ކުޑަހެންވޭރާއި ވިކްޓަރީ މެޗު ހާލަތު ތަންނުދޭތީ ހުއްޓާލައިފި، ގޮތެއް ނިންމާނީ ކޮމިޓީން!

Feb 7, 2024, 1:59 PM
ިމިއަދުގެ މެޗުގައި ވިކްޓަރީން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު

ިމިއަދުގެ މެޗުގައި ވިކްޓަރީން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---- ފޮޓޯ: އަދަދު

އެމްޕީއެލް އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މިއަދު ހަވީރު ކުޑަހެންވޭރު ޔުނައިޓެޑް އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގައި ހަމަނުޖެހުމެއް ހިނގައިގެން ހުއްޓާލަން ޖެހިއްޖެ އެވެ.

މެޗުގެ 81 ވަނަ މިނިޓްގައި މެޗު ހުއްޓާލިއިރު، ކުޑަހެންވޭރު ކައިރިން ވިކްޓަރީ އޮތީ 3-1 ލީޑުގަ އެވެ.

މެޗު ހުއްޓާލަން ޖެހުނީ، ވިކްޓަރީގެ ބެންޗާ ދިމާލުން ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭފް އާއި ކުޑަހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު ހިނގި ކަަމަކާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އަރައި ހިނގި ހަމަނުޖެހުމަކާ ހެދި އެވެ.

އެފްއޭއެމް އިން މެޗު ކުރިއަށްނުގެންދަން ނިންމީ ހާލަތުތަން ނުދޭތީ އެވެ. އަދި މެޗާ ގުޅޭ ނިންމުމެއް، މުބާރާތުގެ ކޮމިޓީން ނިންމާނެ ކަމަށް ވަނީ ހާމަކޮށްފަ އެވެ.

މިއަދުގެ މެޗުން މޮޅުވާ ޓީމެއް ސެމީގައި އަންނަ ހޯމަ ދުވަހު ކުޅޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

މިއަދުގެ މެޗުގެ ކުޅުމަށް ބަލާއިރު، ވިކްޓަރީން ވަނީ ފުރަތަަމަ ހާފުގެ ކުރީކޮޅުގައި ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ވިކްޓަރީން މެޗުގެ 12 ވަނަ މިނިޓްގައި ލީޑުނެގީ، މުހައްމަދު އުމެއިރު ޖެހި ގޯލުންނެވެ. މިއީ ވިކްޓަރީގެ މޫސާ ޔާމިން ނަގައިިދިން ހުރަހަކުން، އެ ޓީމުގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ޖެހި ޝޮޓް، ކުޑައޭރިއާތެރެއިން ލިބުމުން، އުމެއިރު ޖެހި ގޯލެކެވެ.

އޭގެ އިރުކޮޅެއް ފަހުން، ވިކްޓަރީން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، އޭރިއާބޭރުން ޖެހި ޝޮޓަކުން، އުޒްބެކިސްތާން މިޑްފީލްޑަރު، ފާރޫކް ހައިދަރޯފް ޖެހި ގޯލެކެވެ. އޭނާ ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ކުޑަހެންވޭރުން މެޗުގެ ތެރެއަށް އެނބުރި އައީ 37 ވަނަ މިނިޓްގައި އަލީ ޝަމާލް އަބްދުﷲ (ޝަންމު) ޖެހި ގޯލުންނެވެ. ޝަންމު އަރިމަތިން ނެގި ބޯޅަ ގޯލުގެ މަތީ ކަނަށް ވަނީ ވިކްޓަރީ ކީޕަރު ހަނީފް ސާގިބް އަތްމަތިން ގޮހެވެ.

ދެ ވަނަ ހާފް ފެށިގެން ފަސް ވަނަ މިިނިޓްގައި ކުޑަހެންވޭރު އޭރިއާތެރެއިން އެ ޓީމުގެ ކުޅުންތެރިން، ވިކްޓަރީގެ އުމެއިރަށް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީއެއް ދީފަ އެވެ. އެ ޕެނަލްޓީ ކާމިޔާބުކުރީ ވިކްޓަރީގެ ކިރްގިސްތާން މިޑްފީލްޑަރު، އަނަޓޯލީ ވަލްޝީޗޭފް އެވެ.

ވިކްޓަރީ ދެ ގޯލުގެ ލީޑެއްގައި އޮއްވައި، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައިވަނިކޮށް، ހިނގި ހަަމަނުޖެހުމާ ހެދި މެދުކަނޑާލަން ޖެހުނީ އެވެ. މެޗު އަލުން ފެށޭތޯ މުބާރާތް އިންތިޒާމްކުރާ އެފްއޭއެމްގެ އޮފިޝަލުންނާއި ދެ ޓީމުގެ އޮފިޝަލުން އަދި ފުލުހުން ގިނަ މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު، އޭގެއިން ކަމެއްގައި އަލި މަގެއް ފެންނަން ނެތުމުން މެޗުގެ ކަންކަން ކޮމިޓީން ގޮތެއް ނިންމާ ގޮތަށް ކަނޑައެޅީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox