އީސީން އެދުނީ ހަ ރޯދަ ނިމެންދެން މަޑުނުކޮށް އިންތިހާބު ބާއްވަން

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން; ހަ ރޯދަ ނިމެންދެން މަޑުނުކޮށް, އިންތިހާބު ބާއްވަން ކޮމިޓީގައި އެދުނު -- ފޮޓޯ: އިޔާން/ އަދަދު

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން; ހަ ރޯދަ ނިމެންދެން މަޑުނުކޮށް, އިންތިހާބު ބާއްވަން ކޮމިޓީގައި އެދުނު -- ފޮޓޯ: އިޔާން/ އަދަދު

ރޯދައާ ދިމާވަ އިންތިހާބުތައް ރޯދަ މަސް ނިމުމަށްފަހު 10 ދުވަސްފަހުން ބާއްވާ ގޮތަށް ބަދަލުކުރަން ހުށަހެޅި އިސްލާހުގެ މުއްދަތު ކުރުކޮށްދޭން އިލެކްޝަންސް ކޮމިޝަނުން އެދިއްޖެ އެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ އިންތިހާބެއް ރޯދަ މަހާ ދިމާވާނަމަ, އެ އިންތިހާބެއް ބޭއްވުން ރޯދަ މަސް ނިމުމަށްފަހު 10 ދުވަސްފަހުން ބާއްވާ ގޮތަށް ބަދަލުކުރުމަށެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިންތިހާބު މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވައިފިނަމަ, ވޯޓު ގުނުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކޮށް, އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޭޕްރީލް 28 ވަނަ ދުވަހާ ހަމައަށް އިންތިހާބުގެ ހުރިހާ ކަމެއް ނިމި, އަންގަންޖެހޭ މުއައްސަސާތަކަށް އަންގާފައި އޮންނަންޖެހޭ ކަމަށެވެ. އެހެންކަމުން އޭޕްރީލް 21ގައި އިންތިހާބު ބާއްވައިފިނަމަ ވޯޓު ގުނުމަށް ލިބެނީ ހަ ދުވަހުގެ މުއްދަތު ކަމަށެވެ.

ހަބީބް މިހެން ވިދާޅުވީ, ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް ނިންމަން ޖެހޭ ކަމަށް ގާނޫނުއަސާސީގައި ބުނާ މާއްދާއަށް ރިއާޔަތްކޮށެވެ.

titledesc

ހަބީބް ވިދާޅުވި ގޮތުގައި އިންތިހާބު ފަސް ކުރާ ކަމަށް ވަނަމަ, އިންތިހާބަށްފަހު ކަމެއް ހިނގައިފި ހާލަތެއްގައި އެކަން ހައްލު ކުރުމަށް ނުވަތަ ރިއާޔަތް ކުރުމަށް ކޮންމެވެސް ވަރެއްގެ މުއްދަތެއް އޮތުމަކީ ބޭނުންތެރި ކަމެކެވެ.

"ގާނޫނުއަސާސީގައި ވަކި ގޮތަކަށް އިންތިހާބުގެ ކަންކަން ނިންމާ އެހެނިހެން ނިމިފައޭ އޮންނަންވާނީ ބުނާ މާއްދާއަކީ ވަރަށް މުހިންމު މާއްދާއެއް. އަޅުގަނޑަކަށް ހިއެއް ނުވޭ ގާނޫނުއަސާސީއަށް އެހާ ފަސޭހައިން ބަދަލު ގެނެވޭނެ ކަމަށް" ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުން ގާނޫނަށް ބަދަލު ގެނަޔަސް, ގާނޫނުއަސާސީގައި ބުނާ މާއްދާތަކަށް އިހްތިރާމް ކުރަންޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ހިތަށް އަރަނީ އޭގަ[ބިލުގައި] އެބުނާ 10 ދުވަސް, ފަސް ވަރަކަށް ދުވަހަށް ބަދަލުކޮށްލައިފިއްޔާ އަޅުގަނޑުމެން އަތުގައި އޮންނާނެ އަނެއްކާވެސް [އިންތިހާބަށްފަހު] ފަސް ވަރަކަށް ދުވަސް, މިސާލަކަށް އެއްވަރު ވިޔަސް, ކޯޓުގެ ހުކުމަކުން އިތުރަށް ބާއްވަން ޖެހުނަސް އެ ފުރުސަތު ލިބިގެންދާނެ" ހަބީބް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން މިހާރު ނިންމާފައި ވަނީ މާޗް 17، ގަ އެވެ. އެއީ ރޯދަ މަހުގެ ހަތް ވަނަ ދުވަހެވެ. އިންތިހާބު ރޯދަ މަސް ތެރޭގައި ބެއްވުމުން, ވޯޓުލާން ނިކުންނަ މީހުންގެ އަދަދު ދަށްވާނެތީ, ޕާޓިތަކުން ދަނީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox