ހުލާސާކޮށް އިއްޔެ: ދެ މިނިސްޓަރުންނަށް ގައްދޫން ޔާމީންގެ "ހުސްގޮނޑި" ދައްކާލުން

ހުލާސާކޮށް އިއްޔެ: ދެ މިނިސްޓަރުންނަށް ގައްދޫން ޔާމީންގެ "ހުސްގޮނޑި" ދައްކާލުން

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގދ.ގައްދުއަށް ވަޑައިގަތުމުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޔާމީންއަށް ހާއްސަކޮށް ބެހެއްޓި ހުސް ގޮނޑި އިއްޔެ ދައްކާލައި ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގެ މަތިން އެ ރަށު ރައްޔިތުން ހަނދާން އައުކޮށް ދިނެވެ.

ޑރ. ޝަހީމް ގައްދޫއަށް ވަޑައިގެންނެވިއިރު، އޭނާއަށް މަރުހަބާ ދެންނެވުމަށް އެރަށު ރައްޔިތުންގެ ތެރެއިން ޕީޕީއެމް/ޕީއެންސީގެ ބައެއް ސަޕޯޓަރުން ބަނދަރު މައްޗަށް ނުކުމެ ތިއްބެވެ. އެ މީހުންގެ ތެރޭގައި މި ސަރުކާރު ގެނައުމަށް އަތޮޅު ފެންވަރުގައްޔާއި ރަށު ފެންވަރުގައި މަސައްކަތް ކުރި ގައްދޫގެ ޒުވާނުން ވެސް ތިއްބެވެ.

ނަމަވެސް އެމީހުން ބަނދަރު މައްޗަށް ނުކުމެ ތިބީ ހަމައެކަނި ޝަހީމްއަށް މަރުހަބާ ދަންނަވާކަށް ނޫނެވެ. އެމީހުން އެތަނަށް ގޮސް ތިބީ ރިޔާސީ ކެމްޕޭނުގައި ރައީސް ޔާމީނަށް ހާއްސަކޮށް ޕީއެންސީ/ޕީޕީއެމްގެ ކެމްޕޭނުގައި ބެހެއްޓި ހުސް ގޮނޑީގެ ގޮނޑިއެއް ވެސް ހިފައިގެންނެވެ.

Advertisement

"އަހަރުމެން ބޭނުންވީ މުޅި ރާއްޖޭގައި، ރައީސް ޔާމީނުގެ ނަން ވިއްކައިގެން، ރައީސް ޔާމީންގެ ފޮޓޯ ޖަހައިގެން އިންތިހާބު ކާމިޔާބު ކުރި ހަނދާން ޝަހީމް މެނަށް، މި ސަރުކާރަށް ހަނދާން ކޮށްދޭން،" ހުސް ގޮނޑި ހިފައިގެން ޝަހީމްއަށް މަރުހަބާ ދެންނެވި، އަހުމަދު ރަޝީދު ބުންޏެވެ.

އޭނާ ބުނީ ވޯޓު ހޯދީ ރައީސް ޔާމީނުގެ ނަން ބޭނުން ކޮށްގެން ކަމަށާއި ނަމަވެސް ވެރިކަމަށް އައުމަށްފަހު އެކަން މުޅީން ހަނދާން ނެތިފައިވާ ކަހަލަ ކަމަށެވެ.

ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުފުފުޅެކެވެ. ރިޔާސީ ކެމްޕޭނު ދުވަސްވަރު އެންމެ އަޑު ހަރުކޮށް ރައީސް ދެއްކެވި އެއް ވާހަކައަކީ އެމަނިކުފާނުގެ ވެރިކަމެއްގައި ޔާމީން ހުންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އެވެ.

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމްއާއި (ކ) އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ގައްދޫއަށް ވަޑައިގަތް ވަގުތު ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ދައްކައިލީ، ކުރިން އެ ކޯލިޝަންގެ ޖަލްސާތަކުގައި އޭރު އެ ޕާޓީގެ ލީޑަރު، ރައީސް ޔާމީނަށް ހާއްސަކޮށްފައި ހުރި ގޮނޑި ގޮތަށް ތައްޔާރުކޮށްފައި ހުރި "ހުސްގޮނޑިއެއް"
އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމްއާއި (ކ) އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ގައްދޫއަށް ވަޑައިގަތް ވަގުތު ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ދައްކައިލީ، ކުރިން އެ ކޯލިޝަންގެ ޖަލްސާތަކުގައި އޭރު އެ ޕާޓީގެ ލީޑަރު، ރައީސް ޔާމީނަށް ހާއްސަކޮށްފައި ހުރި ގޮނޑި ގޮތަށް ތައްޔާރުކޮށްފައި ހުރި "ހުސްގޮނޑިއެއް"

އިސްލާމިކް މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމްއާއި (ކ) އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު އިއްޔެ ގައްދޫއަށް ވަޑައިގަތް ވަގުތު ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ދައްކައިލީ، ކުރިން އެ ކޯލިޝަންގެ ޖަލްސާތަކުގައި އޭރު ޕާޓީގެ ލީޑަރެއްގެ ގޮތުގައި ހުންނެވި ރައީސް ޔާމީނަށް ހާއްސަކޮށްފައި ހުރި ހުސްގޮނޑި ގޮތަށް ތައްޔާރުކޮށްފައި ހުރި ފިޔައިތޮށި ކުލައިގެ ޕްލާސްޓިކް ގޮނޑިއެއް

ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވަން ވަޑައިގަންނަވާނީ ވެސް ޔާމީންއާ އެކުގައި ކަމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރުޝިޕުން އޭރު ބުނެފައިވެ އެވެ. ނަމަވެސް ރައީސް ޔާމީން މިވަގުތު ވެސް ހުންނެވީ ކުރީ ސަރުކާރުން ދެފަހަރެއްގެ މަތިން ދެއްވި ލުއިގަ އެވެ. އިތުރު ލުޔެއް ދެއްވަން ޔާމީންގެ ފަރާތުން އެދިވަޑައިގެންނެވި ނަމަވެސް އެކަމަށް ކަރެކްޝަންސްއިން ވަނީ އިންކާރުކޮށްފަ އެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އޮތީ ފުދިފައި ކަމަށް ސަރުކާރުގެ ތަރުޖަމާނު ކަމުގައި ކުރިން ހުންނެވި މުހައްމަދު ޝަހީބު ޑިސެމްބަރު 28، ގައި ވިދާޅުވެފައިވެ އެވެ.

"ރައީސްކަމުގެ ހުވާ ކުރެއްވި ދުވަހު 17 ނޮވެމްބަރު، އެ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ވަރަށް ސާފު އިބާރާތުން ވިދާޅުވީ ސަރުކާރުން ޖުޑީޝަރީއަށް އަތް ބޭނުން މިވަގުތުން މިވަގުތަށް ނިމުނިއްޔޭ، ސަރުކާރުން ޖުޑީޝަރީ ތެރެއަށް އަތެއް ނުބާނަމޭ. ކޯޓުތަކުގެ ތެރެއަށް އަތެއް ނުބާނާނަމޭ، ކޯޓުތަކުގެ މައްސަލަތަކަށް ނުފޫޒެއް ނުފޯރުވާނަމޭ. އެހެންވީމާ އެ ދުވަހުން ފެށިގެން ސަރުކާރުގެ ފަރާތުން ކޯޓުތަކަށް އަތް ބޭނުން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުމުގެ މަރުހަލާ އެއޮތީ ނިމިފައި. އެހެންވީމާ ރައީސް ޔާމީންއާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު އެއޮތީ ފުދިފައި،" ޝަހީބު އެދުވަހު ވިދާޅުވި އެވެ.

ޝަހީބު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރީ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް ކަމަށާއި އެއީ ކުރީ ސަރުކާރުގެ "ހެޔޮފުޅު" ކަމުން ކުރި ކަމެއް ނޫން ކަމަށެވެ.

"އެއީ ކުރީ ސަރުކާރުން ހެޔޮފުޅު ކަމުންނޭ ގެއަށް ބަދަލުކުރީ ބައެއް ބޭފުޅުން ވިދާޅުވެދާނެ. ނަމަވެސް, އޭގެ ކުރިން ވެސް ފުރުސަތު އޮތް. އިންތިހާބީ ރައީސް އިލްތިމާސް ކުރެއްވީމާ ބަދަލުކުރެއްވީ،" ޝަހީބު ވިދާޅުވި އެވެ.

ޔާމީންއާ ގުޅުވައިގެން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުދިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ޕީޕީއެމް/ޕީއެންސީގެ ވެރިންނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގައި ޔާމީން ވަނީ ޕީޕީއެމުން ވަކިވެ އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފަ އެވެ.

ޕީއެންއެފްގެ ނަމުގައި އުފެއްދުމަށް މަސައްކަތް ކުރާ އެ ޕާޓީގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ދަނީ މި ސަރުކާރުން ޔާމީންއާ މެދު ކަން ކުރަމުންދާ ގޮތަށް ފާޑުކިޔައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ފަރާތްތަކުން ބުނަމުން ދަނީ މި ސަރުކާރުން ޔާމީންއަށް ބޭވަފާތެރިވެފައިވާ ކަމަށެވެ.

މީގެ ކުރިން މިދިޔަ ޑިސެމްބަރު 1، ގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫންއާއި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ހިމެނޭހެން ސަރުކާރުގެ އިސް ވަފުދެއް ކ. ހުރަޔަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ވެސް ވަނީ "ހުސް ގޮނޑި" ދައްކަވައި ރައީސް ޔާމީނާ ގުޅޭގޮތުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ މަތިން ހަނދާން އައު ކޮށްދީފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox