ބާކީ ހަތަރު ދުވަސް، މަޖިލިސް އިންތިހާބަށް ވާދަކުރަން އަދި ހުށަހެޅީ 18 ފޯމު

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބާއި، ކޮމިޝަންގެ އިސް ބޭފުޅުން: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އަދި ހުށަހެޅީ 18 ފޯމު ކަމަށް ހަބީބު ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބާއި، ކޮމިޝަންގެ އިސް ބޭފުޅުން: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އަދި ހުށަހެޅީ 18 ފޯމު ކަމަށް ހަބީބު ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މާޗު 17، ގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވާން ބާކީ ހަތަރު ދުވަހަށް ވެފައިވީ ނަމަވެސް އިއްޔެއާ ހަމައަށް ލިބިފައިވަނީ އެންމެ 18 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާހު ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފާނެ،" ހަބީބު ލިޔުއްވާފައިވެ އެވެ.

ހަބީބު ވިދާޅުވި ގޮތުގައި 18 ފޯމުގެ ތެރޭގައި އަމިއްލަ ކެންޑިޑޭޓުންގެ ފޯމުގެ އިތުރަށް ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރާ، ބައެއް ކެންޑިޑޭޓުންގެ ފޯމު ވެސް ލިބިފައިވެ އެވެ.

މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު، ރޯދަ މަހުގެ ދުވަހަކާ ދިމާވާތީ އިންތިހާބު ފަސްކުރުމުގެ ވިސްނުމުގައި މަޖިލީހުގެ އަގުލަބިއްޔަތު އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސްއިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ކަމަށް ޓަކައި، ގާނޫނަށް ބޭނުންވާ ބަދަލުގެ ބިލެއް ހުށަހަޅައި ވަގުތީ ކޮމިޓީއަކުން ބިލު ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ހަބީބު ވިދާޅުވީ، އިންތިހާބުގެ ތާރީހު ފަސްކުރި ނަމަވެސް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރަށް ފަސްނުކުރެވޭނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން، މި އިންތިހާބުގައި ގިނަ ދާއިރާތަކަށް ވާދަކުރުމުގެ މަސައްކަތް ކުރާ މަންޒަރު މިހާތަނަށް ފެންނަނީ ވެރިކަންކުރާ ޕީއެންސީގެ އިތުރުން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސް އެވެ. ދެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕީއެންއެފްގެ ފަރާތުން، އަމިއްލަ ގޮތުން ކެންޑިޑޭޓުންތަކެއް ވާދަކުރާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. ދާއިރާތަކަށް ވާދަކުރަން މައި ދެ ސިޔާސީ ޕާޓީން ވާދަކުރާ ކެންޑިޑޭޓުންގެ ފޯމުތައް ހުށަހަޅަން ރާވާފައިވާ އިންތިޒާމުތައް ވެސް އަދި މުޅީން ސާފެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox