ހުލާސާކޮށް އިއްޔެ: ކުރިއަށް އޮތީ ތަދު ދުވަސްތަކެއް، ތަރައްގީގެ މަޝްރޫއުތައް ވެސް ނުފެށޭނެ ކަމުގެ އިޝާރާތެއް

ރައީސް މުއިއްޒު އިއްޔެ ތ. ދިޔަމިގިލީގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު އިއްޔެ ތ. ދިޔަމިގިލީގައި ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

ދަރަނި އިންތިހާއަށް އިތުރުވެ ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްްރޫއުތައް ނުފެށި ލަސްވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

ތ. އަތޮޅަށް މިހާރު ސަރުކާރުގެ އިސްވެރިންނާ އެކު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުުފުޅުގެ ތެރެއިން އިއްޔެ އެ އަތޮޅު ދިޔަމިގިލީގައި ހުންނަވައި ރައީސް ވަނީ ރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން މަޝްރޫއުތައް ކުރިއަށްގެންދަން ގޮންޖެހުންތަކެއް ހުރި ކަމަށް އެއްބަސްވެވަޑައިގަނެފަ އެވެ.

"އެ ކަންކަން [ދަރަނި މެނޭޖު] ކުރުމުގެ މަސައްކަތް ކުރާއިރު ޕީއެސްއައީޕީ މަޝްރޫއުތައް ތަރައްގީގެ މަޝްރޫއުތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ދަތިތައް ހުރި. އަޅުގަނޑަކީ ވަރަށް ބޮޑަށް ހާއްސަކޮށް މިކަހަލަ ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ކުރިއަށްގެންދަން ބޭނުންވާ މީހެއް. އެކަމަކު އެއްފަހަރާ ހުރިހާ ރަށެއްގައި ހުއްޓިފައި ހުރި މަޝްރޫއުތައް ވެސް އަދި އަލަށް ފަށަން ހުރި މަޝްރޫއުތައް ވެސް ނުފެށޭނީ މިހެންވެގެން," ރައީސް ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ވިދާޅުވާން ބޭނުން ނުވާ ކަމަށާއި އޭގެ ބަދަލުގައި ބޭނުންވަނީ އެމަނިކުފާނު ޒިންމާވާނެ ފަދަ ވާހަކަތަކެއް ދައްކަވަން ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ގައުމުގެ ހަގީގީ ހާލަތު ބަޔާންކޮށްދެއްވަން ޖެހިވަޑައިގަންނަވާ ސަބަބު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ވާރުތަވެފައި އޮތީ [އިގުތިސޯދު] ދެރަ ނިކަމެތި ހާލަތެއްގައި. ދަރަނި މިހިރަ ހިސާބުން އަޅުގަނޑުމެން އެބަ ޖެހޭ ކަންތައްތަކެއް ކުރަން. މި ކަންކަން ރަނގަޅު ކުރުމަށް ވަރަށް ބުރަ ބޮޑު މަސައްކަތްތަކެއް ފެށިފައި މިވަނީ. އަޅުގަނޑު ކެމްޕޭނުގައި ހުށަހެޅި އިގުތިސޯދީ މެނިފެސްޓޯ ބަލައިގަނޭ އައިއެމްއެފްއިން ވެސް ވޯލްޑް ބޭންކުން ވެސް," ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ފަރާތްތަކާއި ބައްދަލުކުރެއްވި ކަމަށާއި ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކުރުމަށް މިވަގުތު އޮތް ހައްލަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށް ރައީސް ހާމަކުރެއްވި އެވެ. އަދި, އެކަމަށް އެ ދެ އިދާރާގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައްޔިތުން ވެސް ބޭނުންވާނީ ހަގީގަތް އެނގެން ކަމަށާއި އެކަން ގަބޫލުކުރަން ރައްޔިތުން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޔަގީންކަން މި ދެނީ މި ހުރިހާ މަސައްކަތެއް ވެސް ތަރައްގީގެ ހުރިހާ މަޝްރޫއުއެއް ވެސް އެއީ އަޅުގަނޑު ކަނޑައަޅާފައި ކަންކަން ކުރިއަށް ގެންގޮސްދޭނަމޭ. ކުރެވޭނެ ކަންކަން ކުރާނެ ކަންކަން ދަންނަވާފައި އެކަންކަން ކުރާނަން. ތަންކޮޅެއް ގިނަ ދުވަސް ނަގާ ކަންކަން ވެސް ހަމަ ތެދުވެރިކަމާ އެކު ކޮށްދެވޭނެ ވާހަކަ ދަންނަވާފައި އެގޮތަށް އަޅުގަނޑުމެން ކުރާނީ," ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވާއިރު އަތޮޅު ތެރޭ ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރި ކަމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ. ރަށްރަށުގެ ޕްރޮޖެކްޓުތައް ހުއްޓިފައިވީ ނަމަވެސް މާލެ ސަރަހައްދުގައި ރައީސް މުއިއްޒުގެ ބެއްލެވުމުގެ ދަށުން ބޮޑެތި ޕްރޮޖެކްޓުތަކެއް ވަނީ ފަށާފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބިން ހިއްކުމުގެ ޕްރޮޖެކްޓާއި އަދި އެ ނޫނަސް އިގުތިސޯދީ ނަފާ އިތުރުވާނެ ގިނަ ޕްރޮޖެކްޓުތަކެއް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އިއުލާނު ކުރެއްވި އެވެ. އޭގެ ތެރެއިން ބައެއް ޕްރޮޖެކްޓުތަކުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox