މަލޭޝިއާގައި ބެހެއްޓި ވޯޓުފޮށްޓަށް ވޯޓުލުން ކުރިއަށް ދަނީ -- ފޮޓޯ: ހަމްޒަތު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓުފޮށި ބަހައްޓާނީ ރާއްޖެއިން ބޭރު ދެ ގައުމެއްގައިކަން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ 150 އަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓަރީ ކުރާ ގައުމުތަކުގައި އެކަންޏެވެ. ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު، އެ އަދަދަށް ރީ-ރެޖިސްޓަރީ ކޮށްފައި ވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާއިންނެވެ.

އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ވަނީ, ކުރިން ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ ހަތަރު ގައުމެއްގައި ފޮށި ނުބަހައްޓަން ނިންމާފަ އެވެ.

އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ސީލިން ހަމަނުވުމުން, އިންޑިއާ, ތައިލެންޑް, އިނގިރޭސިވިލާތް އަދި ޔޫއޭއީގައި ވޯޓުފޮށި ނުބަހައްޓަން ނިންމުމާއެކު އެ ކޮމިޝަނުން ވަނީ އެތަންތަނުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އީސީން ހުޅުވާލާފައިވާ މުއްދަތުގައި ރީ-ރަޖިސްޓާ ނުކޮށްފިނަމަ, އެމީހުންނަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.

މީގެ އިތުރުން އީސީން ވަނީ ކުރިން ވޯޓުފޮށި ބަހައްޓަން ނިންމާފައިވާ 17 ރިސޯޓެއްގައި ވެސް ފޮށި ނުބަހައްޓަން ނިންމާފަ އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ މާޗު 17 ގަ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ, އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވި ގޮތުގައި, އިންތިހާބު ބާއްވާ އާ ތާރީހެއް އެ ކޮމިޝަނުން ކަނޑައަޅާނީ މަޖިލީހުން ފާސްކުރި ބިލު, ގާނޫނެއްގެ ގޮތުގައި ތަސްދީގު ކުރެއްްވުމުންނެވެ. އެހެންކަމުން, އަދިވެސް އިންތިހާބު ބާއްވާ ތާރީހަކީ މާޗް, 17 ކަމަށް ބަލައިގެން އިންތިހާބުގެ ތައްޔާރީތައް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ, މަޖިލީހުން ފާސްކުރި ބިލު ގާނޫނަކަށްވުމުން, ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި އިންތިހާބުގެ އާ ތާރީހެއް ކަނޑައެޅުމާމެދު މަޝްވަރާ ކުރާނީ ވެސް އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox