ފޮށި ބެހެއްޓުމަށް ކަނޑައެޅި އަދަދަށް އިންޑިއާއިން މީހުން ރީރެޖިސްޓަރީއެއް ނުކުރޭ

ފޮށި ބެހެއްޓުމަށް ކަނޑައެޅި އަދަދަށް އިންޑިއާއިން މީހުން ރީރެޖިސްޓަރީއެއް ނުކުރޭ

އަންނަ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި ބޭރު ގައުމުތަކުގައި ފޮށި ބެހެއްޓުމަށް ހަމަވާން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި އަދަދަށް އެންމެ ގިނައިން ދިވެހިން ދިރިއުޅޭ އިންޑިއާއިން މީހުން ރެޖިސްޓަރީ ކޮށްފައި ނުވާ ކަމަށް އިލެކްޝަނުން ބުނެފި އެވެ.

ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ 150 އަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓަރީ ކުރާ ގައުމުތަކުގައި އެކަންޏެވެ. އިއްޔެއަށް ރީ-ރެޖިސްޓްރޭޝަންގެ މުއްދަތު ހަމަވިއިރު، އެ އަދަދަށް ރީ-ރެޖިސްޓަރީ ކޮށްފައި ވަނީ ހަމައެކަނި މެލޭޝިޔާ އާއި ސްރީލަންކާއިން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބު ވިދާޅުވި އެވެ.

ނަމަވެސް އެ އަދަދު ހަމަނުވާ ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައި ނުވާ ކަމަށް ހަބީބް ވިދާޅުވި އެވެ.

Advertisement

"ކޮމިޝަނުން ކުރިން ލަފާ ކޮށްފައި އޮތީ ހަ ގައުމެއްގައި ވޯޓު ފޮށި ބެހެއްޓޭނެ ކަމަށް، އެކަމަކު 150 މީހުން ވޯޓުލާން ރީރެޖިސްޓާ ކޮށްފައި ވަނީ އެންމެ ދެ ގައުމުގައި، ނަމަވެސް އަދަދު ހަމަ ނުވާ ގައުމުތަކުގައި ވޯޓު ފޮށި ނުބަހައްޓާކަށް އަދި ކޮމިޝަނުން ނުނިންމާ" ހަބީބް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ރީ-ރެޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނުން ދިން ސުންގަޑި ހަމަވީ އިއްޔެ އެވެ. އެ މުއްދަތުގައި ރީ-ރެޖިސްޓަރީ ކުރުމަށް ހުށަހަޅާފައި ވަނީ 13378 މީހުންނެވެ. އޭގެތެރެއިން އިލެކްޝަންސްއިން ރީ-ރެޖިސްޓަރީ ކޮށްދީފައި ވަނީ 11919 މީހުންނެވެ. އެކި ސަބަބުތަކާ ހުރެ 1459 މީހުން ރީ-ރެޖިސްޓަރީ ކޮށްދީފައެއް ނުވެ އެވެ.

އިލެކްޝަންސްގެ އާންމު އުސޫލަކީ އެންމެފަހުން ރީރެޖިސްޓަރީ ކޮށްފައި އޮންނަ ތަނަކަށް ދެން އަންނަ އިންތިހާބެއްގައި ވޯޓު ލެވުމެވެ. ނަމަވެސް ކުރިން ރީ-ރެޖިސްޓަރީ ކޮށްފައި އޮންނަ ތަނަށް އަލުން ރީ-ރެޖިސްޓަރީ ކުރުމެއް ނެތި ބޭރު ގައުމުތަކާއި ޖަލުތަކާއި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނާއި ރިސޯޓު ތަކުގައި މަސައްކަތް ކުރާ މީހުންނަށް ވޯޓު ނުލެވޭނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

"ބޭރު ގައުމުތަކާއި ޖަލުތަކާއި ސިނާއީ މަސައްކަތްތައް ކުރާ ތަންތަނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުން ކޮންމެ އިންތިހާބެއްގައި ވެސް ރީ-ރެޖިސްޓަރީ ވާން ޖެހޭނެ،" ހަބީބް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު ބޭއްވުމަށް މިހާރު އިލެކްޝަންސް އިން ކަނޑައަޅާފައި ވަނީ މާޗު 17 ގަ އެވެ. ނަމަވެސް އެ ދުވަހަކީ ރޯދަ މަހުގެ ހަވަނަ ދުވަހަށް ވާތީ ވޯޓުލާން ނުކުންނަ މީހުން މަދުވެދާނެ ކަމުގެ ކަންބޮޑުވުމާއެކު އިދިކޮޅު އެމްޑީޕީން ވަނީ ރޯދައިގެ ފަހަށް އިންތިހާބު ލަސްކުރުމަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅައިފަ އެވެ.

އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުން އެކުލަވާލި ފަސް މެންބަރުންގެ ހާއްސަ ކޮމެޓީން އިއްޔެ ވަނީ ރޯދަ މަސް ނިމި 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅި އިސްލާހު ފާސްކޮށްފަ އެވެ. އެ ބިލާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުގެ ތާރީހެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީ-ރެޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް ދޭނެ ކަމަށް ހަބީބު ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު ތައްޔާރުކޮށްފައިވާ ވޯޓާސް ލިސްޓުގައި މާޗު 17، ވަނަ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ މީހުންނާއެކު ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ. އެއީ 139،165 އަންހެނުން އަދި، 145،162 ފިރިހެނުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox